Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ކަޕް

ބަލިނުވެ 22 މެޗު ހަމަކޮށް ޕީއެސްޖީ ފްރެންޗް ކަޕްގެ ސެމީއަށް

13 ފެބުރުއަރީ 2020 | ބުރާސްފަތި 03:45

މި މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ 6-1 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 13 ފެބުރުއަރީ 2020 | ބުރާސްފަތި 03:45
ފްރެންޗް ކަޕް މެޗުގެ ތެރެއިން އެމްބާޕޭ

ފްރެންޗް ކަޕް މެޗުގެ ތެރެއިން އެމްބާޕޭ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ބަލިނުވެ 22 މެޗު ހަމަކޮށް ފްރެންޗް ކަޕް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފްރެންޗް ކަޕް ސެމީ ފައިނަލްގައި ބުދަ ދުވަހުގެރޭ ޑީޖޮން އާއި ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ ފަސޭހަ ކަމާއިއެކު 6-1 ގެ ނަތީޖާއަކުންނެވެ.

ޑީޖޮން ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން 47 ސިކުންތުގެ ތެރޭގައި ޕީއެސްޖީއިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑަކީ ޑީޖޮންގެ ވެސްލީ ލައޮޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު މެޗުގެ 13 ވަނަ މިނެޓުގައި ޑީޖޮން އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުނީރު ޝަރް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. މިއީ މި ސީޒަނުގައި އެމްބާޕޭ ޕީއެސްޖީއަށް ކުޅެދިން 28 މެޗުން އޭނާ ކާމިޔާބުކުރި 24 ވަނަ ލަނޑެވެ.

ދެވަނަ ހާފު ފަށައިގެން ޕީއެސްޖީއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު އެޓީމުން ވަނީ މެޗުގެ 50 ވަނަ މިނެޓުގައި ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތިއާގޯ ސިލްވާ އެވެ. އޭގެ ފަސް މިނެޓު ފަހުން ޕަބްލޯ ސަރާބިއާ ވަނީ އެމްބާޕޭގެ ހުރަހަކުން ލަނޑު ޖަހާ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. ޕީއެސްޖީގެ ފަސްވަނަ ލަނޑަކީ ޑީޖޮންގެ ސެނޫ ކޮލަބާލީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގައި ޕީއެސްޖީއިން ކާމިޔާބުކުރި ފަހު ލަނޑަކީވެސް އެމްބާޕޭގެ ހުރަހަކުން ޕަބްލޯ ސަރާބިއާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ތޯމަސް ބުނީ މެޗުގެ ނަތީޖާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ޕީއެސްޖީއިން މިހާރު ތައްޔާރުވަމުން އަންނަނީ ޗެމްޕިއަންސް ލީގުގައި ޑޯޓްމަންޑާއި ދެ ކޮޅަށް ނުކުންނަ މެޗަށް ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް