Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވީއޭއާރް

އިނގިރޭސި ކޯޗުންނާއި، ސަޕޯޓަރުންގެ ނުރުހުން ވީއޭއާރް އަށް!

24 ފެބުރުއަރީ 2020 | ހޯމަ 10:16

ވީއޭއާރްގެ ސަބަބުން ފުޓުބޯޅައިގެ ފޯރި ކުޑަ ވެގެންދާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 24 ފެބުރުއަރީ 2020 | ހޯމަ 10:16
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ފުޓުބޯޅައިގައި ބޭނުން ކުރަން ފެށުމުން ގިނަ ކޯޗުންނާއި، ކުޅުންތެރިން އަދި ސަޕޯޓަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެވުނެވެ. ފުޓުބޯޅައިގެ ބައެއް ލެޖެންޑުން ބުނަމުންދިޔައީ ވީއޭއާރްގެ ސަބަބުން ފުޓުބޯޅައިގެ ފޯރި ކުޑަ ވެގެންދާނެ ކަމަށެވެ. އަނެއްބައި މީހުން ބުނަމުން އައީ ވީއޭއާރްގެ ސަބަބުން ރެފްރީންނަށް ހެދޭ ގޯސްތައް މެޗުގެ ތެރެއިން ރަނގަޅުކުރެވިގެންދާނެ ކަމަށާއި ވީއޭއާރްގެ ސަބަބުން ފުޓުބޯޅަ އެހެން ހަރުފަތަކަށް ދާނެ ކަމަށެވެ. ކޮންމެ އަކަސް ވީއޭއާރް މިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅަ މުބާރާތް ތަކުގައި ބޭނުން ކުރަން ފަށައިފައެވެ.

ވީއޭއާރް އަށް އެންމެ ބޮޑަށް ފާޑު ކިޔަމުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ލީގު ކަމަށް ބަލާ އިނގިރޭސި ޕްރިމިއާ ލީގުގެ ކޯޗުންނާއި ސަޕޯޓަރުންނެވެ. އެގޮތުން އިނގިރޭސި ކޯޗުން މިވަނީ މި ހަފްތާގައި ވީއޭއާރް އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. މި ހަފްތާ އެންމެ ފުރަތަމަ ވީއޭއާރްއަށް ފާޑުކީ ކޯޗަކީ ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑެވެ. ޕްރިމިއާ ލީގުގައި ޗެލްސީ އަދި ޓޮޓެންހަމް ބައްދަލުކުރި މެޗަށްފަހު ވާހަކަ ދައްކަމުން ލަމްޕާޑް ބުނީ ވީއޭއާރް އާއި ބެހޭ ގޮތުން ބޮޑެތި ސުވާލު މާކުތަކެއް އެބަހުރި ކަމަށެވެ. ލަމްޕާޑް މިހެން ބުނީ ޓޮޓެންހަމްގެ މިޑްފިލްޑަރ ޖިއޮވާނީ ލޮ ސެލްސޯ ކުރި ނުރައްކާތެރި ފައުލް އަށް އޭނާ އަށް ރެފްރީ އަދަބެއް ނުދިނުމުގެ ސަބަބުންނެވެ.

ލަމްޕާޑް ބުނީ އޭނާ ބޭނުންވަނީ ވީއޭއާރްގެ ބޭނުން ރަނގަޅު ގޮތުގައި ރެފްރީން ހިފުމަށް ކަމަށާއި އޭރުން ވީއޭއާރްގެ ސަބަބުން މެޗު ރަނގަޅަށް ގެންދެވޭނެ ކަމަށެވެ. މީގެ އިތުރުން ލަމްޕާޑް ބުނީ ރެފްރީންއަށް މެޗެއްގައި ގޯސް ހެދިދާނެ ކަމަށާއި ނަމަވެސް ވީއޭއާރް ހަދައިފައިވަނީ ރެފްރީއަށް އެހީވުމަށް ކަމަށެވެ.

ވީއޭއާރް އަށް މިހަފްތާގައި ނުރުހުން ފާޅުކުރި އަނެއް ފަރާތަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ގޯލްކީޕަރ ޕީޓަރ ޝްމައިކަލް އެވެ. އޭނާ ބުނީ ވީއޭއާރް ބޭނުން ކުރުން ހުއްޓައި ނުލައިފިނަމަ ފުޓުބޯޅަ ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުން ކުރަން ފަށައިފައިވަނީ މި ސީޒަނުގަ އެވެ. ނަމަވެސް ސީޒަން ނުނިމި އުޅެނިކޮށް ވީއޭއާރް އަށް މިވަނީ ގިނަ ކޯޗުންނާއި ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައެވެ. ގިނަ ސަޕޯޓަރުން ބުނަމުން އަންނަނީ ބިޒީ ދިރިއުޅުމެއް ހޭދަކުރަމުން ވެސް ފުޓުބޯޅައަށް ވަގުތުދެނީ ފުޓުބޯޅައަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން ކަމަށާއި، ނަމަވެސް ވީއޭއާރްގެ އެހީގައި ބައެއް ނިންމުންތައް ނިންމުމަށް ގިނަ ވަގުތުތަކެއް ހޭދަވުމުން ފުޓުބޯޅައަށް ކުރިން ދިން ޝައުގުވެރިކަމާއި ފޯރި ގެއްލެން ފަށައިފައިވާ ކަމަށެވެ.

މި ކަމަމާއި ގުޅިގެން ޕްރިމިއާ ލީގުގައި ވީއޭއާރް ކަންކަން ބަލަމުން އަންނަ އެންމެ އިސްފަރާތް ކަމުގައިވާ ނީލް ސްވާބްރިކް ބުނީ ވީއޭއާރް ކަންކަން ހަމައަކަށް އެޅެންދެން ސަޕޯޓަރުންނާއި ކޯޗުން ކެތްތެރިވުމަށް އެދިފައެވެ.

ވީއޭއާރްގެ ސަބަބުން ކްލަބްތަކަށް ލަނޑު ލިބޭ ކަމަށް ގިނަ ބަޔަކު ދެކެމުން އަންނައިރު ވީއޭއާރް ޕްރިމިއާ ލީގުގައި ބޭނުން ނުކުރުމަށް ސަޕޯޓަރުންނާއި ކޯޗުން އަދި ކުޅުންތެރިން އަންނަނީ ގޮވައިލަމުންނެވެ. މިކަމާއި ގުޅިގެން އިނގިރޭސި އެފްއޭއިން ވަކި ގޮތެއް އަދި ނުނިންމާއިރު އެފްއޭއިން ބުނީ މިކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2022

ރިޝީ ސުނާކް - އިނގިރޭސި އޮބާމާ؟

27 އޮކްޓޯބަރު 2022
ރިޝީ ސުނާކް - އިނގިރޭސި އޮބާމާ؟
24 ސެޕްޓެމްބަރު 2022

އަބޭގެ ޖަނާޒާ، އިނގިރޭސި ރާނީގެ ޖަނާޒާއަށް ވުރެ ޚަރަދު ބޮޑުވަނީ ކީއްވެ؟

24 ސެޕްޓެމްބަރު 2022
އަބޭގެ ޖަނާޒާ، އިނގިރޭސި ރާނީގެ ޖަނާޒާއަށް ވުރެ ޚަރަދު ބޮޑުވަނީ ކީއްވެ؟
09 ސެޕްޓެމްބަރު 2022

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ވެރިންގެ ތައުޒިޔާ

09 ސެޕްޓެމްބަރު 2022
އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ވެރިންގެ ތައުޒިޔާ
14 އޯގަސްޓު 2022

އަފްޣާން ހަނގުރާމައަކީ ބޮޑު ފެއިލްވުމެއް: އިނގިރޭސި ދިފާއީ ވަޒީރު

14 އޯގަސްޓު 2022
އަފްޣާން ހަނގުރާމައަކީ ބޮޑު ފެއިލްވުމެއް: އިނގިރޭސި ދިފާއީ ވަޒީރު
06 ޖޫން 2022

އިނގިރޭސި ބޮޑުވަޒީރުގެ އިތުބާރުނެތްކަމަށް ފާސްވެއްޖެނަމަ ދެން އެމަގާމާ ހަވާލުވެވަޑައިގަންނަވާނީ ކޮންބޭފުޅެއް؟

06 ޖޫން 2022
އިނގިރޭސި ބޮޑުވަޒީރުގެ އިތުބާރުނެތްކަމަށް ފާސްވެއްޖެނަމަ ދެން އެމަގާމާ ހަވާލުވެވަޑައިގަންނަވާނީ ކޮންބޭފުޅެއް؟
25 ޖުލައި 2021

މިނިވަންކަން ނުދޭން އިނގިރޭސިން މަސައްކަތްކުރިތަ؟

25 ޖުލައި 2021
މިނިވަންކަން ނުދޭން އިނގިރޭސިން މަސައްކަތްކުރިތަ؟
25 ޖުލައި 2021

އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި 77 އަހަރު

25 ޖުލައި 2021
އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި 77 އަހަރު
15 ޖެނުއަރީ 2021

އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

15 ޖެނުއަރީ 2021
އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟
21 މާރިޗު 2020

ކޮވިޑް-19: ރާއްޖެއަށް އެނބުރި ދާތީ ނުރުހުން ނުވޭ، ދިރިއުޅެމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި!

21 މާރިޗު 2020
ކޮވިޑް-19: ރާއްޖެއަށް އެނބުރި ދާތީ ނުރުހުން ނުވޭ، ދިރިއުޅެމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި!
13 މާރިޗު 2019

ސިންގަޕޫރު ހޮސްޕިޓަލަކަށް ފައިސާ ނުދެއްކިގެން އިނގިރޭސި ދެމަފިރިއަކަށް ދަރިފުޅު ނުގެންދެވިފައި

13 މާރިޗު 2019
ސިންގަޕޫރު ހޮސްޕިޓަލަކަށް ފައިސާ ނުދެއްކިގެން އިނގިރޭސި ދެމަފިރިއަކަށް ދަރިފުޅު ނުގެންދެވިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް