Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

ލިވަޕޫލް ކަޓުވާލުމަށްފަހު ޗެލްސީ ކުއާޓާއަށް

ލިވަޕޫލް އަތުން ޗެލްސީ މޮޅުވީ 2-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 މާރިޗު 2020 | އަންގާރަ 21:56
ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ލިވަޕޫލް ބަލިކުރުމަށްފަހު ޗެލްސީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޗެލްސީގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 2-0 އިންނެވެ. ޗެލްސީ އަތުން ލިވަޕޫލް ބަލިވިއިރު، މިއީ އެޓީމުން އެންމެ ފަހުން ކުޅުނު 4 މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ.

މިމެޗުގެ ފުރަތަމަ ހާފު ލިވަޕޫލުން ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، މި ހާފުގެ ކުރީކޮޅު ޗެލްސީން ވަނީ ގާތްގާތުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލޑު ނަގާފައެވެ. ލިވަޕޫލްގެ މިޑްފީލްޑަރު ފެބީނިއޯ ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ވިލިއަން އެވެ.

އޭގެ ފަހުން ލިވަޕޫލުންވެސް ވަނީ ގާތްގާތުގައި ޗެލްސީގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ހުއްޓުވާފައެވެ.

މި މެޗުގައި ޗެލްސީން ލީޑު ފުޅާކޮށްފައިވަނީ 64 ވަނަ މިނެޓުގައެވެ. ކައުންޓަ އެޓޭކެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރޮސް ބާކްލީ އެވެ. އޭގެ ފަހުންވެސް ޗެލްސީއަށް ވަނީ އިތުރު ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން މުޅިން ހުހަށްހުރެ ޕެޑްރޯ ރޮޑްރިގޭޒް ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ގޯލްކީޕަރު އެޑްރިއަން ދިފާއުކުރިއިރު، އޮލިވިއޭ ޖިރޫޑް ފޮނުވާލި ހަމަލާއެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

އަންގާރަ ދުވަހުގެރޭ ލިވަޕޫލް ބަލިކޮށް ކުއާޓާގެ ޖާގައެއް ޗެލްސީ ހޯދިއިރު، ވެސްޓް ބްރޮމް 3-2 އިން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑްވެސް ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައެވެ. އަދި ޝެފީލްޑް ޔުނައިޓެޑުން ވަނީ 2-1 އިން ރެޑިން ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު