Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު 2020

ރީ ރަޖިސްޓްރީ ކުރުމަށް އާދިއްތަ ދުވަހު ހުޅުވާލަނީ

14 ފެބުރުއަރީ 2020 | ހުކުރު 13:40

ލޯކަލް ކައުންސިލްގެ އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް | 14 ފެބުރުއަރީ 2020 | ހުކުރު 13:40
އިލެކްޝަނުން ބޭއްވި އިންތިހާބެއްގެ ތެރެއިން

އިލެކްޝަނުން ބޭއްވި އިންތިހާބެއްގެ ތެރެއިން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން، މީގެ ކުރިން ރީ ރެޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ މި މަހުގެ 13 ވީ ބުރާސްފަތި ދުވަހުއެވެ.

ރާއްޖެ.އެމްވީއާ ވާހަކަ ދައްކަމުން އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އާދިއްތަ ދުވަހަށް ބަދަލުކުރީ ވީހާވެސް ފަސޭހަކޮށް ވޯޓުލެވޭނެ ތަންތަން ރައްޔިތުންނަށް ބެލެނޭ އިންތިޒާމެއް ހަމަޖެއްސުމުގެ މަގްސަދުގައި ކަމަށެވެ.

އީސީން ބުނީ، މި ފަހަރު ރީ ރަޖިސްޓްރީ ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލީތަން ނޫން އެހެން ތަނަކަށް ވޯޓުލާނަމައެވެ. އެކަމަކު ޖަލުތަކާއި، ރިސޯޓު ތަކުގެ އިތުރުން ސިނާއީ ސަރަހައްދުތައް އިސްތިސްނާ ވާނެ ކަމަށް އީސީގެ ނައިބް ރައީސް ވިދާޅުވިއެވެ. ރި ރަޖިސްޓްރީ ކުރުމަށް ދެނީ، އާދިއްތަ އިން ފެށިގެން 12 ދުވަހުގެ މުއްދަތެވެ.

ރީ ރަޖިސްޓްރީ ކުރަން އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް އީސީން ނިންމާފައިވާއިރު، ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ވަނީ ހުޅުވާލާފައެވެ.

އީސީން ބުނެފައިވަނީ، އެ ލިސްޓަށް ޝަކުވާ ހުށަހަޅާނީ ފެބްރުއަރީ 11 އިން ފެށިގެން މި މަހުގެ 22 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހު ބާއްވަ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީ ކުރިއަރުވާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވާ ތާރީހަކި އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އީސީން ލަފާކުރާ ގޮތުން މި ފަހަރުގެ އިންތިހާބުގައި ހަ ހާހާށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޮފިޝަލުންގެ ގޮތުގައި ހަތް ހާހަކަށް ވަރަކަށް މީހުން ޙަރަކާތްތެރިވާނެ ކަމަށް ލަފާކޮށްފައިވާއިރު، އިންތިޚާބުގައި ޖުމުލަ 545 ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. ވޯޓުފޮށިތައް ބަހައްޓާނެ ފޮށިތަކުގެ ސީދާ ޢަދަދު އަންގާނީ ރީ ރެޖިސްޓްރޭޝަން ޕްރޮސެސް އަށް ފަހު ކަމަށް އީސިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް