Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ މަޖިލިސް

މަސް ގަތުމުގެ އެކްސްކުލޫސިވިޓީ އުވާލުމުން މަހަށް ހަމަ އަގު ލިބޭނެ، ސަރުކާރުން އެކަން އެބަކުރޭ: ރައީސް ނަޝީދު

11 ފެބުރުއަރީ 2020 | އަންގާރަ 20:46

މަހުގެ އަގު އުފުލައިދިނުމަކީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 11 ފެބުރުއަރީ 2020 | އަންގާރަ 20:46
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

މަސްވެރިކަމުގެ ދާއިރާ ކުރިއެރުމަށާއި މަހަށް ހަމަ އަގު ލިބުމުގެ އެންމެ ބޮޑު ހުރަހަކީ އެކްސްކުލޫސިވިޓީ އެގްރީމަންޓްކަމަށާއި އެ އެގްރީމަންޓްތައް ބާތިލުކުރުމުން މަހަށް ހަމަ އަގު ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 168 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަހުގެ އަގު އުފުލައިދިނުމަކީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދެއްކަމަށެވެ. އަދި އެކަމަށްޓަކައި މަސްވެރިކަމުގެ ގަނޫނު އިސްލާހުކޮށްފައިވާކަމަށެވެ. މަސްވެރިކަމުގެ ގާނޫނުން 3 މަސްދުވަހުގެ ތެރޭގައި ގަވާއިދުތައް ހެދުމަށް ޖާގަދޭކަަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެ ގާނޫނަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ މަސް ގަތުމުގެ ވިޔަފާރީގެ ވާދަވެރިކަން އުފައްދައި، މަސްގަތުމުގެ ހުއްދަ ރާއްޖެއިން ބޭރުގެ ފަރާތްތަކަށްދީ މަހަށް ހަމަ އަގު ހޯދައިދިނުންކަމަށެވެ.

Advertisement - newsAdvertisement

އިތުރަށް އެ ނުކުތާ ތަފްސީލުކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ބާނާ ކަޅުބިލަމަސް ގަނެ ބޭރުކުރުމުގެ ހުއްދަ ދީފައިވަނީ އެންމެ 3 ފަރާތަކަށް ކަމަށާއި، އެ އެކްސްކުލޫސިވިޓީ އެގްރީމަންޓްތައް އުވާލައި އާންމުކޮށް މަސްގަނެ ބޭރަށް ވިއްކުމުގެ ހުއްދަ ލިބުމުން އިތުރަށް މަހުގެ އަގު އުފުލިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އެ އެގްރީމަންޓްތައް އުވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެއިތުރުން، މަސްވެރިިކަމާއި ގުޅޭ ގާނޫނާއި ގަވާއިދުތައް ހަދައި ނިމުމުން އެންމެ ދަށްކޮށް މަސްގަނެވޭނެ އަގު ކަނޑައެޅިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަސް ފެކްޓްރީ އެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒް އަށް ފިޝަރީޒް މިނިސްޓްރީން ގދ ހޯނޑެއްދޫއިން ބިންދޫކޮށްފައިވާތީ އާއި އެކަމާއި ގުޅޭ އެއްބަސްވުމާއި އެއްވެސް ފަރާތަކުން ޚިލާފުވެފައިވާނަމަ، އެކަމުގެ ތަފުޞީލު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ފިޝަރީޒް މިނިސްޓަރ ހާޒިރުކޮށްފައިވާއިރު ޖަލްސާގައި މެމްބަރުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވަނީ ހެދިފައިހުރި އެކްސްކުލޫސިވް އެގްރިމެންޓް އުވާލައިގެން ނޫނީ މަސްވެރިންނަށް ހަމައަގު ހޯދައި ނުދެވޭނެކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް