Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމާންޑާސް ކޮންފަރެންސް 2020

ކޮމާންޑާސް ކޮންފަރެންސް 2020 އިފްތިތާހުކޮށްފި

17 ފެބުރުއަރީ 2020 | ހޯމަ 11:48

މި ކޮންފަރެންސް އަކީ އެމްއެންޑީއެފް އިތުރަށް ތަރައްގީކޮށް މޮޑަނައިޒްކޮށް ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަށްޓަކައި ދިފާއީ ވަޒީރުގެ އިރުޝާދުފުޅުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސް ކުރިއަށް ގެންދަވާ ޕްރޮގް

އަމްނާ އިމާދު
އަމްނާ އިމާދު | 17 ފެބުރުއަރީ 2020 | ހޯމަ 11:48
ކޮމާންޑާސް ކޮންފަރެންސް 2020 އިފްތިތާހުކުރުމުގެ ތެރެއިން

ކޮމާންޑާސް ކޮންފަރެންސް 2020 އިފްތިތާހުކުރުމުގެ ތެރެއިން

ޤައުމީ ދިފާއީ ބާރުގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހްކޮށްދެއްވައިފިއެވެ.

މިމަހު 17 އިން 20 ގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ޖެނެރަލް އޮފިސަރުންނާއި ސާވިސް ކޮމަޑާންޓުންނާއި އެކި ލެވެލްގެ ކޮމާންޑަރުންނާއި ކޮމާންޑް ސާޖަންޓް މޭޖަރުންނާއި ވޮރަންޓް އޮފިސަރުން އަދި ސީނިއަރ އެންލިސްޓެޑް ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement - newsAdvertisement

ކޮމާންޑަރސް ކޮންފަރެންސް އަކީ އެމްއެންޑީއެފް އިތުރަށް ތަރައްގީކޮށް މޮޑަނައިޒްކޮށް ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަށްޓަކައި ދިފާއީ ވަޒީރުގެ އިރުޝާދުފުޅުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސް ކުރިއަށް ގެންދަވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޕްރޮގްރާމެކެވެ. މިކޮންފަރެންސްގެ ބޭނުމަކީ އެމްއެންޑީއެފްގެ ގާބިލްކަމާއި ރެޑިނަސް އަދި މިޝަން އިފެކްޓިވްނަސް އިތުރުކުރުމަށްޓަކައި ވަށާ ޖެހޭ ކޮމާންޑް ފަލްސަފާއެއް ޑިވެލޮޕްކުރުމެވެ.

ކޮމާންޑާސް ކޮންފަރެންސް ހުޅުވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ދެއްކެވި ވާހަކަފުޅުގައި، ސިފައިންނަކީ ޤައުމުގެ ސަލާމަތުގެ އައްޑަނަ ކަމުގައި ސިފަކުރައްވާ، ސިފައިންގެ ޚިދުމަތަކީ ފައިސާއާއި މުދަލުން އަގު އަދާކުރެވޭެ ޙިދުމަތެއް ނޫންކަމުގައި ވިދާޅުވިއެވެ. އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ ޙައިސިއްޔަތުން ސިފައިންގެ މައްޗަށް ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަމުގައި ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ކީނޯޓް ދެއްވެވި ދިފާޢީ ވަޒީރު އޮނަރަބަލް އުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. ދިފާޢީ ވަޒީރުގެ ވާހަކަފުޅުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ޑިމޮކްރެޓިކް ނިޒާމުގައި ސިފައިންނަށް ޚާއްޞަ ކުރެވިފައިވާ ރޯލާއި ރައްޔިތުން އިންތިޚާބުކުރާ ވެރިކަމާ ސިފައިންނާ ދޭތެރޭ އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ދިފާޢީ ބާރުގެ ކޮމާންޑް ފަލްސަފާ ކަނޑައަޅުއްވައިދެއްވާ ކޮމާންޑް ފަލްސަފާގެ މައިގަނޑު ބައިތައް ތަފްޞީލުކޮށްދެއްވިއެވެ.

ކޮންފަރެންސްގެ ކުރިއަށް ހުރި ސެޝަންތަކުގެ ތެރޭގައި އޮޕަރޭޝަނަލް ރެޑިނަސް އާއި ކުރިމަގަށް އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރު ކުރުމާއި ޓެކްޓިކަލް ލެވެލްގައި އޮޕަރޭޝަނަލް އިފެކްޓިވްނަސް އިތުރު ކުރުމާއި އެންލިސްޓަޑް ލީޑަރުންގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 އެޕްރީލު 2018

އައު ބިލިންގ ސޮފްޓްވެއަރއެއް ފެނަކަ އިން އިފްތިތާހުކޮށްފި

30 އެޕްރީލު 2018
އައު ބިލިންގ ސޮފްޓްވެއަރއެއް ފެނަކަ އިން އިފްތިތާހުކޮށްފި
13 އެޕްރީލު 2018

ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ އިފްތިތާހުކޮށްފި

13 އެޕްރީލު 2018
ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ އިފްތިތާހުކޮށްފި
04 އެޕްރީލު 2018

ރާއްޖޭގައި އިންޓަރނޭޝަނަލް ހަލާލް މެނޭޖްމަންޓު ކޮންފަރެންސް ބާއްވަނީ

04 އެޕްރީލު 2018
ރާއްޖޭގައި އިންޓަރނޭޝަނަލް ހަލާލް މެނޭޖްމަންޓު ކޮންފަރެންސް ބާއްވަނީ
02 ފެބުރުއަރީ 2018

ވަކި މީޑިޔާތަކަކާ އެކު ޕީޕީއެމުން ފުލުފުލުން ޕްރެސްކޮންފަރެންސްތައް ބާއްވަނީ!

02 ފެބުރުއަރީ 2018
ވަކި މީޑިޔާތަކަކާ އެކު ޕީޕީއެމުން ފުލުފުލުން ޕްރެސްކޮންފަރެންސްތައް ބާއްވަނީ!
04 އޮކްޓޯބަރު 2017

ލަންކާގައި ކުރިއަށްދާ ކޮންފަރެންސްގައި މަސީހާ ދެކޮޅަށް ފްލަޔާތަކެއް ބަހައިފި

04 އޮކްޓޯބަރު 2017
ލަންކާގައި ކުރިއަށްދާ ކޮންފަރެންސްގައި މަސީހާ ދެކޮޅަށް ފްލަޔާތަކެއް ބަހައިފި
21 އޯގަސްޓު 2017

ކަސްޓަމްސްގެ އާ ޔުނިފޯމް އިފްތިތާހުކޮށްފި

21 އޯގަސްޓު 2017
ކަސްޓަމްސްގެ އާ ޔުނިފޯމް އިފްތިތާހުކޮށްފި
02 ޖުލައި 2017

ޕޮލިސް އޮފިސަރސް ކޮންފަރެންސް ފަށައިފި

02 ޖުލައި 2017
 ޕޮލިސް އޮފިސަރސް ކޮންފަރެންސް ފަށައިފި
08 ޖޫން 2017

އޯޝަން ކޮންފަރެންސް 2017 ހުކުރު ދުވަހު ނިމޭނެ: އެންވާރަމެންޓް މިނިސްޓްރީ

08 ޖޫން 2017
އޯޝަން ކޮންފަރެންސް 2017 ހުކުރު ދުވަހު ނިމޭނެ: އެންވާރަމެންޓް މިނިސްޓްރީ
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް