Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް އަބްދުﷲ ޔާމީން

އިތުރު މައްސަލަތަކެއްގެ ތަހުޤީޤަށް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަމަށް ވަކީލް ވިދާޅުވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2020 | އަންގާރަ 08:46
ރައިސް ޔާމީން ކޯޓަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާލެއަށް ގެނައުން

ރައިސް ޔާމީން ކޯޓަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާލެއަށް ގެނައުން

އިތުރު މައްސަލަތަކެއްގެ ތަހުޤީޤަށް ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގެ އިސް ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުރު ކަންތައްތަކެއްގެ ތަހުޤީޤަށް ރައީސް ޔާމީން ތަހުޤީޤަށް ހާޒިރުވުމަށް އަންގާފައިވާކަމަށެވެ. ނަމަވެސް ރައީސް ޔާމީން ހަޒިރުކުރަނީ ކޮން މައްސަލައެއްގެ ތަހުޤީޤަށް ކަމެއް، އަދި ހާޒިރުކުރަނީ ކޮން ގަޑިޔަކަށްކަމެއް ޖަމީލް ވިދާޅެއް ނުވެ އެވެ.

Advertisement - newsAdvertisement

ޖަމީލް ވިދާޅުވިގޮތުގައި ރައީސް ޔާމީން ހާޒިރުކުރަނީ އިސްތިއުނާފުގެ ތެރެއިން، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަން ސާބިތުވާތީ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަހަރެއް ވެގެންދިޔައިރު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި ފެއިލްވުމުން ރައީސް ޔާމީން ޔާމީން ދެކެ ކޯފާވާންޖެހޭ ސަބަބެއް ނެތްކަމަށްވެސް ޖަމީލް ވިދާޅުވި އެވެ. އަދި އެކަން ނިމޭނެކަމަސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހުގެ މެންދުރު ހައިކޯޓުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމްގެ އިސްތިޢުނާފްގެ އަޑުއެހުމެއް ބާއްވާފައެވެ. ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފު މައްސަލަ ނިމެންދެން ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްދެއްވުން އެދި ހުށައަޅާފައިވާ މައްސަލައާ ގުޅިގެން ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ، ރައީސް ޔާމީން ޖަލުން ދޫކޮށްލުމުގެ ޢަމުރެއް ނެރެންޖެހޭ ތަނެއް ނެތްކަމަށާއި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ޢަމުރެއް ނެރެންޖެހޭ ތަނެއްވެސް ނެތް ކަމަށް ވިދާޅުވެފައެވެ.

އިސްތިޢުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން މިނިވަން ކުރުމުގެ ޢަމުރަކަށްވެސް ޔާމީނުގެ ފަރާތްޕުޅުން މީގެކުރިން ވަނީ އެދިފައެވެ. އެމައްސަލައިގައި ހައި ކޯޓުން ވަނީ އެފަދަ ޢަމުރެއް ނެރެދެވެން ނެތްކަމަށް ނިންމާފަ އެވެ.

ރައީސް ޔާމީނަކީ މަނީ ލޯންޑަރިންގގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން ޖަލުގައި ހުކުމް ތަންފީޒްކުރައްވަމުންގެންދަވާ ކުށްވެރިޔެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު