Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އިތުރު ގަޑީގެ ފައިސާ ދީގެން ޖަލްސާއަށް ބޯ ގިނަކުރި ހަނދާން ހަމަ ނުވަނީތަ؟

ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ މަނީ ލޯންޑަރކުރިކަން ހަނދުމަފުޅު އެބަހުރިތޯ؟

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2020 | ހުކުރު 13:35
ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ތެދެންމެ، ސަރުކާރު ހިންގާ މައި ޕާޓީން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ބޭއްވި ކެމްޕެއިން ހަފްލާގައި މީހުން މަދަކަމަކީ އެއްވެސް މީހަކު ދެބަސްވާނެކަމެއް ނޫނެވެ. އިދިކޮޅު ފަރާތްތަކުން ދަނޑިވަޅުގެ ބޭނުން ހިފައި ދެއްކި ވާހަކައަށް ހުދު އެމްޑީޕީގެ ރައީސްވެސް ޖަވާބުދާރީވިއެވެ. ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރުމުގައި ލަސްވުމަކީ އެކަމުގެ ހަގީގަތް ކަމަށް ރައީސް ނަޝީދުވެސް އެއްބަސްވެވަޑައިގެންނެވިއެވެ.

ހަނދާން އައުކޮށްލަންޖެހެނީ މި ސަރުކާރަށް އަދި މިވީ 1 އަހަރާއި 3 މަސްދުވަސް ކަމެވެ. ސަރުކާރުގެ ދުވެލި ބައެއް ކަންތައްތަކުގައި ލަސްކަން ޕާޓީ މެމްބަރުންވެސް ގަބޫލުކުރެއެވެ. 5 އަހަރުގެ ދައުރެއް އެބައޮތް ތާއެވެ.

އެކަމަކު މިހާރު ގައިދުކުރެވިފައިވާ ހުދުމުހުތާރު ވެރިޔާގެ ވެރިކަމުގައި ޖަލްސާތަކުގައި ބޯ ގިނަކުރަން ކުރި ކަންތައް މިއަދު ހަނދާން އާކޮށްލަން އެބަ ޖެހެއެވެ.

ރައްޔިތުންނަށް އެތައް ވައުދުތަކެއްވެ ސުޕްރީމް ކޯޓުގެ އެހީތެރިކަމާއެކު ހޯދި ވެރިކަން ނިމިގެންދިޔައީ ވަރަށް ހިތިކޮށެވެ. ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ކަންތައް ވެގެން ދިޔަ ގޮތް ހަނދާނުން ކައްސާލައިގެން ގޮސްފައިވާކަމުގައި ވާނަމަ އަޅުގަނޑު އެކަން ހަނދުމަފުޅަށް ގެނެވޭތޯ މަސައްކަތްކޮށްލާނަމަވެ. ތެދެންމެ، ވެރިކަމުގައި ބޭއްވި ޖަލްސާތަކުގައި ކިތަންމެހާވެސް ބޯ ގިނައެވެ.

96000 ވަޒީފާގެ ފުރުސަތު ހުޅުވިކަމަށް ބުނެ ފަހުރުވެރިކަމާއެކު ވާހަކަ ދެއްކެވިއިރު، މުވައްޒަފުންގެ އަނގައިގައި ކަސްތަޅު އެޅުވި ހަނދާނެއް މިހާރު ނެތީތޯއެވެ. ކަން ހިނގައިދިޔަ ގޮތަށް ނަޒަރު ހިންގާއިރު، ޕީޕީއެމްގެ ޖަލްސާއެއް އޮންނަ ރެއެއްކަމުގައި ވާނަމަ މުއައްސަސާތަކުން އިތުރުގަޑީގެ ފައިސާއަށް މުވައްޒަފުން އެތަނަކަށް ގެންގޮސްދެއެވެ. ކަދުރު ބަހަން ދާ ދަތުރުތަކުގައި ސިވިލް ސާރވިސް މުވައްޒަފުން ގެންދެއެވެ. އެއީ އެ ކަދުރު ބެހުމުގައި އެހީތެރިވެދިނުމަށެވެ. މި ދައްކަނީ ސިޔާސީ މަގާމުތަކުގައި ތިބި ބައެއްގެ ވާހަކައެއް ނޫނެވެ. ސިވިލް ސަރވިސް މުވައްޒަފުން ލައްވާ ކަންކުރުވި ގޮތުގެ ވާހަކަ އެވެ. ވަޒީފާގެ ބަރު ދައްކައި، އެކަންކަން ކުރުވުމަށް މަޖުބޫރުކުރި ވާހަކަ އެވެ.

އެކަމާއި ދެކޮޅަށް ތެދުވި މަދު މީހަކަށް ހަދާލި ގޮތް އެނގޭތޯއެވެ؟ ޔާމީންގެ ދައުރުގައި ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުން ފުލުފުލުގައި ބަދަލުވެގެންދިޔަ ސަބަބަކީވެސް އެއީއެވެ. ކުންފުނިތަކުން އެއްބާރުލުން ނުދިން ހާލަތެއްގައި މެނޭޖިންގް ޑިރެކްޓަރުން ބަދަލުކޮށް އެތަންތަނަށް ޕަޕެޓުން އައްޔަންކުރީވެސް އެ ސަބަބާއި ހުރެ އެވެ. އެ ދުވަސްވަރަކީ މަހާރެހެންދި ވިދާޅުވާގޮތަކަށް އެކަމެއް ނުކުރެވޭ މީހަކަށް މަގާމެއްގައި، އަދިކިޔެއްތަ ވަޒީފާއެއްގައިވެސް ނުހުރެވޭނެގޮތަށް ކަންތައް ހިންގި ދުވަސްވަރެވެ. ވަޒީފާއިން ކަނޑާލި މުވައްޒިފުންގެ އަދަދުވެސް ބަޔާންކުރަން ދަތިވާވަރަށް ވަޒީފާއިން މުވައްޒަފުން ކަނޑާ، މަޤާމު ދަށްކޮށް ހެދީ ޖަލްސާތަކުގެ ބޯ ގިނަކުރަން، ޖަލްސާތަކަށް ހާޒިރުވާން އެންގުމުން، އެ ޖަލްސާތަކަށް ހާޒިރުނުވުމުގެ ސަބަބުންނެވެ.

އެވާހަކަ ބޭއްވުމަށްފަހު ރަށްތަކަށް ގެނެސްދެއްވި ތަރައްގީއަށް އަލިއަޅުވާލަމާތޯއެވެ. ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ރަށްވެހި ތަރައްގީ ފޮތެއް ނެރުނެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ހިންގާފަހުރި މަޝްރޫއުތަކުގެ އަދަދާއި އެމަނިކުފާނުގެ ޑިކްޓޭޓަރޝިޕްގައި ހިންގާފައި ހުރި ކަންތައްތައް މިނެކިރުމަށެވެ. ދެރައީ، އަތޮޅުތަކަށާއި ވަކި ރަށްރަށަށް މިލިއަނުން ހަރަދުކޮށް އެ ޕްރޮޖެކްޓެއްގެ ނަންޖެހުމަށް ފަހު އާންމުކޮށްފައިވާއިރު، މިއަދު މިލިއަނުން ހަރަދުކުރިކަމަށް ބަޔާންކޮށް ގެނެސްފައިވާތަންތަން ބަލާލަން ދިޔުމުން ހުސްބިންތަކެއް ފެނުމެވެ. އެ ފައިސާއަށްވީ ކިހިނެއްކަމެއް އެ ޕްރޮޖެކްޓަކަށް ވީނުވީއެއް ނޭނގެއެވެ. ގައިމުވެސް ފައިސާ ހަރަދުކޮށްފައި ހުރެއެވެ. އެ މައްސަލަތައް ބެލުން ލަސްވެގެން ދިޔުމަކީ މި ސަރުކާރުގެވެސް މައްސަލައެވެ.

ވާހަކަ ދައްކަން ފަށައިފިއްޔާ ދެއްކޭނެ ލައްކަ ބައިވަރު ވާހަކަ އެބަހުރި އެވެ. ބޯގިނަ ކުރަން ފްލައިޓް ޗާޓަރުކޮށް ރަށްރަށުން 2000 ރުފިޔާއާއި ކެއުން ދީފަ ގެނައި މީހުންގެ ވާހަކަވެސް ފާހަގަކޮށްލާނަމެވެ. އަދުރޭ މޮޅުކޮށް ހިސާބު ހެދި ދުވަހު އެތަން ފުރިފައި އޮތެއްކަމަކު، މަޖުބޫރުން ގެނައި މީހުންކަން ވަރަށް ހިތިކޮށް ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެނިގެންގޮސްފައިވެއެވެ. ރަށްރަށަށް ވަޑައިގަންނަވާއިރު މީހުން މަދުވެގެން ކެމެރާއަށް މަންޒަރު ރީތިކުރަން ފުރަތަމަ ސަލާމްކުރާ މީހުން ލައިނުގެ ފަހަތަށް އަރައި ލައިން ދިގުކުރަން ތީގެން ބޭފުޅުން ވިދާޅުވި ވާހަކަ ހަނދުމަފުޅު އެބަހުރިތޯ؟ ކެމްޕެއިން އާއި ދިމާކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ބުނެ ކެމްޕެއިން ދޮރުން ދޮރަށް ނިކަމެތި ރައްޔިތު މީހާ ފޮނުވީ ފްލެޓެއް ދޭނެކަމުގެ ވައުދު ވެގެނެއް ނޫންތޯ؟ މިއީ ހައްތަހާވެސް ވެރިކަމުގެ ދުވަސްވަރުގައި ޖަލްސާތަކާއި، މަންޒަރު ރީތިކުރައްވަން ކަންކުރެއްވި ގޮތްތަކެވެ.

ރައްޔިތުންނަށް ގައުމު ހަމަ މަގަށް އެޅުވުމުގެ ނަމުގައި ވޯޓެއް ދެއްވަން ބުނަން ހަގީގަތުގައިވެސް ލަދުގަންނަންޖެހެއެވެ. ހަޖަމް ކުރަން ކިތަންމެ ދައްޗަސް ފެންނަ މަންޒަރުތަކަށް ބަލާއިރު، ވާގި ނެތިފައިވާ އިދިކޮޅު ފަރާތްތަކަށް ކުރިއަށް އޮތް އިންތިހާބުގައި ނަތީޖާތަކެއް ނެރެވިދާނެކަމަކަށް ގަބޫލެއް ނުކުރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު