Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާން: 2020

ކޯޓުތަަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މިއަހަރު ހުށަހެޅޭނެ: ރައީސް

ޖުޑީޝަރީ އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ގާއިމު ކުރަން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2020 | ހޯމަ 07:04
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލެއް، ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ހުށަހެޅުމަށް މިއަންނަނީ މަސައްކަތް ކުރައްވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަަމަ ޖަލްސާ، ހޯމަ ދުވަހު ބާއްވާފައިވާއިރު، މިޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާދެއްވަމުން ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔާތް ކުރުމާއި އިޖުތިމާއީ އަދާލަތު ގާއިމު ކުރުމަށް ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ގާއިމު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ މަޖިލިސްގެ ދައުރު ވަރަށް ފުރިހަމައަށް ލިބެމުންދާ ކަމަށެވެ.

އެގޮތުން މިދިއަ އަހަރުވެސް ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ކުރެވިފައިވާއިރު، ރައްޔިތުންގެ އިތުބާރު ހިފޭ ޖުޑީޝާރީއެއް ގާއިމު ކުރުމަށް މިއަހަރުވެސް ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަވާނެ ކަމަށެވެ.

އެގޮތުން ރައީސް ޞާލިހުގެ ރިޔާސީ ބަޔާނުގައި ދެ ގާނޫނެއް ފާހަގަ ކުރައްވާފައި ވެއެވެ. އެއީ ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މިދިއަ އަހަރުވެސް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ތިއްބަވާ ފަނޑިޔާރުންގެ އަދަދު، ކުރިން އެގާނޫނުގައި ބަޔާން ކޮށްފައިވާގޮތަށް، އުއްތަމަ ފަނޑިޔާރާއެކު ހަތް ފަނޑިޔާރުން ތިއްބަވާގޮތަށް ކަނޑައެޅިގެންދިޔަ އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރައްވާ އުއްތަމަ ފަނޑިޔާރުކަމަށް އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރެއްވުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ތިރިކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ހުރިހާ ފަނޑިޔާރުން ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. ނަމަވެސް ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރެއްވުމުގެ ކުރިން ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މިވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުން ނެވެ. އަނެއް ދެ ފަނޑިޔާރުން އައްޔަން ކުރެއްވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވީ ކުރިންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު އަދާކުރެއްވި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު