Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބޮރޫޝިއާ ޑޯޓްމުންޑް

މޮޅެތި ކުޅުންތެރިންނެއް ނުގަންނަން، މޮޅެތި ކުޅުންތެރިން އުފައްދަނީ

13 ފެބުރުއަރީ 2020 | ބުރާސްފަތި 12:39

ފާއިތުވެދިޔަ ހަތް މަހަށް ބަލާއިރު ޑޯޓްމުންޑުން ވަނީ އަނެއްކާވެސް ހައިރާންވާފަދަ ދެ ކުޅުންތެރިންގެ ސޮއި ހޯދާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 13 ފެބުރުއަރީ 2020 | ބުރާސްފަތި 12:39
ޑޯޓްމުންޑްގެ ޒުވާން ކުޅުންތެރިން

ޑޯޓްމުންޑްގެ ޒުވާން ކުޅުންތެރިން

ޖަރުމަނުގެ ގަދަ ބާރެއް ކަމުގައިވާ ބްރޫޝިއާ ޑޯޓްމުންޑަކީ ޒުވާން ކުޅުންތެރިން އުފެއްދުމުގައި މަޝްހޫރު ކްލަބެކެވެ. ޒުވާން ސްކޮޑަކާއިއެކު ލީގުގެ ދެންތިބި ކްލަބުތަކާއި ޖެހިލުމެއް ނެތި ވާދަކުރާއިރު ޑޯޓްމުންޑުން މި ފަހަކަށްއައިސް އެ ކްލަބަށް ނަން މަޝްހޫރު މޮޅެތި ކުޅުންތެރިން ނުގެންނައިރު އެ ކްލަބުން އަންނަނީ ޒުވާން ގިނަ ކުޅުންތެރިން ގަނެ ފުރަތަމަ އެގާރައިން އެކުޅުންތެރިންނަށް ފުރުސަތު ދެމުންނެވެ.

މި ގޮތަށް އެ ކްލަބަށް ގެނައި އެއް ކުޅުންތެރިޔަކީ ޖޭޑަން ސަންޗޯއެވެ. ކްލަބާއި ގުޅުނުތާ އަދި ދެ އަހަރު ނުވާ ސަންޗޯ އަންނަނީ މިހާރު ޖަރުމަން ލީގުގައި ރެކޯޑުިތައް ހަދަމުންނެވެ. އެގޮތުން އޭނާ ވެގެން ގޮސްފައިވަނީ ހަގު އުމުރުގައި 22 ހަށް ވުރެ ގިނަ ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އިނގިރޭސި މަޝްހޫރު ކްލަބު މެންޗެސްޓާ ސިޓީން އޭނާ ޑޯޓްމުންޑްއަށް ބަދަލުވީ 10 މިލިއަން ޕައުންޑަށެވެ.

ޑޯޓްމުންޑްގެ ކުރީގެ ކުޅުންތެރިޔާ އަދި އެ ކްލަބުގެ މިހާރުގެ ޔޫތު ޓީމުގެ ހެޑް ލާސް ރިކެން ބުނީ ޑޯޓްމުންޑުން ޒުވާން ކުޅުންތެރިން ގެންނަންފެށީ އަގު ހެޔޮވުމުން ނޫން ކަމަށާއި ކްލަބުން މިހާރު އެންމެ ބޮޑަށް އިސްކަމެއްދޭ ކަމަކީ ޒުވާން ކުޅުންތެރިން އުފެއްދުން ކަމަށެވެ. އަދި މި ގޮތަށް ޒުވާން ކުޅުންތެރިން އުފެއްދުމުން ކްލަބަށް މާލީ ގޮތުން ވެސް ބޮޑެތި ފައިދާތަކެއްވާ ކަމަށާއި ޒުވާން ކުޅުންތެރިން ދެ ސީޒަނެއް ވަރު ކުޅެލުމުން ޔޫރަޕުގެ ބޮޑެތި ކްލަބުތަކަށް އެކުޅުންތެރިން ބޮޑު އަގުގައި ވިއްކައިލެވޭ ކަމަށެވެ.

ޑޯޓްމުންޑުން ސަންޗޯ ވިއްކައިލުމަށް ނިންމައިފައިވާއިރު، އޭނާ ވިއްކާނީ 100 މިލިއަން ޕައުންޑަށް ވުރެ ބޮޑުކޮށް ކަމަށް ޑޯޓްމުންޑުން ވަނީ އިއުލާން ކޮށްފައެވެ. މީގެ އިތުރުން ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ޑޯޓްމުންޑުން ވަނީ އެމެރިކާގެ ޒުވާން ކުޅުންތެރިޔާ ކްރިސްޓެން ޕުލިސިޗް 20، ޗެލްސީއަށް ބޮޑު އަގުގައި ވިއްކާލައިފައެވެ. އޭނާ ޗެލްސީއަށް ވިއްކައިލީ 58 މިލިއަން ޕައުންޑަށެވެ.

ފާއިތުވެދިޔަ ހަތް މަހަށް ބަލާއިރު ޑޯޓްމުންޑުން މިވަނީ އަނެއްކާވެސް ހައިރާންވާފަދަ ދެ ކުޅުންތެރިންގެ ސޮއި ހޯދައިފައެވެ. ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ފާރަލަމުންދިޔަ ހާލަންޑްގެ ސޮއި ޑޯޓްމުންޑުން ހޯދީ ހާލަންޑް ހޯދުމަށް ޔުނައިޓެޑުން ބިޑުކުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ. 19 އަހަރުގެ ހާލަންޑް މިހާރު އަންނަނީ ޑޯޓްމުންޑާއިއެކު ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ލާސް ރިކެން ބުނީ ޑޯޓްމުންޑުން ޒުވާން ކުޅުންތެރިން ބިނާ ކުރުމަށް ނިންމީ 2004 ވަނަ އަހަރު މާލީ ގޮތުން ޑޯޓްމުންޑް ކުޑަ ކަކޫ ޖަހަން ޖެހުމާއި ގުޅިގެން ކްލަބުގެ ޚަރަދުތައް ކުޑަ ކުރުމަށް އޭރުގެ ބޯޑުން ނިންމުމާއި ގުޅިގެން އޭރުގައި ޑޯޓްމުންޑްގައި ތިބި ކޯޗިން ސްޓާފުން ޒުވާން ކުޅުންތެރިން ބިނާ ކުރަން ކުރި މަސައްކަތުން ކަމަށެވެ. އޭގެ ފަހުން ޑޯޓްމުންޑާއިއެކު އެންމެ ފަހުން ޖަރުމަން ލީގު ހިއްލައިލި ކޯޗު ޔާގެން ކްލޮޕްގެ ކޯޗު ކަމުގެ ދަށުގައި ވެސް އެންމެ އިސްކަމެއް ދިނީ ޒުވާން ކުޅުންތެރިންނަށް ކަމަށް އޭނާ ބުންޏެވެ.

ޒުވާން ކުޅުންތެރިން އުފެއްދުމަކީ ޗެލެންޖެއް ނަމަވެސް ޑޯޓްމުންޑްގެ މިހާރުގެ އަމާޒަކީ ޒުވާން ކުޅުންތެރިންނާއި އެކު ޔޫރަޕުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދެންތިބި ކްލަބުތަކަށް ނަމޫނާ އަކަށްވެ ސަޕޯޓަރުންގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2021

ޔޫރޯ 2020 - ގްރޫޕް ސްޓޭޖުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

26 ޖޫން 2021
ޔޫރޯ 2020 - ގްރޫޕް ސްޓޭޖުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
04 ޖޫން 2021

މަޝްހޫރު ބައެއް ކުޅުންތެރިން ޔޫރޯއާ އަލްވަދާއު ކިޔާނެ

04 ޖޫން 2021
މަޝްހޫރު ބައެއް ކުޅުންތެރިން ޔޫރޯއާ އަލްވަދާއު ކިޔާނެ
20 މެއި 2021

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް ފަލަސްތީނާއެކު

20 މެއި 2021
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް ފަލަސްތީނާއެކު
18 މެއި 2021

ނަފްރަތު އުފައްދަނީ ސިޔާސީ މީހުންނެވެ.

18 މެއި 2021
ނަފްރަތު އުފައްދަނީ ސިޔާސީ މީހުންނެވެ.
28 ޖުލައި 2019

ވަޒީރުގެ ހިތްވަރު ދިނުމުގެ އަޑުން ކުޅުންތެރިންނަށް ހިތްވަރު

28 ޖުލައި 2019
ވަޒީރުގެ ހިތްވަރު ދިނުމުގެ އަޑުން ކުޅުންތެރިންނަށް ހިތްވަރު
09 ޖޫން 2019

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

09 ޖޫން 2019
ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
05 ފެބުރުއަރީ 2019

މިއަދަކީ ކޮން ދެ ކުޅުންތެރިންގެ އުފަންދުވަސްކަން އެނގޭތަ؟

05 ފެބުރުއަރީ 2019
މިއަދަކީ ކޮން ދެ ކުޅުންތެރިންގެ އުފަންދުވަސްކަން އެނގޭތަ؟
27 ޑިސެމްބަރު 2018

ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށަނީ ކުޅުންތެރިން ހާލުގައި ޖައްސަން؟

27 ޑިސެމްބަރު 2018
ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށަނީ ކުޅުންތެރިން ހާލުގައި ޖައްސަން؟
16 އޮކްޓޯބަރު 2018

ސާފް ސުޒުކީ ކަޕް ރާއްޖެއިން ހޯދިތާ އެއް މަސް، ކުޅުންތެރިންގެ އަގު ވަޒަން ނުކުރޭ!

16 އޮކްޓޯބަރު 2018
ސާފް ސުޒުކީ ކަޕް ރާއްޖެއިން ހޯދިތާ އެއް މަސް، ކުޅުންތެރިންގެ އަގު ވަޒަން ނުކުރޭ!
20 އޯގަސްޓު 2017

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް