Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހެޔޮ ވިސްނިއްޖެ! ލާމަރުކަޒީ ނިޒާމަށް އިދިކޮޅުގެ ތާއީދު

މިހާރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ކުރިން ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ވާހަކަތައް ދެއްކި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2020 | ބުދަ 14:40
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހަރަކާތްތެރިވާ ބައެއް މެމްބަރުން

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހަރަކާތްތެރިވާ ބައެއް މެމްބަރުން

ރަށެއް ތަރައްގީ ކުރެވޭނީ އެތަނެއްގައި ދިރިއުޅޭ ބަޔަކަށެވެ. އެއީ އެންމެން ގަބޫލުކުރާން ޖެހިއްޖެ ހަގީގަތަކެވެ. ނަމަވެސް، ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ވިއްސި ވިހާލިވެފައިވާ މި ރާއްޖޭގައި މަރުކަޒީ އުސޫލުން ކަންކުރަން ހަދައިގެން އަދާ ހަމައަށް މާލެ ނޫން ތަނަކަށް ތަރައްގީގެ ކަންފުކެއް ފެނުނީވެސް ދާދީ އިހަކަށް ދުވަހުއެވެ.

ނަމަވެސް، ލާމަރުކަޒު ކުރުމުގެ ވާހަކައަކީ މީގެ އެތަކެއް އަހަރެއް ކުރިންވެސް، ވެރިކަމުގައި އޭރު ތިއްބެވި ފަރާތްތަކުން ދައްކަމުން އައި ވާހަކަތަކެކެވެ. އެގޮތުން ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި އެ މަގުސަދު ހާސިލުކުރުމުގެ ނިޔަތުގައި ވަށް މޭޒު ޖަލްސާތަކާއި، މަސައްކަތު ބައްދަލުވުންތަކާއި މަހާސިންތާތައް ބޭއްވުނެވެ. ނަމަވެސް، އެ މޭޒުތަކާއި، ބައްދަލުވުންތަކުގެ ބޭރަށް އެއްކަމެއްވެސް ކޮށްފައިނުވެއެވެ.

އެ ވެރިކަން ނިމި، ދެން އައި އެމްޑީޕީގެ ސަރުކާރުން ވެރިކަމަށް އައީވެސް އެކަން ކުރާނެ ކަމުގެ ވައުދާއިގެންނެވެ. އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނެއް 2010 ވަނަ އަހަރު ފާސްކޮށް، ލާމަރުކަޒު ކުރުމުގެ ބިންގަލެއް ކޮންމެވެސް ވަރަކަށް އެޅިގެން ދިޔައެވެ. އެކަމަކު އެ ބިންގަލާ ހިސާބުން އެކަން ނިމުނީއެވެ. ހަގީގާ މާލީ ބާރުވެރިކަން ނުދީ މަރުކަޒީ ސަރުކާރުގެ ރުހުމާއެކު ކަންކަން ކުރަން ކައުންސިލްތަކައްވީ ބޮޑު ވޭނަކަށެވެ.

ދެން އައީ ރައީސް ޔާމީނުގެ ސަރުކާރެވެ. ގެންގުޅުއްވީ މުޅިން ތަފާތު ވިސްނުންފުޅެކެވެ. ބޭނުންވީ މަރުކަޒީ އުސޫލަށް ރާއްޖެ ހިންގެވުމަށެވެ. ރަށްރަށުގެ ކައުންސިލްތަކައް ބާރު ދިނުމުގެ ބަދަލުގައި، ވިސްނެވީ މަރުކަޒީ ސަރުކާރުގެ ފިޔައިގެ ދަށަށް އެ ރަށްތަކުގެ އާބާދީ ގެނައުމަށެވެ. ހުޅުމާލެއަކީ ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ރައްޔިތުންނަށް އަމާޒުކުރެވިގެން ތަރައްގީކުރާ ތަނެއްކަމަށް ވިދާޅުވެ، ހުޅުމާލެ އައުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ދައުވަތު ދެއްވިއެވެ.

ލާމަރުކަޒީ ގާނޫނަށް ބޮޑު ފަސް އިސްލާހު ގެނެސް، ކައުންސިލްތަކަކީ ރަމްޒީ ތަނަކަށް ހެއްދެވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރެއްވިއެވެ. އާނ ބަސް ނުބުނާ ކޮންމެ ކައުންސިލަރަކު މަސައްކަތުން އެކަހެރިކޮށް، ކައުންސިލްތައް ނިކަމެތި ކުރެއްވިއެވެ. ފާޅުގައި މަރުކަޒީ ނިޒާމަކަށް ވަކާލާތު ކުރެއްވިއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެކަން ވަރަށް ސާފު ސަރީހަ އިބާރާތުން ބަޔާން ކުރެއްވިއެވެ.

އަނެއްކާވެސް ވެރިކަމަށް އައިސްގެން މިހާރު މިތިބި ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ލާމަރުކަޒީ ނިޒާމް ފުރިހަމަކުރާނެ ކަމުގެ ވައުދާއެކުގައެވެ. މާލީ ބާރުވެރިކަމާއި ގޮތް ނިންމުމުގެ ބާރުވެރިކަން ކައުންސިލްތަކަށްދީ، މުޅިއަކުން ނޫނަސް، މަރުކަޒީ ސަރުކާރުގެ ވަކިތަކުން ކައުންސިލްތައް ވީއްލުމަށް މަގު ކޮށިގެން ދިޔައެވެ.

އޭރުވެސް، އިދިކޮޅުގައި ތިއްބެވި ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނުން މިކަމާމެދު ދެކަވަޑައިގަންނަވާ ގޮތެއް ސީދާ ނޭނގެއެވެ. ނަމަވެސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ 2020 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ވަރަށް ރަނގަޅަށް ސްޓޭންޑް ސާފުކޮށްދެއްވައިފިއެވެ. ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ތާއީދުކުރާ ކަމަށް ހާމަކުރެއްވިއެވެ.

މިއީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ފުރިހަމަ މެސެޖެކެވެ. އަދުގެ ހުރިހާ ފިކުރަކުން އެވަނީ އިންތިހާއަށް އެ ނިޒާމަކަށް ބޭނުން ޖެހިފައި އޮތް ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. މިއީ ފަހަރުގައި އިންތިހާބީ އުކުޅަކަށްވެސް ވެދާނެއެވެ. ނޫނީ ހަމަ އިޚުލާސްތެރި ނިންމުމަކަށް ވެދާނެއެވެ. ކޮންމެއަކަސް، މިއީ ވަރަށް ރަނގަޅު ނިންމުމެކެވެ. މިއީ މި ރާއްޖޭގެ ކުރިމަގަށް އެޅުނު އެންމެ ސާދާ ފިޔަވަޅެވެ. ތަރައްގީ އޮތީ ލާމަރުކަޒުވެގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

14 ޖެނުއަރީ 2018
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!

މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!

01 ޑިސެމްބަރު 2017
މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

23 ނޮވެމްބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު