Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫމަޑި މައްސަލަ

ނޫމަޑި މައްސަލަ: މުއިއްޒުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

ދައުލަތުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު ދޭން ޖެހުނު މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2020 | ބުރާސްފަތި 13:37
ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އަންސްތާލްތްއަށް ދައުލަތުން ބަދަލު ދޭންޖެހުނު މައްސަލާގައި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް ތަހުގީގު ހިންގާދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އަންސްތާލްތްއަށް ބަދަލު ދިނުމަށް ނިންމެވި މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހަޅައި މަޖިލީހުގައި ބަހުޘްކުރެއްވުމަށްފަހު އެރިޕޯޓު ފާސްކޮށްފައިވަނީ 60 މެންބަރުންގެ އިއްތިފާގުން ނެވެ.

Advertisement - newsAdvertisement

މާލިއްޔަތު ކޮމެޓީގެ އެރިޕޯޓްގައި ވަނީ، ނޫމަޑި ރިސޯޓާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ހިނގާފައިވާ އެންމެހާ މުއާމަލާތްތައް ބަލައި ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ އިތުރުން އޮޑިޓަރ ޖެނެރަލަށް ދަންނަވައި އެ ކަމަށް އިހުމާލުވާ ފަރާތްތައް ފަރުދީގޮތުން ޒިންމާކުރުވާ، އެ ފަރާތްތަކުގެ ކިބައިން ދިވެހި ސަރުކާރަށް ފައިސާ އަނބުރާ ހޯދުމަށް ދެންނެވުމަށެވެ.

މީގެއިތުރުން އެރިޕޯޓުގައި ވަނީ، ކުރީގެ ހައުސިންގ މިނިސްޓަރު މުއިއްޒު، އާބިޓްރޭޝަނަށް ހުށަހެޅުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވާ މައުލޫމާތުތައް ލިބިފައިވަނީ ހައުންސިންގ މިނިސްޓަރުގެ ހައިސިއްޔަތުންކަމަށް ބެލެވޭތީއާއި، މުއިއްޒު މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ބެލެވޭތީ އާއި، އަދި މިގޮތައް އަމަލުކޮށްފައިވަނީ އަމިއްލަފުޅަށް ނާޖައިޒު މަންފާއެއް ހާސިލު ކުރެއްވުމުގެ މަޤްސަދުގައިކަމަށް ބެލެވޭތީ އެކަންކަން ތަހުގީގު ކުރުމަށް ފުލުހަށް ހުށަހެޅުމަށެވެ.

މުއިއްޒުގެ އެ ބަޔާނަކީ ދިވެހި ދައުލަތާ ދެކޮޅަށް، އަދި ނޫމަޑިއަށް މައްސަލަ ކާމިޔާބު ވުމުގައި ބޭނުންކުރެވޭނެ އެންމެ މުހިއްމު ހެކި ކަމަށް މާލިއްޔަތު ކޮމެޓީގެ ބައެއް މެންބަރުން ވިދާޅުވެފައި ވެއެވެ. އަދި ޚުދު މުއިއްޒު ވެސް ވަނީ ނޫމަޑި މައްސަލައަކީ ދިވެހި ދައުލަތަށް ކާމިޔާބުވާން ދިޔަ މައްސަލައެއް ކަމަށް ކޮމެޓީގައިވެސް ވިދާޅުވެފަ އެވެ. ނަމަވެސް މުއިއްޒު ތުހުމަތު ކުރައްވަނީ އެމައްސަލާގައި ކަންކަން އެނބުރިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެކަމުގައި އުޅުއްވި ބައެއް އިސްވެރިންގެ އަމަލުތަކުގެ ސަބަބުން ވީކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވާފަ އެވެ.

މުއިއްޒުގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގުމަށް އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ވެސް ވަނީ މިދިއަ ޑިސެންބަރު މަހު ފުލުހުންނަށް ހުށަހަޅާފަ އެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލުކުރި ދެ އެއްބަސްވުމެއްގެ މައްސަލަ ނޫމަޑިން ވަނީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައެވެ. އެމައްސަލަތަކުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (849،750،000ރ) ދައްކަން ޖެހުނެވެ. އެފައިސާ މިސަރުކާރުން ވަނީ ދައްކާފައެވެ.

އެއްބަސްވުން އުވާލި މައްސަލަތަކުގައި ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު