Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް ފަލަސްތީނާއެކު

ފަލަސްތީނުގެ ދިދަ ވިހުރުވާލި ކުޅުންތެރިންގެ ތެރޭގައި ޕޮގްބާ އާއި ޑިއާލޯ ހިމެނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 މެއި 2021 | ބުރާސްފަތި 11:37
ޔުނައިޓެޑުގެ ޕޮގްބާ އާއި ޑިއާލޯ ފަލަސްތީނުގެ ދިދައާއެކު

ޔުނައިޓެޑުގެ ޕޮގްބާ އާއި ޑިއާލޯ ފަލަސްތީނުގެ ދިދައާއެކު

މި ދުވަސްވަރު އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ގިނަ ފުޓްބޯޅަ ކުޅުންތެރިން އަންނަނީ އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު ހިގަމުންދާ ހަމަނުޖެހުންތައް ހުއްޓުމެއް ނެތި ކުރިޔަށްދާތާ މިހާރު ދެ ހަފުތާ ފާއިތުވެގެން ގޮސްފައިވާއިރު، މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވަނީ ޝަހީދުވެފައެވެ.

އެއާއެކު ފުޓްބޯޅަ ކުޅުންތެރިންވެސް ފަލަސްތީނާ އެއްކޮޅަށް ތެދުވިއިރު، ބައެއް ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައިވެސް ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލާފައެވެ. އަދި ބައެއް ކުޅުންތެރިން އަންނަނީ މެޗުތަކަށްފަހު ފަލަސްތީނުގެ ދިދަ ވިހުރަމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ބޮޑު މެޗެއްގައި ފަލަސްތީނުގެ ދިދަ ވިހުރުވާލި ކުޅުންތެރިންނަކީ ލެސްޓާ ސިޓީގެ މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ ޗޯދުރީ އާއި ވެސްލީ ފޮފާނާއެވެ. އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި ލެސްޓާއިން ޗެލްސީ ބަލިކުރިއިރު، މެޗަށްފަހު އުފާފާޅުކުރުމުގެ ގޮތުން ބަންގްލަދޭޝްގެ ދަރިކޮޅަށް ނިސްބަތްވާ ހަމްޒާ އާއި ފްރާންސްގެ ފޮފާނާ ވަނީ ފަލަސްތީނުގެ ދިދަ ވިހުރުވާލާފައެވެ.

އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ދާދި ފަހުން ފުލަމްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށް ފަހު މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އާއި އަމަދު ޑިއާލޯވެސް ވަނީ ފަލަސްތީނުގެ ދިދަ އެ ކުލަބުގެ ސަޕޯޓަރުންގެ ކުރިމަތީގައި ވިހުރުވާލާފައެވެ. އެ ދެ ކުޅުންތެރިންނަކީވެސް މުސްލިމް ދެ ކުޅުންތެރިންނެވެ. އެ މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ޕޮގްބާ އާއި ޑިއާލޯ ފާޅުކުރާ ވަކިވަކި ޝުއޫރުތަކަށް އިހްތިރާމުކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.

އެއާއެކު މި ކުޅުންތެރިންނަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ތާރީފުކުރިއިރު، އިނގިރޭސި އެފްއޭއިން ވަނީ މެޗަށްފަހު އުފާފާޅުކުރުމުގެ ތެރޭގައި ފަލަސްތީނުގެ ދިދައެއް ގެންގުޅުނު ނަމަވެސް، އެ ކުޅުންތެރިންނަށް އަދަބުނުދޭން ނިންމާފައެވެ. އެކަމަކު މީގެ ކުރިން މި ފަދަ ކަންކަމުގައި ފުޓްބޯޅަ ކުޅުންތެރިން މެޗުތަކުގެ ތެރެއިން ޝުއޫރު ފާޅުކުރާނަމަ، އޭގެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައި އެބަހުއްޓެވެ.

އިސްރާއީލުން ފަލަސްތީނާ ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ހައްގުގައި މަޝްހޫރު އެކި ފުޓްބޯޅަ ކުޅުންތެރިން އަޑު އުފުލުމަކުން އަންނައިރު، މީގެ ކުރިން ސޯޝަލް މީޑިއާގައި މެންޗެސްޓާ ސިޓީގެ ރިޔާޒު މާރޭޒް އާއި، މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އަދި ލިވަޕޫލުގެ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހުވެސް ވަނީ އަޑު އުފުލާފައެވެ.

އަދި ފަލަސްތީނުގެ ހައްގުގައި އާސެނަލުގެ މުހައްމަދު އެލްނެނީޓްވިޓާގައި ފަލަސްތީނަށް އޮތް ލޯބިހާމަކުރުމުގެ ގޮތުން ކުރި ޓްވީޓެއްގެ މައްސަލައިގައި، އާސެނަލްގެ ސްޕޮންސަރެއް ކަމަށްވާ އިޓަލީގެ ލަވާޒާ ގްރޫޕުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ ލަވާޒާ ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

މީގެ އިތުރުން މީގެ 100 އަހަރު ކުރިން ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ ރެފިއުޖީ ބަޔަކު ޗިލީއަށް ހިޖުރަކޮށް، އެ ގައުމުގެ އުޒޯނޯ ސިޓީގައި އުފެއްދި ކުލަބު ޑިޕޯޓިވޯ ޕަލަސްޓީނޯއިންވެސް އަންނަނީ ފަލަސްތީނުގެ ހައްގުގައި އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ތުރުކީގެ ގިނަ ކުލަބުތަކުންވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމުންދާއިރު، އޭގެ ތެރޭގައި ތުރުކީގެ ފެނަބާޗޭއަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ފާހަގަކޮށްލެވެއެވެ.

ފުޓްބޯޅަ ތަރިން ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލަމުން އަންނައިރު، އިސްރާއީލުން ފަލަސްތީނުގެ ގާޒާ ހިސާރުކޮށް، އަނިޔާވެރިކަމާއެކު އާންމުންނަށް ހަމަލާދެމުން ގެންދާ ވަގުތެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުވެސް ދަނީ ފަަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރަމުންނެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2021

މަޝްހޫރު ބައެއް ކުޅުންތެރިން ޔޫރޯއާ އަލްވަދާއު ކިޔާނެ

04 ޖޫން 2021
މަޝްހޫރު ބައެއް ކުޅުންތެރިން ޔޫރޯއާ އަލްވަދާއު ކިޔާނެ
21 މެއި 2021

ދިވެހި ކުޅިވަރު އާއިލާ ފަލަސްތީނާއެކު

21 މެއި 2021
ދިވެހި ކުޅިވަރު އާއިލާ ފަލަސްތީނާއެކު
30 ސެޕްޓެމްބަރު 2020

"ބޭނުންވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރުން"

30 ސެޕްޓެމްބަރު 2020
"ބޭނުންވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރުން"
05 ޖެނުއަރީ 2020

ސުލައިމާނީ: އިރާންގެ މަޝްހޫރު ހަނގުރާމަވެރިޔާ، މެދުއިރުމަތީގެ އޮޕަރޭޝަންތަކުގެ މޭސްތިރި

05 ޖެނުއަރީ 2020
ސުލައިމާނީ: އިރާންގެ މަޝްހޫރު ހަނގުރާމަވެރިޔާ، މެދުއިރުމަތީގެ އޮޕަރޭޝަންތަކުގެ މޭސްތިރި
15 އޮކްޓޯބަރު 2019

"އައްޒަޑޭ" ބޮޑުބެރުގައި އެންމެ މަޝްހޫރު އެއް ނަން

15 އޮކްޓޯބަރު 2019
"އައްޒަޑޭ" ބޮޑުބެރުގައި އެންމެ މަޝްހޫރު އެއް ނަން
09 ޖޫން 2019

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

09 ޖޫން 2019
ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
15 ފެބުރުއަރީ 2018

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20 ޑިސެމްބަރު 2017

އެލް ކްލެސިކޯ - ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން

20 ޑިސެމްބަރު 2017
އެލް ކްލެސިކޯ - ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން
13 ޑިސެމްބަރު 2017

ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!

13 ޑިސެމްބަރު 2017
ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!
04 އޮކްޓޯބަރު 2017

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް