Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރޯނާވައިރަސް ފެތުރުން

ކޮރޯނާވައިރަސް ފުޅާކޮށް ފެތުރިގެން އައީ ވުހާންގެ ހޮސްޕިޓަލެއްގެ ތެރެއިން!

އެޑްމިޓް ކުރެވުނު 138 މީހުންގެ ތެރެއިން 41 އިންސައްތަ މީހުންނަށް ބަލި ޖެހުނީ ހޮސްޕިޓަލުގެ ތެރެއިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2020 | އާދީއްތަ 19:28
ޗައިނާގެ ވުހާންގެ ހޮސްޕިޓަލަކަށް ބަލިމީހަކު ގެނެސް ވައްދަނީ

ޗައިނާގެ ވުހާންގެ ހޮސްޕިޓަލަކަށް ބަލިމީހަކު ގެނެސް ވައްދަނީ

ކޮރޯނާވައިރަސްއަށް ފުރަތަމަ ފަރުވާދޭން ފެށި މީހުންނަށް އެ ބަލި ޖެހުނީ އެމީހުން ތިބި ހޮސްޕިޓަލު ތެރެއިން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މެޑިކަލް ޖަރނަލް "ޖޭއޭއެމްއޭ" ގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ފަރުވާ ދެވުނު ފުރަތަމަ 138 މީހުންގެ ތެރެއިން 41 އިންސައްތަ މީހުންނަށް ބަލި ޖެހިފައިވަނީ އެ ހޮސްޕިޓަލްގެ ތެރެއިން ކަމަށެވެ.

މި ދިރާސާގައި ބުނެފައިވަނީ މި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ ނޮސޯކޮމިއަލް ޓްރާންސްމިޝަން ނުވަތަ ބައްޔެއް ނުވަތަ އިންފެކްޝަނެއް ފެތުރިފައިވާ ސިއްހީ ހިދުމަތްދޭތަނެއްގައި އެ އިންފެކްޝަން ނުވަތަ ބައްޔެއް ފެތުރިގެން ދިއުމެވެ.

އަދި ވައިރަސް ފެތުރިގެން ދިޔައީ އަވަސް މުއްދަތެއްގައި ނުވަތަ ކުޑަ މުއްދަތެއްގައި ނޫން ކަމަށާއި، ސިއްހީ ފަރުވާ ދިނުމުގެ ތެރޭގައި ކުރެވޭ ކަމަކުން ގިނަ ބަޔަކަށް އެ އިންފެކްޝަން ފެތުރިގެން ގޮސްފައިވާ ކަމަށް ބެލެނޭ ކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ބަލިމަޑުކަން ފެތުރިގެން ގޮސްފައިވަނީ ކަންބޮޑުވާ މިންވަރަށް ކަމަށާއި، މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ސިއްހީ ފަރުވާދޭ މީހުންނާއި، އެ ހޮސްޕިޓަލުގައި އެދުމަތިކޮށްފައިވާ ބަލި މީހުން އިންފެކްޓްވިކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

އަދި ބައްޔަށް ޝައްކުކުރެވުނު މީހުންގެ އެކަނި ޓެސްޓްތައް ހެދިގެން ދިޔައިރު، އެމީހުންގެ ފަރާތުން އެހެން ބަޔަކަށް ބަލި ފެތުރި އެމީހުންގެ ފަރާތުން ހޮސްޕިޓަލުގައި ތިބި އިތުރު މީހުންނަށް ބަލި ފެތުރިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

ނޮވެލް ކޮރޯނާ ވައިރަސް ޖެހިގެން ފުރަތަމަ ފަރުވާދޭން ފެށި 138 މީހުންގެ ތެރެއިން 75 މީހުންނަކީ ފިރިހެނުން ކަމަށް ވަނީ ދެނެގަނެވިފައެވެ. އަދި މީގެ ތެރެއިން 26 އިންސައްތަ މީހުންނަށް އައިސީޔޫގައި ފަރުވާ ދެވުނު އިރު މަރުވި މީހުންގެ އަދަދު 4.3 އިންސައްތައަށް އެރިކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ. އަދި މިއީ މި ބަލި ފެތުރެން ފެށުނު ދުވަސްވަރުގައި އެންމެ ފުރަތަމަ ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށް އެއްފަހަރާ ފަރުވާ ދޭން ފެށުނު އިރުކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

މި 138 މީހުންގެ ތެރެއިން 26 އިންސައްތަ މީހުންނަށް އައިސީޔޫގައި ފަރުވާ ދެވުނު އިރު، 34.1 އިންސައްތަ މީހުން ފަރުވާއަށްފަހު ވަނީ ދޫކޮށްލާފައެވެ. 6 މީހަކު މަރުވި އިރު، 61.6 އިންސައްތަ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެވުނެވެ. އަދި ފަރުވާއަށް ފަހު ދޫކުރި މީހުންނަށް 10 ދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދެވުނު ކަމަށްވެއެވެ.

ބަލިވެގެން 138 މީހުންނަށް ވުހާން ހޮސްޕިޓަލުގައި ފަރުވާދެވުނު އިރު، މީގެ ތެރެއިން 57 މީހުން އިންފެކްޓްވީ ހޮސްޕިޓަލްތެރެއިން ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ 17 އާންމު މީހުންނާއި، 40 ސިއްހީ އެހީތެރިންކަމަށެވެ.

40 ސިއްހީ އެހީތެރިންގެ ތެރޭގައި ހިމެނެނީ ސަރޖިކަލް ޑިޕާޓްމަންޓުގެ 7 މީހަކާއި، އެތެރެހަށީގެ ޑިޕާޓްމަންޓްގެ 5 މީހަކާއި، ކެންސަރަށް ފަރުވާދޭ ޑިޕާޓްމަންޓުގެ 5 މީހަކާއި، ހެލްތްކެއަރ ވޯކަރަކާއި، ޖެނެރަލް ވާޑްގައި މަސައްކަތް ކުރި 31 މީހަކާއި، އެމަރޖެންސީ ޑިޕާޓްމަންޓްގެ 7 މީހަކާއި، އައިސީޔޫގައި މަސައްކަތް ކުރި 2 މީހެކެވެ.

މީގެ އިތުރުން ބަނޑުގައި މައްސަލަތަކެއް ދިމާވެގެން ސަރޖިކަލް ޑިޕާޓްމަންޓުގައި 138 މީހުންގެ ތެރެއިން މީހަކަށް ފަރުވާ ދީފައިވާއިރު، އެ ޑިޕާޓްމަންޓުގައި މަސައްކަތް ކުރި 10 ހެލްތްކެއަރ ވޯކަރުން ބައްޔަށް ހުށަހެޅުނު ކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ބަލިމީހުންގެ ގައިން އެހެން ބަލިމީހުންގެ ގަޔަށް އިންފެކްޝަންގެ އަސަރުކޮށްފައިވާ އިރު، ބަލިމީހުންނަށް ފަރުވާދިން ވާޑުގައި އެޑްމިޓްކޮށްފައި ތިބި 4 ބަލި މީހަކު އިންފެކްޓްވިކަމަށް ދިރާސާގައިވަނީ ބުނެފައެވެ. އަދި މި 4 މީހުންގެ ތެރެއިން އެކަކު ނޮވެލް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވީ އެޑްމިޓްކުރި ފަހުން ކަމަށާއި، އޭނާ އައިސޮލޭޓް ކުރި ފަހުން އަނެއް 3 ބަލި މީހުން ވެސް ކޮރޯނާއަށް ޕޮޒިޓިވްވިކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.

މި މީހުންގެ ފަރާތުން ފެނުނު އަލާމާތްތަކުގެ ތެރޭގައި ހުމާއި، ހިކިކޮށް ކެއްސުމާއި، ގައިގައި ރިއްސުމާއި، މާބޮޑަށް ވަރުދެރަވުމާއި، ނޭވާލާން އުނދަގޫވުމާއި، ކެއުމަށް އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ބަލިމީހުންގެ ފަރާތުން ބޭރަށް ހިންގުމާއި ހޮޑުލުން ހިމެނެއެވެ. އެންމެ ގިނައިން ބަލިމީހުން ޝަކުވާކޮށްފައިވަނީ ނޭވާލާން އުނދަގޫވުމުގެ މައްސަލައާއި، ވިންދު ނުވަތަ ހިތުގެ ތެޅުން ދަށްވުމާއި، ޝޮކް ޖެހުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރޯނާވައިރަސް އާއެކު އޭޝިޔާގެ އެތައް މިލިއަން ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ތަޖުރިބާ ކުރަމުންދަނީ

ކޮރޯނާވައިރަސް އާއެކު އޭޝިޔާގެ އެތައް މިލިއަން ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ތަޖުރިބާ ކުރަމުންދަނީ

16 ފެބުރުއަރީ 2020
ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑީ ދޮށީ އުމުރުގެ ފިރިހެނުންނަށް!

ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑީ ދޮށީ އުމުރުގެ ފިރިހެނުންނަށް!

01 ފެބުރުއަރީ 2020
ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް

ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް

31 ޖެނުއަރީ 2020
ކޮރޯނާވައިރަސް: އިނގެނީ ކިހާވަރަކަށް؟

ކޮރޯނާވައިރަސް: އިނގެނީ ކިހާވަރަކަށް؟

29 ޖެނުއަރީ 2020
\"މަސްނުފުރޭ ދަރިފުޅު އަތަށް ނަގައިގެން ކޮރު ޖަހަމުން ދުއްވައިގަތް އިރު ފަހަތުން އައީ 5 ފޫޓުގެ ރާޅެއް\"

"މަސްނުފުރޭ ދަރިފުޅު އަތަށް ނަގައިގެން ކޮރު ޖަހަމުން ދުއްވައިގަތް އިރު ފަހަތުން އައީ 5 ފޫޓުގެ ރާޅެއް"

26 ޑިސެމްބަރު 2019

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު