Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިމަބިހި

ހިމަބިހި ވެކްސިންޖަހާ ފަރާތްތަކަށް "ސަޕްލިމެންޓްރީ އިމިއުނިޒޭޝަން ކާޑު" ދެނީ

165،000 ކާޑް ހެދުމަށް ހެލްތުން ވަނީ އިއުލާންކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2020 | ހުކުރު 07:43
ހިމަބިހި ވެކްސިން

ހިމަބިހި ވެކްސިން

ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާންކޮށްފައިވާ ހިމަބިހި ފެނުމާއި ގުޅިގެން، ހިމަބިއްސަށް ވެކްސިންޖަހާ މީހުންނަށް "ސަޕްލިމެންޓްރީ އިމިއުނައިޒޭޝަން ކާޑެއް" ދިނުމަށް ހެލްތް މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ ރާއްޖެއިން މިހާރު ފެނިފައިވާ ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގ ދިނުމަށްފަހު ވެކްސިން ޖަހާ ފަރާތްތަކަށް ދޫކުރެވޭ "ސަޕްލިމެންޓްރީ އިމިއުނައިޒޭޝަން ކާޑު" ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ހެލްތް މިނިސްޓްރީން ބުނީ ޖުމްލަ 165،000 ކާޑު ހެދުމަށް ބޭނުންވާ ކަމަށެވެ.

އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން މެންދުރު 1:30 އާއި ދޭތެރޭ މިނިސްޓްރީގެ ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރުމަށް ވަނީ އެދިފައެވެ.

ސަރުކާރުން ވަނީ ގައުމީ ވެކްސިން ކެމްޕޭނެއް ފެށުމަށް ނިންމާ އެކަމަށް ބޭނުންވާ ވެކްސިން ވެސް ހޯދާފައެވެ. އެގޮތުން ހެލްތު މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން ހިމަބިހި ފެނުމާއިގުޅިގެން އިތުރަށް މިބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެތެރެއިން، މިހާރު ފަށާފައިވާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ޕްރޮގުރާމަށް ބޭނުންވާ ވެކްސިންއާއި ކޮންސިއުމަބަލްސް ހޯދުމުގައި ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ޔުނިސެފްގެ އެހީގައި ހޯދާފައިވާ 200،000 ވެކްސިންއާއެކު ދަތިކަމެއް ނެތި ފަންނީ ލަފާގެމަތިން އިސްކަންދެވޭ ފަރާތްތަކަށް ވެކްސިން ދިނުމާއި، މިހާރު ކުރިއަށް ގެންދާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށެވެ.

ދިވެހިރާއްޖެއިން ހިމަބިހި ފެނުމާއިގުޅިގެން މިހާރު ކުރިއަށްގެންދެވޭ މަސައްކަތްތަކުގެ ތެރޭގައި، ހިމަބިއްސަށް ޕޮޒިޓިވް ވި ފަރާތްތަކުގެ ފަރާތުން ބަލި އަރާފާނެ ފަރާތްތައް ދެނެގަނެ، މަޢުލޫމާތު ދިނުމާއި، ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދިނުމާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މާލެއާއި އަތޮޅުތެރޭގައި މީސްލްސް ވެކްސިން ޑޯޒްތައް ހަމަނުވާ ކުދިންނަށް ވެކްސިން ދީ ހަމަކުރެވޭނެއެވެ.

އަދި އުމުރުން 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތުކުދިންނަށް އެމްއާރު ވެކްސިންގެ އިތުރު ޑޯޒެއް ދިނުމާއި ވެކްސިންދިނުމުގެ މުހިންމުކަމާގުޅޭ މަޢުލޫމާތުދިނުމުގެ ކޮމިއުނިކޭޝަން ކެމްޕޭނެއް މި މަހުގެތެރޭގައި ފެށުމާއި އަދި މުޅި އާބާދީއަށް އަމާޒުކޮށް، ބިދޭސީން ހިމެނޭގޮތަށް އެމްއާރު ވެކްސިން ދިނުމުގެ ކެމްޕޭނެއް ހިންގުން ހިމެނޭ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު