Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންވެލްތު

ރާއްޖެ ކޮމަންވެލްތުގެ މެންބަރަކަށް ވުމާއި ގުޅިގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް މިނިސްޓަރ ވަޑައިގަންނަވައިފި

ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ފެބުރުއަރީ 2020 | ބުދަ 08:55
ރާއްޖެ ކޮމަންވެލްތުގެ މެމްބަރަކަށް ވުމާއި ގުޅިގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފޮރިން މިނިސްޓަރ ފުރާވަޑައިގަންނަވަނީ

ރާއްޖެ ކޮމަންވެލްތުގެ މެމްބަރަކަށް ވުމާއި ގުޅިގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފޮރިން މިނިސްޓަރ ފުރާވަޑައިގަންނަވަނީ

ރާއްޖެ ކޮމަންވެލްތުގެ މެންބަރަކަށް ވުމާއި ގުޅިގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ފުރާވަޑައިގަންނަވައިފިއެވެ.

ބުދަ ދުވަހު މިނިސްޓަރ ވަޑައިގަންނަވާފައިވާއިރު، ދިދަ ނެގުން އޮންނާނީ ކޮމަންވެލްތު ސެކްރެޓެރިއޭޭޓްގައި ކަމަށާއި، މި ދަތުރުފުޅުގައި ކޮމަވެލްތުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އިސްވެރިންނާ މިނިސްޓަރ ބައްދަލުކުރައްވައި، ކޮމަންވެލްތާއި، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އަރުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮމަންވެލްތުގެ 54 ވަނަ މެންބަރު ޤައުމުގެ ގޮތުގައި ރާއްޖެ އަލުން އެޖަމްޢިއްޔާއަށް ވަނުމާ ގުޅިގެން ލަންޑަނުގެ މަލްބަރޯ ހައުސްގައި ރާއްޖޭގެ ދިދަ ނެގުން އޮންނާނީ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ. އަދި އެރަސްމިއްޔާތަށްފަހު މިނިސްޓަރ ޝާހިދު ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވަޑައިގެން، އެތަނުގެ ނަންބޯޑު ރަސްމީކޮށް ބަދަލުކޮށްދެއްވާނެއެވެ.

ކޮމަންވެލްތުގެ މެންބަރު ޤައުމަކަށް ރާއްޖެ އަލުން ވުމާއި ގުޅިގެން، މެންބަރު އެހެން ޤައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް އެމްބަސީތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލުވެގެންދާނެއެވެ.

ކޮމަންވެލްތުން ވަކިވުމަށްފަހު، އަލުން ރާއްޖެ ކޮމަންވެލްތުގެ މެންބަރު ޤައުމަކަށް ވެފައިވަނީ 1 ފެބްރުއަރީ 2020 ގައެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ވަޢުދުފުޅެކެވެ. އަލުން ކޮމަންވެލްތަށް ވަނުމަށް ދިވެހިރާއްޖެއިން ރަސްމީކޮށް ހުށަހަޅާފައިވަނީ 6 ޑިސެމްބަރު 2018 ވަނަ ދުވަހުއެވެ. އަދި ކޮމަންވެލްތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހު ރާއްޖެއަށް އެސެސްމަންޓް ޓީމުތަކެއް ފޮނުވިއިރު، އެޕްރީލް 2019ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމަށް އިލެކްޝަން އޮބްޒާވަރ މިޝަންއެއްވެސް ރާއްޖެއަށް ފޮނުއްވިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، މެދުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ އާޒިމް މިނިސްޓަރ ޝާހިދުގެ އަރިހުގައި ލަންޑަނަށް ދަތުރުފުޅުކުރައްވައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު