Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފިލިއްޕޭ ކުޓީނިއޯ

"ލިވަޕޫލަށް ދެން ކުޓީނިއޯ ބޭނުމެއް ނުވޭ"

ކުޓީނިއޯ ވަނީ ލިވަޕޫލްގައި ހޭދަކުރި 6 ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2020 | އަންގާރަ 14:38
ކުޓީނިއޯ ލިވަޕޫލަށް ކުޅުނު ދުވަސްވަރު

ކުޓީނިއޯ ލިވަޕޫލަށް ކުޅުނު ދުވަސްވަރު

ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ ދެން އިނގިރޭސި ކްލަބު ލިވަޕޫލަށް ބޭނުންނުވާ ކަމަށް އެޓީމުގެ ކުރީގެ ފޯވަރޑް ޖޯން އޯލްޑްރިޖް ބުނެފިއެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލުން 142 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ބަދަލުވި ކުޓީނިއޯއަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. އެގޮތުން ކުޓީނިއޯ ބާސެލޯނާގައި ކުޅުނު 76 މެޗުގައި ޖެހިފައިވަނީ 21 ގޯލެވެ. އޭގެ ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ބަދަލުވިއިރު، އެ ޓީމުގައިވެސް މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ލިވަޕޫލްގެ ކުރީގެ ފޯވަރޑް ޖޯން އޯލްޑްރިޖް ބުނީ ލިވަޕޫލްގައި މިހާރު އޮތް ސްކޮޑަށް ކުޓީނިއޯ ބޭނުން ނުވާ ކަމަށެވެ. އެކަމަކު ކުޓީނިއޯއަކީ އަދިވެސް މޮޅު ކުޅުންތެރިޔެއް ކަމަށާއި، އެކަމަކު ބާސާއިން ކުޓީނިއޯ ގަތުމަށް ބޮޑު ޚަރަދެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

މި ސީޒަން ނިމުމުން ބަޔާންގެ ލޯނު އެއްބަސްވުން ހަމަވާއިރު، އޭނާ އެނބުރި ބާސާއަށް ދިޔުމުން، އެޓީމުން ކުޓީނިއޯ ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ކުޓީނިއޯ ގަތުމަށް ލިވަޕޫލުންވެސް ބޭނުންވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކުޓީނިއޯ އެންމެ ފުރަތަމަ ވިދާލީ ލިވަޕޫލުންނެވެ. ލިވަޕޫލްގައި އޭނާ 6 ސީޒަން ހޭދަކުރިއިރު، ކުޓީނިއޯ ވަނީ ލިވަޕޫލަށް ކުޅެދިން 201 މެޗުގައި 54 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް

30 މެއި 2017
ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް
14 މެއި 2017

ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

14 މެއި 2017
ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
17 އެޕްރީލު 2017

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު