Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިސޯޓު ލީގު 2020

ރިސޯޓު ލީގު: ކަނޑިންމަ އާއި ސެއިންޓް ރީޖަސް ސެމީއަށް

ކަނޑިންމަ ވަނީ ވެލާވަރު އަތުން 7-5 އިން މޮޅުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 މާރިޗު 2020 | އަންގާރަ 14:33
ކަނޑިންމަ އާއި ވެލާވަރު ބައްދަލުކުރި މެޗުގެ ތެރެއިން

ކަނޑިންމަ އާއި ވެލާވަރު ބައްދަލުކުރި މެޗުގެ ތެރެއިން

ރިސޯޓު ލީގު 2020 ގެ ދ. ޒޯނުގެ ސެމީ ފައިނަލަށް ކަނޑިންމަ މޯލްޑިވްސް އާއި ސެއިންޓް ރީޖަސް ދަތުރުކޮށްފި އެވެ.

ދ. ޒޯނުގެ ކުޅުން ކަނޑިންމައިގައި ކުރިއަށްދާއިރު، އަންގާރަ ދުވަހު ގްރޫޕް ބީގައި ކުޅުނު މެޗުން ކަނޑިންމަ މޯލްޑިވްސް ވަނީ އަންގްސާނާ ވެލާވަރު އަތުން 7-5 އިން މޮޅުވެފައެވެ.

މި މެޗުގައި ކަނޑިންމަގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި އާފާގު ހަމީދާއި ދެ ލަނޑު ކާމިޔާބުކުރި އަލީ ޝާމިއުގެ އިތުރުން މުހައްމަދު ޝާހު އާއި އަބްދުލް މުޤުސިތު އެވެ. ވެލާވަރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހީމް ފަޒީލާއި ހަސަން ސާމަންގެ އިތުރުން އިބްރާހީމް އާދަމެވެ. މީގެ ތެރެއިން އިބްރާހީމް ފަޒީލާއި ހަސަން ސާމަން، މި ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނަ ކަނޑިންމަ އަށް ލިބުނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ވެލާވަރާއި ތިންވަނައިގައި އޮތް ނިޔާމައަށްވެސް އެއް ޕޮއިންޓު ލިބިފައިވާއިރު، ވެލާވަރަށް ދެވަނަ ލިބުނީ ޖެހި ލަނޑު ގިނަވުމުންނެވެ.

މީގެ އިތުރުން އަންގާރަ ދުވަހު ގްރޫޕް އޭގައި ކުޅުނު މެޗުން ސެއިންޓް ރީޖަސް އާއި ސަން އަކުއާ ވިލު ރީފް ވަނީ 2-2 އިން އެއްވަރުވެފައެވެ.

މި މެޗުގައި ސެއިންޓް ރީޖަސްގެ ދެ ލަނޑުވެސް ޖަހައިދިނީ އަހުމަދު ޝާފިއު އެވެ. އަދި ވިލު ރީފްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އައިހަމް އިބްރާހީމް ޝިހާމާއި އާޒިމް އަބްދުﷲ އެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނަ ސެއިންޓް ރީޖަސްއަށް ލިބުނީ 4 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ވިލު ރީފަށްވެސް ހަތަރު ޕޮއިންޓު ލިބިފައިވާއިރު، ސެއިންޓް ރީޖަސްއަށް ކުރިލިބުނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގެ ފުލުގައި އޮތް އިރު ވެއްޔަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސެމީގެ ސީދާ ޖާގައެއް ކަނޑިންމަ އާއި ސެއިންޓް ރީޖަސް ހޯދިއިރު، ގްރޫޕް އޭ އިން ދެވަނައަށް ދިޔަ ވިލު ރީފް ޖެހޭނީ ޕްލޭއޮފް މެޗުގައި ގްރޫޕް ބީގެ ތިންވަނައަށް ދިޔަ ނިޔާމައާ ބައްދަލުކުރާށެވެ. އަދި ގްރޫޕް ބީ އިން ދެވަނައަށް ދިޔަ ވެލާވަރު ޖެހޭނީ ޕްލޭއޮފް މެޗުގައި ގްރޫޕް އޭގެ ތިންވަނައަށް ދިޔަ އިރު ވެއްޔާ ބައްދަލުކުރާށެވެ. މި މެޗުތަކުން މޮޅުވާ ޓީމުތަކަށް ސެމީގެ ފަހު ދެ ޖާގަ ލިބިގެންދާނެ އެވެ.

ދ. ޒޯނުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު، މި ޒޯނުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

ރިސޯޓު ލީގުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ މި މުބާރާތް މި އަހަރު ވެސް ކުރިޔަށްދާނީ ފަސް ޒޯނަކަށް ބަހާލައިގެން ނެވެ. އެއީ ދ. ޒޯނުގެ އިތުރުން މިއަހަރު ކުޅުން ކުރިއަށްދާނީ ނޯތު މާލެ ޒޯނާއި، ބ. ޒޯނާއި، ސައުތު އަރި ޒޯން އަދި ސައުތު މާލެ ޒޯނެވެ.

އެއް މަސް ދުވަހަށް ދިގު ދެމިގެންދާ މި މުބާރާތުގައި މި އަހަރު 42 ރިސޯޓް ވާދަކުރާއިރު، 79 މެޗު ކުޅެވިގެންދާނެއެވެ.

މި މުބާރާތުގެ މި އަހަރު މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ. މުބާރާތުގެ ފަސް ޒޯންގެ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު