Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

ތަޢުލީމީ ހަޔާތަކީ މުސްތަގުބަލު ބިނާކުރުމަށް އެންމެ މުހިންމު ދުވަސްވަރު: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

ކޮންމެ ކުއްޖެއްގެ ތަޢުލީމީ ހަޔާތަކީ އަމިއްލައަށް ނިންމުންތައް ނިންމަން ދަސްކުރަން އެންމެ ރަނގަޅު ދުވަސްވަރު: މިނިސްޓަަރ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2020 | ބުރާސްފަތި 08:30
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން

ކުއްޖާގެ ތަޢުލީމީ ހަޔާތަކީ އެކުއްޖެއްގެ މުސްތަގުބަލު ބިނާކުރުމުގައި އެންމެ މުހިންމު ދުވަސްވަރު ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް ހަސަން ވަނީ ކޮންމެ ކުއްޖެއްގެ ތަޢުލީމީ ހަޔާތަކީ އެކުއްޖެއްގެ މުސްތަގުބަލު ބިނާ ކުރުމަށް އެޅިގެންދާ ބިންގަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެއީ އެންމެ މުހިންމު ދުވަސްވަރުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ދުވަސްވަރަކީ ކުދިންނަށް ކަންކަން ތަޖުރިބާކުރެވި އަމިއްލައަށް ނިންމުންތައް ނިންމަން ދަސްކުރަން އެންމެ ރަނގަޅު ދުވަސްވަރުކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އަހުމަދިއްޔާގެ ދަރިވަރުންނާއި މުޚާތަބުކުރައްވާ ޑރ އިބްރާހިމް ހަސަން ވިދާޅުވީ ތައުލީމު ހާސިލުކުރަމުންދާއިރު ސްކޫލަކީ އެންމެ އަޅާލުމާއި އޯގާތެރިކަން ލިބޭނެ އެއް މާހައުލުކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި ކަންކަން ދަސްކުރަންވެސް އެއަށް ވުރެ ފަސޭހާ މާހައުލެއް ނޯންނާނެ ކަމަށެވެ. ސްކޫލް މާހައުލުގައި ކަންކުރަންޖެހޭ ގޮތަށް ބައެއް ފަހަރު ކަން ނުކުރެވުނު ނަމަވެސް ދެވަނަ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލެއް ސްކޫލަކަށް ވަނީ ވަކި ސަބަބުތަކަށްޓަކައި ކަމަށެވެ. ދަރިވަރުންގެ ރޯލު ވަރަށް މުހިއްމުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުދައްރިސުންނާއި ބެލެނިވެރިންގެ ރޯލު އެހާމެ މުހިއްމު ކަމަށެވެ.

ސްކޫލެއް ކުރިއަރައިގެންދާނީ އެ ސްކޫލެއްގެ މުދައްރިސުންގެ މިންނެތް މަސައްކަތުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ޒަމާނަކީ ހަމައެކަނި އެ މުދައްރިސެއް ކިޔަވާދޭ މާއްދާ ކިޔަވައިދީގެން ފަރުޖެހޭނެ ޒަމާނެއް ނޫންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. ދުނިޔެ ކުރިއަރަމުންދާއިރު މުދައްރިސުންގެ ބޮލުގައި ގިނަ ޒިންމާތަކެއް އެޅިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

21 ފެބްރުއަރީ 1982ގައި މަދަރުސަތުލް އަހުމަދިއްޔާގެ ނަމުގައި ހުޅުވި ސްކޫލް ސްކޫލް އިންޓަނޭޝަންލް ސްކޫލަކަށް ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހިފައި: ޚުތުބާ

ރާއްޖެ ވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހިފައި: ޚުތުބާ

11 އޯގަސްޓު 2017
"ގާނޫނު އަސާސީ އުވިފައިވާ ކަމަށްތޯ ތިޔަ ބައްލަވަނީ؟" ރައީސް މައުމޫނުގެ މުހިންމު ސުވާލެއް!

"ގާނޫނު އަސާސީ އުވިފައިވާ ކަމަށްތޯ ތިޔަ ބައްލަވަނީ؟" ރައީސް މައުމޫނުގެ މުހިންމު ސުވާލެއް!

21 ޖުލައި 2017
ޤާސިމް ހިތުގެ ސްކޭނެއް ހެދުން މުހިންމު : ޑޮކްޓަރުން

ޤާސިމް ހިތުގެ ސްކޭނެއް ހެދުން މުހިންމު : ޑޮކްޓަރުން

18 ޖުލައި 2017
އަދީބަށް ސިއްހީ ފަރުވާ ނުދިނުމަކީ އެންމެ މުހިންމު ހެކި މަރާލުން: ނަޝީދު

އަދީބަށް ސިއްހީ ފަރުވާ ނުދިނުމަކީ އެންމެ މުހިންމު ހެކި މަރާލުން: ނަޝީދު

30 ޖޫން 2017
އީދު ދުވަހަކީ ހެޔޮ ގުޅުންތަކެއް ބިނާކުރުމަށް ލިބޭ ފުރުޞަތެ: ކޮމިޝަނަރ ޢަރީފް

އީދު ދުވަހަކީ ހެޔޮ ގުޅުންތަކެއް ބިނާކުރުމަށް ލިބޭ ފުރުޞަތެ: ކޮމިޝަނަރ ޢަރީފް

25 ޖޫން 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު