Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ހެޔޮ އަގެއްގައި ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމަށް ބިލެއް ހުށަހަޅައިފި

ހުށަހަޅުއްވައިދެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 25 ފެބުރުއަރީ 2020 | އަންގާރަ 08:00
ނަރުދަމާ

ނަރުދަމާ

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތީރިޓީގެ ބިލު ރަައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު އަންގާރަ ދުވަހުގެ ޖަލްސާގައި ހުށަހަޅުއްވައިދެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފްއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ދިނުމާގުޅޭ ކަންކަން ތަންފީޒު ކުރުމަށްޓަކައި ތަންޒީމުކުރުމަށްޓަކައި އޮތޯރިޓީއެއް އުފައްދައި، އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމެވެ. އަދި ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް ބަޔާންކުރުމާއެކު، ޢާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުންވެސް މި ބިލް ހުށަހެޅުނު މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގެ މަގްސަދުތަކަކީ އާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށިގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނެވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ. އަދި އާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭއަދި އާއްމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ އަދި ކާމިޔާބުކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ޚިދުމަތްތަކަކަށްހެދުންވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭއިންސާފުން ކުރާ ކަންކަން ހުއްޓުވުމާއެކު، ވާދަވެރި ވެށްޓެއް ޤާއިމުކޮށް، ޚިދުމަތްތައް ކުރިއެރުވުމަށް މަގުފަހިކުރުމާއި ޢާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ޢާންމު އުސޫލުތައް ކަނޑައަޅާ އެ އުސޫލުތައް ދެމެހެއްޓުމަށް ބާރުއެޅުންވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. ޢާންމު ބޭނުންތަކުގެ ޚިދުމަތްދޭ ފަރާތްތަކުން މި ޤާނޫނާއި ޢާންމުބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންޢަމަލުކުރަމުންދޭތޯ ބަލައި، ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުން ވެސް ހިމެނެއެވެ.

މި ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމާއި އެކު މިހާރު ހުންނަ އެނަރޖީ އޮތޯރިޓީ އޮފް މޯލްޑިވްސް ބަދަލުވެގެންދާނީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު