Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސަރވިސް ކޮމިޝަން

މިނިސްޓަރު ބޭނުންވާ ޕީއެސް ނެގުން ކުރިން އޯކޭ، މިހާރު ސީއެސްސީއަށް އެކަން ކަމަކު ނުދިޔަ!

28 ފެބުރުއަރީ 2020 | ހުކުރު 02:20

ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި އެ އިސްލާހާއެކު މިނިސްޓަރު ބޭނުންވާ ޕަރމަނަންޓް ސެކްރެޓަރީން މަގާމުތަކަށް ނަގަމުން ދިޔަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ފެބުރުއަރީ 2020 | ހުކުރު 02:20
ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް، ނައިބު ރައީސް ޝަހީދު މުހައްމަދު، މެމްބަރު އިބްރާހިމް ޝަހީގު، އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިން -

ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް، ނައިބު ރައީސް ޝަހީދު މުހައްމަދު، މެމްބަރު އިބްރާހިމް ޝަހީގު، އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިން -

މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން ޢައްޔަންކުރާއިރު އެ މިނިސްޓްރީއެއްގެ މިނިސްޓަރާ މަޝްވަރާކޮށް, މިނިސްޓަރުގެ ލަފާއާއެކު ޕަރމަނަންޓް ސެކްރެޓަރީން އައްޔަންކުރުމުގައި ޢަމަލުކުރާ އުޞޫލަށް އިޞްލާހު ގެންނަމުންދާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދިރާސާ ކުރަމުންދާ މައްސަލާއާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، 2016 ވަނަ އަހަރު ސިވިލް ސަރވިސްގެ ޤާނޫނަށް މަޖިލީހުން ގެންނެވި އިޞްލާހާ ގުޅިގެން ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ޢައްޔަންކުރަނީ އެމިނިސްޓްރީއެއްގެ މިނިސްޓަރެއްގެ ލަފައާއެކު އެކޮމިޝަނުން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށެވެ.

Advertisement - newsAdvertisement

ސިވިލް ސަރވިސް ކޮމިޝަނުން އެގޮތަށް ބުނެފައި މިވަނީ، ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކަށް ޕަރމަނަންޓް ސެކްރެޓަރީން ނެގުމުގެ ކުރިން ކޮންމެ ފަހަރަކު ވެސް މަޤާމުގެ ޝަރުތު މަތިކޮށްފައި އަނެއްބައި ފަހަރު އެ މަޤާމުގެ ޝަރުޠުތައް ލުއިކޮށްފައިވާކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އެކަން ފާހަގަކޮށްފައިވާތީ އެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން އެގޮތަށް ޢަމަލުކޮށްފައިވަނީ ސީދާ ވަކި ފަރާތަކަށް އެމަޤާމު ދިނުމަށްކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބުނެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިވިލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އެ އިސްލާހާމެދު އެކޮމިޝަނުން މީގެކުރިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު ވަނީ، މިދިއަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުން ވެސް ފެނިފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުޙައްމަދު އެކޮމިޝަނަށް އައްޔަން ކުރައްވާފައިވަނީ ވެސް މަގާމުގެ ޝަރުތު ފުރިހަމަ ނުވެއެވެ. އެހެންކަމުން ޝަހީދު ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކޮށްފައިވަނީވެސް ގާނޫނާ ހިލާފަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސަތަކުގެ ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުގެ ވުޒާރާތަކުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ އެއްބާރުލުން ލިބެމުންދާ މިންވަރާއި ގުޅޭ ގޮތުން ވަޒީރުންނާއިއެކު މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން، މިނިސްޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީތަކަށް މިހާރުގެ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަން ފާހަގަކުރައްވާފައިވާތީ، ސިވިލް ސަރވިސް ކޮމިޝަނުގެ ހަތަރު މެންބަރުން ވަކިކުރުމުގެ މައްސަލަ ވީހާވެސް އަވަހަކަށް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރުމަށް ނިންމާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، އިބްރާހިމް ޝަހީގުގެ އިތުރުން އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިނެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ތިއްބަވަނީ ޖުމުލަ 5 މެންބަރުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް