Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާ

ޗައިނާއާމެދު ރާއްޖެއިން ބޭއްވި ގާތްކަން އަބަދުވެސް ހަނދާން ބަހައްޓާނަން: އެމްބެސަޑަރު

20 ފެބުރުއަރީ 2020 | ބުރާސްފަތި 17:03

ސަރުކާރާއި ރައްޔިތުން ނަމޫނާ ދެއްކި

އަމްނާ އިމާދު
އަމްނާ އިމާދު | 20 ފެބުރުއަރީ 2020 | ބުރާސްފަތި 17:03
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސަޑަރު ޒެންގ ލިޒޯންގ

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސަޑަރު ޒެންގ ލިޒޯންގ

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާވައިރަސް ފެތުރިގެން ދިއުމާއެކު ޗައިނާއާމެދު ރާއްޖެއިން ބޭއްވި ގާތްކަމާއި، އެކުވެރިކަން އަބަދުވެސް ހަނދާން ބަހައްޓާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒެންގ ލިޒޯންގ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޗައިނާ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްބެސަޑަރު ވިދާޅުވީ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން ދިވެހި ސަރުކާރުންނާއި ރައްޔިތުން ދެއްކި ރީތި ނަމޫނާއާ ޗާއިނާގެ ރައްޔިތުންނަށް ދިން ހިތްވަރު ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ޗައިނާ ރައީސްއަށް ހަމްދަރުދީ މެސެޖެއް ފޮނުއްވާ އަދި މިލިއަން މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފައިވާ ނިންމުން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ޗައިނާއިން ކޮރޯނާވައިރަސް ހުއްޓުވަން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފްކޮށްފައިވާ ކަމަށެވެ.

އެމްބެސަޑަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާލަކުން އެކި ދާއިރާތަކުގެ އެކި ޕްރޮފެޝަންތަކުގެ ދިވެހިން ޗައިނާއާއެކު ވާކަން ހާމަކޮށްދީފައިވާ ކަމަށާއި، ދިވެހިން ތިބީ ޗައިނާއާއެކުކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ދިވެހިން ޗައިނާއަށް ހިތްވަރު ދިނުމުގެ ގޮތުން ޓިކްޓޮކް މެދުވެރިކޮށް ފޮނުވި ވީޑިއޯ މެސެޖަށް އެމްބެސަޑަރު އަލިއަޅުއްވާލެއްވިއެވެ. މިވީޑިއޯ ވަރަށް މަޝްހޫރުވެގެން ގޮސްފައިވާއިރު، 400،000 ލައިކްސް 10 މިނެޓް ތެރޭގައި ވަނީ ލިބިފައެވެ.

ޕްރެސްކޮންފަރެންސްގައި ސަފީރު ވަނީ، ރާއްޖޭގައި ޤާއިމުކޮށްފައިވާ ކޮރޯނާވައިރަސް ކަރަންޓީން މަރުކަޒަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ ތަފުޞީލު ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އެނދާއި، ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އިން 10،000 ޑޮލަރާއި، އެތަން ތައްޔާރު ކުރުމަށް 08 މީހުން ފޮނުވާފައިވާ ކަމަށް އެމްބެސަޑަރު ވިދާޅުވިއެވެ.

ޗާއިނާއާއި ރާއްޖޭގެ ގުޅުމަށް އަލިއަޅުއްވާލައްވާ ސަފީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދެޤައުމު ގުޅިގެން ހިންގާ މަޝްރޫޢުތައް ވެސް އަމާން ކަމާއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވުމަށް ސަފީރު ވަނީ އެދިވަޑައިގެންފައެވެ. އަދި ވީހާ ވެސް އަވަހަށް އަލުން ފްލައިޓް ދަތުރުތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްބެސަޑަރު ޒެންގ ލިޒޯންގ ވަނީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުންދާކަން ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި

19 އެޕްރީލު 2017
ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް