Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

ފަހު ވަގުތު ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުން ޔުވެންޓަސް ބަލިނުވެ ސަލާމަތްވެއްޖެ

މި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 14 ފެބުރުއަރީ 2020 | ހުކުރު 07:41
އޭސީ މިލާން އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

އޭސީ މިލާން އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގް ގައި އޭސީ މިލާން އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ފަހުވަގުތު ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުން ޔުވެންޓަސް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އޭސީ މިލާން ދަނޑުގައި ކުޅުނު މި މެޗު ނިމިގެނދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މެޗު ފަށައިގެން އޭސީ މިލާނުން ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރިއިރު މި ހާފުގައި އޭސީ މިލާނުން ވަނީ ޔުވެންޓަސްގެ ގޯލަށް ފުލުފުލުގައި ހަމަލާތައް އުފައްދައިފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި މިލާނުގެ އިތުބާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި މިލާނުގެ ރެބިޗް ވަނީ ނުރައްކާތެރި ހަމަލާއެއް ޔުވެންޓަސްގެ ގޯލަށް ފޮނުވައިލައިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމާލާގެ ހުރަހަކަށް ވެގެންދިޔައީ ޔުވެންޓަސްގެ ކީޕަރު ބުފަންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެވަނަ ހާފުގައި ވެސް މިލާނުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ޔުވެންޓަސްގެ ގޯލަށް ފޮނުވައިލައިފައެވެ. ނަމަވެސް ޔުވެންޓަސްގެ ކީޕަރު ބުފަން ވަނީ ހުށިޔާރު ކަމާއިއެކު މިލާންގެ ހަމަލާތައް ދިފާއު ކޮށްފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި މިލާނުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރެބިޗް އެވެ. ނަމަވެސް މެޗުގެ 71 ވަނަ މިނެޓުގައި ހަނާންޑޭޒް އަށް ދެއްކި ރަތްކާޑާއި އެކު މިލާންއަށް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މެޗުގެ 90 ވަނަ މިނެޓުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑު ޖަހައިފައެވެ.

ދެވަނަ ލެގަށް ނުކުންނައިރު މިލާންއަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ އެޓީމުގެ މުހިންމު ތިން ކުޅުންތެރިންނަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުމެވެ. ސަމޫ ކަސްޓިލޭހޯ، ތެއޯ ހެނާންޑޭޒް އަދި އިބްރަހިމޮވިޗް ސަސްޕެންޑްވީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުގައި ދެއްކި ރީދޫކާޑާއި ގުޅިގެންނެވެ.

އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގައި މާރޗް 4 ވަނަ ދުވަހު އޭސީ މިލާނުން ޔުވެންޓަސް އާއި ދެކޮޅަށް ނުކުންނައިރު މި މެޗު ކުޅެވިގެންދާނީ ޔުވެންޓަސްގެ ދަނޑުގައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު