Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޝާހިދު

ކޮމަންވެލްތާއި އިނގިރޭސިވިލާތުގެ އިސްވެރިންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

9 ފެބުރުއަރީ 2020 | އާދީއްތަ 07:50

ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދެވިދާނެ އެހީތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި

އަމަން ހަލީމް
އަމަން ހަލީމް | 9 ފެބުރުއަރީ 2020 | އާދީއްތަ 07:50
ކޮމަންވެލްތާއި އިނގިރޭސިވިލާތުގެ އިސްވެރިންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވުން

ކޮމަންވެލްތާއި އިނގިރޭސިވިލާތުގެ އިސްވެރިންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވުން

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި، އެޖަމާޢަތުގެ އެހެން ބައެއް އިސްވެރިންނާއިއެކު މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރަކަށް އަނެއްކާވެސް ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ދިވެހި ދިދަ ނެންގެވުމަށާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ދިދަ މަލްބަރޯ ހައުސްގެ ބަގީޗާގައި ނެންގެވުމަށްފަހު ކޮމަންވެލްތުގެ ބޯޑް އޮފް ގަވަރނަސް އާއި ބައްދަލުކުރައްވާފައެވެ. އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރައްވައި، ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދެވިދާނެ އެހީތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

Advertisement - newsAdvertisement

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ސްކޮޓްލަންޑް ވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގެ ނަން އެމްބަސީއިން ހައިކޮމިޝަނަށް ބަދަލުވުމާއި ގުޅިގެން ނަންބޯޑު ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ކޮމަންވެލްތު ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލް އޭން ގަލަހާރްއާއި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކޮމަންވެލްތު ފައުންޑޭޝަނާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ރޯޔަލް ކޮމަންވެލްތު ސޮސައިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއަރ ޑރ. ލިންޑާ ޔޫ އާއިވެސް މިނިސްޓަރ ޝާހިދު ލަންޑަންގައި ބައްދަލުކުރައްވައި، ކޮމަންވެލްތު ސޮސައިޓީއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީ.ޕީ.އޭ)ގެ ސެކްރެޓަރީ ޖެނެރަލް ޖާވިސް މަތިއާ އާއި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގަތެވެ. ސީ.ޕީ.އޭ ގެ މެމްބަރަކަށް ރާއްޖެ ވުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާއިރު، ސީ.ޕީ.އޭ ގެ އެކްސްކޯއިން އަންނަ އެޕްރީލް މަހު ރާއްޖޭގެ މެމްބަރޝިޕްއަށް ރުހުން ދޭނެއެވެ.

ކޮމަންވެލްތުގެ އިސްވެރިންގެ އިތުރުން އިނގިރޭސި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިންޓަރނޭޝަނަލް އެންވާރަމަންޓް އެންޑް އެނިމަލް ވެލްފެއަރ ލޯޑް ޒެކް ގޯލްޑްސްމިތުއާއި ބައްދަލުކުރައްވައި، ކުރިއަށް އޮތް ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާއި، މޫސުމީ ބަދަލުތަކާއި ބެހޭ ބައިނަލްއަޤްވާމީ ސަމިޓް ނުވަތަ ކޮޕް-26 އާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރ ފޮރ ދަ ކޮމަންވެލްތު، ޔޫ.އެން އެންޑް ސައުތު އޭޝިއާ ލޯޑް އަހްމަދު އޮފް ވިމްބެލްޑަންއާއި ވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. ރާއްޖެ ކޮމަންވެލްތަށް ވަނުމަށް ކުރި ދަތުރުގައި މިނިސްޓަރ ޝާހިދު އެކި ފަހަރުމަތިން ލޯޑް އަހްމަދު އާއި ބައްދަލުކުރައްވާފައިވެއެވެ. މިފަހަރުގެ ބައްދަލުވުމުގައިވެސް ރާއްޖެ ކޮމަންވެލްތަށް އަލުން ވަނުމާއި ގުޅޭ ގޮތުންނާއި، އިނގިރޭސިވިލާތާ ދިވެހިރާއްޖެއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް އާއި، މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެމ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރަންދީން ބައިވެރިވެވަޑައިގަތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް