Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ރިޒާވް

ޖެނުއަރީ މަސް ނިމުނުއިރު ދައުލަތުގެ ރިޒާވް 776 މިލިއަން ޑޮލަރުގައި!

މިދިއަ ޖެނުއަރީ މަހުގެ ރިޒާވް، 776.6 މިލިއަން ޑޮލަރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ފެބުރުއަރީ 2020 | ހޮނިހިރު 08:57
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ

ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ

މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރިޒަރވްގައި 776.6 މިލިއަން ޑޮލަރު ހުރިކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

އެމްއެމްއޭ އިން ކޮންމެ މަހަކު ނެރޭ، އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން 2019 ވަނަ އަހަރު ނިމުނު އިރު، ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރީ 753 މިލިއަން ޑޮލަރެވެ. ޖެނުއަރީ މަސް ނިމުނު އިރު ރިޒަރވް 776.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާތީ، އެއީ ޑިސެންބަރު މަހާ އަޅާބަލާއިރު ތިނެއް އިންސައްތައިގެ ކުރިއެރުމެކެވެ. މި ހިނގާ 2020 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒަރވް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 863 މިލިއަން ޑޮލަރުގައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ރިޒަރވް އެއް ބިލިއަން ޑޮލަރަށް އެރުވުމަކީ އެމަނިކުފާނުގެ ޢަމާޒެއް ކަމަށެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކާއެކު ރާއްޖޭގައި މަޑުޖެހިފައި އޮތް ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރަން ފެށުމާއި ޓޫރިޒަމް ސިނާޢަތަށް އަންނަ ކުރިއެރުމާއެކު، މިއަހަރު ރާއްޖޭގެ އިޤުތިޞާދު މިދިޔަ އަހަރާ އަޅާބަލާއިރު ކުރިއަރާނެކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުންނާއި ދައުލަތުގެ ބަޖެޓުގައިވެސް ބަޔާން ކޮށްފައި ވެއެވެ. އެހެން ނަމަވެސް ހަލުވިކަމާއެކު މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރާހުރެ، އިޤުތިޞާދަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ރާއްޖޭގެ އިގްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިން އަންނަ ޓްރެންޑަށް ބަލާއިރު، ޗައިނާއަކީ އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމެވެ. ނަމަވެސް ޗައިނާގެ ވޫހާން ސިޓީގައި ފެތުރެންފެށި ކޮރޯނާ ވައިރަސްއާއި ގުޅިގެން މުޅި ދުނިޔެއަށް އެ ވައިރަސްގެ ނުރައްކާތެރިކަން މިވަނީ ފޯރާފަ އެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު