Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިންނަށް ޙަމަލާދިނުން

ފަތުރުވެރިންނަށް ޙަމަލާދޭނީ ދިވެހި ޤައުމުގެ ޢަދުއްވުން: މެންބަރު ޝަހީމް

9 ފެބުރުއަރީ 2020 | އާދީއްތަ 19:19

ފަތުރުވެރިންނަށް ދިން ހަމަލާއަކީ މާރާމާރީއެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ފެބުރުއަރީ 2020 | އާދީއްތަ 19:19
މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

ރާއްޖޭގެ އިޤްތިސާދު ފަތުރުވެރިކަމަށް ބަރޯސާވާއިރު، ފަތުރުވެރިންނަށް ޙަމަލާދޭނީ ދިވެހި ޤައުމުގެ ޢަދުއްވުން ގޮތުގައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ފަތުރުވެރިންނަށް ދިން ޙަމަލާއަކީ މާރާމާރީ ނޫން ކަމަށާއި، އެއީ ސީދާ ޓެރަރިޒަމްގެ ޙަމަލާތަކެއް ކަމަށެވެ. އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިތުރުން ކަމާބެހޭ މުއައްސަސާތަކުންވެސް އެ މައްސަލަ ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަހީމް އިތުރަށް ވިދާޅުވީ، އެކަމާ ކަމާބެހޭ ފަރާތްތަކުންވެސް މުޢާމަލާތްކުރާނީ އެންމެ ހަރުކަށި ޤާނޫނުތަކުގެ ދަށުން ކަމަށާއި، މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީއާއި، މަޖިލީހުގެ ތަޅުމުންވެސް އެ މައްސަލަ ބަލާނީ ޓެރަރިޒަމްގެ ޢަމަލެއް ގޮތަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޙަމަލާދިން މީހުން ޤައުމުން ފުރައިގެން ގޮސްފި ޙާލަތެއްގައިވެސް ސަލާމަތީ ބާރުތަކަށް ދޭންޖެހޭ އެންމެހައި ބާރުތައް ދީގެން އެފަދަ މީހުން ހޯދައި، ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ދޭންޖެހޭ ހަރުކަށި އަދަބު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް އެހެން ވިދާޅުވެފައިވާއިރު، ފަތުރުވެރިނަށް ޙަމަލާދިނުމަށް ރާވާފައިވަނީ ވަރަށް ފުޅާކޮށް ކަމަށާއި، އެކަމުގައި އުޅުނު އިސް މީހާ ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިއަކާއި ރާއްޖޭގައި މަސައްކަތް ކުރާ އޮސްޓްރޭލިއާ އަދި ޗައިނާގެ މީހަކަށް ވަޅިން ހަމަލާދިން މި މައްސަލަ ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އެގޮތުން ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ޤައުމެއްގައި މިފަދަ ޙާދިސާއެއް ހިނގައި ބައިނަލްއަޤުވާމީ މީޑިއާތަކުގައި ޓެރަރިސްޓް ޖަމާޢަތް، އައިސިސްއިން މިކަމުގެ ޒިންމާ ނަގާފައިވާކަން ރިޕޯޓުކޮށްފައިވުމާއި ގުޅިގެން ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް ދާއިރާގެ މާހިރުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

2

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

3

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް