Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ނޫމަޑިއަށް ބަދަލު ދިނީ ދިވެހި ސަރުކާރަށް ލިބިގެންވާ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ދަށުން: އަމީރު

ނޫމަޑި މައްސަލަ މާލިއްޔަތު ކޮމިޓީން ބަލާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2020 | ބުދަ 06:46
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އިބްރާހިމް އަމީރު

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އިބްރާހިމް އަމީރު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އަންސްތާލްތްއަށް ބަދަލު ދެއްވީ ދިވެހި ސަރުކާރަށް ލިބިގެންވާ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ދަށުން ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެމްބަރު މިނިސްޓަރާއި ކުރެއްވި ސުވާލަކީ ނޫމަޑިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލަ ނެދަރލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓު އޮފް އާބިޓްރޭޝަނުން ގޮތަކަށް ނުނިމެނީސް، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިޔަން ޑޮލަރު ބަދަލުގެ ގޮތުގައި ދިނީ ކޮން ޤާނޫނީ ހައިސިއްޔަތަކުންތޯއެވެ.

Advertisement - newsAdvertisement

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަތައް ނުނިމެނީސް އެ މައްސަލަތައް އާބިޓްރޭޝަނުން ހައްލުކޮށް ފައިސާ ދައްކާފައިވަނީ އެ މައްސަލަތައް ރައްދުވާ ފަރާތުގެ ހައިސިއްޔަތުން ދިވެހި ސަރުކާރަށް ލިބިގެންވާ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ދަށުން ކަމަށެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ ވަނީ މައްސަލަ ތަފްސީލު ކޮށްދެއްވާފައެވެ. އެގޮތުން އަމީރު ވިދާޅުވީ ނޫމަޑި ގެ ފަރާތުން ނެދަރލޭންޑްސްގައި ހުންނަ ދަ ހޭގް ގައި ހުންނަ ޕަރމެނެންޓް ކޯޓު އޮފް އާބިޓްރޭޝަނަށް 11 ޑިސެންބަރު 2017 ގައި ދެ މައްސަލައެއް ހުށަހެޅިކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ އެ ދެ މައްސަލަ ރައްދުވަނީ ސަރުކާރަށް ކަމަށެވެ. މިނިސްޓްރީ އޮފް ހައުސިންގް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ދެ ބައިވެރިން ބޭނުން ވެއްޖެ ހިނދެއްގައި ކޯޓުން ބޭރުގައި ހައްލު ކުރުމުގެ ފުރުސަތު އޮންނަ ފަދައިން އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތައްވެސް، މައްސަލައިގެ ބައިވެރިންނަށް ފެންނަ ހިނދެއްގައި އާބިޓްރޭޝަނުން ބޭރުގައި ހައްލު ކުރުމުގެ ފުރުސަތު އޮންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލުކުރި ދެ އެއްބަސްވުމެއްގެ މައްސަލަ ނޫމަޑިން ވަނީ ނެދަލޭންޑްސްގެ ދަ ހޭގަންގައި ހުންނަ ޕާރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައެވެ. އެމައްސަލަތަކުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (849،750،000ރ) ދައްކަން ޖެހުނެވެ. އެފައިސާ މިސަރުކާރުން ވަނީ ދައްކާފައެވެ.

އެގޮތުން ނޫމަޑިން ހުށަހެޅި ދެ މައްސަލައިގައި ތަދްބީގުކުރެވޭ "ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް ލޯ، އަން ސިޓްރަލް އާރބިޓްރޭޝަން ރޫލްސް1976 "ގެ 34 ވަނަ މާއްދާގައި އަރބިޓްރޭޝަންގައި އެވޯޑެއް އިޝޫކުރުމުގެ ކުރިން މައްސަލައިގެ ދެބައިވެރިން ސެޓްލްމެންޓަކަށް އެއްބަސްވެއްޖެ ނަމަ ދެން އެ މައްސަލައިގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ.

އަރބިޓްރޭޝަންގެ މައްސަލަތައް ރައްދުވާ ފަރާތުގެ ހައިސިއްޔަތުން އަރބިޓްރޭޝަނުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ފުރިހަމަ އިޚްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވާ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުގެ މަތިން ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލައްވާފައިވާ ސެޓްލްމެންޓް ކޮމިޓީން އެ މައްސަލަތައް ރަނގަޅަށް ދިރާސާކުރިކަމަށެވެ. އަދި ނޫމަޑިއާއި އެއްކޮށް ނެގޯޝިއޭޓް ކުރުމަށްފަހު ކޮމިޓީއަށް ފެންނަ ގޮތް ރައިސުލްޖުމްހޫރިއްޔާގެ ހުއްދައާއި އެކު މިނިސްޓްރީ އޮފް ހައުސިންގް އިން ވަނީ 24 އޮގަސްޓް 2019 ގައި ނޫމަޑިއާއި އެކު ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސެޓްލްމެންޓް އެގްރީމެންޓްއަކީ ދިވެހި ސަރުކާރުގެ މައްޗަށް ގާނޫނީގޮތުން ބަނދެވިގެންވާ ލިޔުމެއް ކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ އެހެންކަމުން އެ އެގްރީމެންޓެއްގައި ބުނާ އަދަދެއްގެ ފައިސާ އެ އެގްރީމެންޓްގައި ބުނާ މުއްދަތުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސްގެ ހައިސިއްޔަތުން އެމަނިކުރާނު ދެއްކުމަކީ ލާޒިމް ކަމެއްކަމަށެވެ. އަދި ސެޓްލްމެންޓް އެގްރިމެންޓުގައި ސޮއި ކުރެވުމާއި އެކު އެއެގްރީމެންޓު އަރބިޓްރޭޝަން ޓްރައިބިއުނަލް އާއި ހިއްސާކޮށްފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

26 އޮގަސްޓް 2019 ގައި އަރބިޓްރޭޝަން ޓްރައިބިއުނަލް އިން ވަނީ ދެ ބައިވެރިންގެ ބެއްލެވުން ބަލައިގަނެފައިވާކަން އަންގާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. ސެޓްލްމެންޓް އެގްރީމެންޓް ހިމެނޭ ގޮތަށް ޖޮއިންޓް ކޮންސެންޓް އެވޯޑެއް 15 ނޮވެމްބަރު 2019ގައި އަރބިޓްރޭޝަން ޓްރައިބިއުނަލުން ވަނީ އިޝޫ ކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ކޮންސެންޓް އެވޯރޑަކީ އެންމެ ފަހުގެ ނިންމުން ކަމަށްވާތީ އެ މައްސަލަތައް އެއްކޮށް ނިމިފައިވާކަމަށެވެ.

އެއްބަސްވުން އުވާލި މައްސަލަތަކުގައި ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ.

އެހެންކަމުން ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަތައް ނުނިމެނީސް އެ މައްސަލަތައް އާބިޓްރޭޝަނުން ހައްލުކޮށް ފައިސާ ދައްކާފައިވަނީ އެ މައްސަލަތައް ރައްދުވާ ފަރާތުގެ ހައިސިއްޔަތުން ދިވެހި ސަރުކާރަށް ލިބިގެންވާ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ދަށުން ކަމަށް އަމީރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު