Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޓީސީސީ

އެމްޓީސީސީން އަލަށް 350 ވަޒީފާ އުފައްދާ އެވަޒީފާތަކަށް ދިވެހިން ހޯދަނީ

މިފެށޭ މަރޗް މަހުގެ ތެރޭގައި 10 ރަށެއްގައި މަޝްރޫޢުތައް ފެށުމަށް ހަމަޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2020 | ބުރާސްފަތި 13:31
އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ކުރިޔަށް އޮތް 6 މަސްދުވަސް ތެރޭގައި އައު 350 ވަޒީފާ އުފައްދާނެ ކަމަށާއި އެވަޒީފާތަކަށް ބޭނުންވަނީ ދިވެހިންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެކަމާގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މީގެތެރެއިން މިވަގުތު 200 ވަޒީފާއަށް މީހުން ބޭނުންވާ ކަމަށެވެ. އެމްޓީސީސީއަކީ އުމްރާނީ ތަރައްޤީގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ކުންފުނި ކަމަށްވާއިރު އުމްރާނީގޮތުން ރާއްޖެ ތަރައްޤީ ކުރުމުގެ ފުރުސަތެއް މިއާއެކު ހުޅުވާލެވިގެންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިވަޒީފާތައް އުފެއްދުމަށް އަމާޒުކުރަނީ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރަށްރަށުގައި ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން މިފެށޭ މަރޗް މަހުގެ ތެރޭގައި 10 ރަށެއްގައި މަޝްރޫޢުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް އާޒިމް ވިދާޅުވި އެވެ.

އެރަށްރަށަކީ އއ ރަސްދޫ، ހދ ނެއްލައިދޫ ، ގދ ތިނަދޫ ހއ އިހަވަންދޫ ހދ ހަނިމާދޫ ކ ގުރައިދޫ ނ މިލަދޫ ވ ރަކީދޫ އަދި ލ މާވަށެވެ. މީގެއިތުރުން ފުވައްމުލަކުގެ މަގުތަކުގެ މަސައްކަތް މިއަންނަ މަހު ފަށާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިހާރުވެސް ބައެއް ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާނު ކޮށްފައިވާނެ ކަމަށެވެ. އަދި އިއުލާންނުކޮށް ހުރި ރަށްތަކުގައި ވަޒީފާތަކަށް އެރަށްރަށުގެ ކައުންސިލް މެދުވެރިކޮށް އިއުލާންކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެހެންކަމުން މިވަޒީފާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެމަކަށް އެދި ހުށަހެޅުމަށް އާޒިމް އެދިވަޑައިގެންނެވި އެވެ.

އާޒިމް ވިދާޅުވީ ކުރިޔަށްއޮތް 3 ނުވަތަ 6 މަސްދުވަސް ތެރޭގައި އިތުރު 150 ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށެވެ. މިހާރު އެމްޓީސީސީގައި 1800 މުވައްޒަފުން ތިބިއިރު އަލަށް މިއުފައްދާ ވަޒީފާތަކަށް ޝައުގުވެރިވެގެން އެކަމަަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ތަމްރީނު ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީން ތަމްރީން ދޭނެކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ހުރި ޓްރެއިނިންގ އިންސްޓިޓިއުޓްތައް މެދުވެރިކޮށް އެފުރުސަތު ފަހި ކޮށްދޭނެކަމަށް އާޒިމް ވިދާޅުވި އެވެ.

މިވަޒީފާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެމްޓީސީސީގައި ގާއިމުކޮށްފައިވާ ހޮޓްލައިން ނަންބަރު ކަމަށްވާ 3001141 ން އެމައުލޫމާތު ރަސްމީ ގަޑީގައި ލިބޭނެކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން މިވަގުތު 37 މަޝްރޫޢެއްގެ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށް ގެންދާ ކަމަށެވެ. އަދި 49 މަޝްރޫޢެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު މަރޗް މަހު 10 ނުވަތަ 11 މަޝްރޫޢެއް ފެށިގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެހެންކަމުން މަރޗްމަސް ތެރޭގައި ޖުމްލަ 47 މަޝްރޫޢެއްގެ މަސައްކަތް ކުރިޔަށް ދާނެކަމަށް އާޒިމް ވިދާޅުވި އެވެ. ނުފެށި ހުރި މަސައްކަތްތަކަކީ އީއައިއޭ ސްޓޭޖްގައި ހުރި މަސައްކަތްތައް ކަމަށާއި އީއައިއޭ ނިމުމާއެކު އެއްވެސް މަޝްރޫޢެއް ލަސްނުކޮށް ފެށުމުގެ އިންތިޒާމު ހަމަޖައްސަމުން ދާކަމަށް އާޒިމް ވިދާޅުވި އެވެ. އެހެންކަމުން މިވަޒީފާތަކަށް ވީހާވެސް ގިނަ ދިވެހިން ކުރިމަތިލުމަށް އާޒިމް އެދިވަޑައިގެންނެވި އެވެ. އަދި މިވަޒީފާތައް ލިބޭ މީހުންނަށް މިމަޝްރޫޢުތައް ނިމުމުން އިތުރު މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެކަމަށާއި އެމީހުންނަކީ އެމްޓީސީސީގެ ދާއިމީ މުވައްޒަފުންކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މިވަގުތު އެމްޓީސީސީން ކުރިޔަށްގެންދާ މަޝްރޫޢުތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ބިދޭސީންކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ މަޝްރޫޢުތައް ހިންގުމުގައި ދަތިތަކެއް އެބަހުރިކަމަށާއި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ބައެއް އިކިޔުޕްމެންޓްތައް ހަލާކުވެފައި ހުރުމާއި ބާވެފައި ހުރުމުން އާބާތުރަ ފިލުވުމާއި އަދި އަލަށް ބޭނުންވާ އިކުއިޕްމެންޓްތައް ފާހަގަކޮށް އިކުއިޕްމެންޓްތައް ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން ކުރިޔަށް އޮތް 3 ނުވަތަ 6 މަސްތެރޭގައި ވަޒީފާގެ ގޮތުންނާއި ފައިނޭންޝަލީވެސް އަދި މަސައަކްތުގެ ތެރެއިންވެސް ކުރިއެރުންތަކެއް ދައްކާނެކަމަށެވެ. އަދި ކުންފުނީގެ 24،000 ހިއްސާދާރުންނާއި ކުންފުނިން ޚިދުމަތް ހޯދާ ރައްޔިތުންގެ މާޔޫސްކަން ފިލުވައިދޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު