Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެމްޑީޕީ ޕްރައިމަރީ: އެތަށްހާސް މެމްބަރުންނާއެކު، ކުރިޔަގެންދިޔަ ފުރިހަމަ ސިޔާސީ ހަރަކާތެއް

ޕްރިމަރީގައި ވޯޓުލުމަށް އެތަށް ހާސް ބަޔަކު ނިކުމެފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2020 | އާދީއްތަ 14:25
އެމްޑީޕީގެ ޕްަރއިަމރީގެ ތެރެއިން

އެމްޑީޕީގެ ޕްަރއިަމރީގެ ތެރެއިން

ސިޔާސީ މައިދާނުގައި އެންމެ ކުރީގައި އަބަދުވެސް ފިޔަޖަހާ އެއް ޕާޓީއަކީ އެމްޑީޕީކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިއަދުގެ ހިނގަމުން އަންނަ ގިނަ ބައިވަރު ސިޔާސީ ހަރަކާތްތަކަކަކީ އެމްޑީޕީން ފެށި ހަރަކާތްތަކެވެ. ސިޔާސީ ޕާޓީތައް، ހޭލައްވާލާ ބަޔަކީ އަބަދުވެސް އެމްޑީޕީ އެވެ. ޕްރައިމަރީތަކުން ފެށިގެންގޮސް، ފުރިހަމަ ކެމްޕޭންތައް ކުރަން ދަސްކޮށްދިނީވެސް އެމްޑީޕީންނެވެ. ވައުދުވުމާއި، މެނިފެސްޓޯ އެކުލަވާލުމާއި، ދޮރުން ދޮރަށް ހިނގުމާއި، ރައްޔިތުންގެ ހިޔާލު ހޯދުން ފަދަ ކަންކަމަކީވެސް އެމްޑީޕީގެ ބަނޑުން ވިހެއި ދަރިންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

މަހުޖަނުން ހިންގަމުން ގެންދިޔަ ޕާޓީތަކާއި، ހުދުމުތާރު ވެރިން ހިންގަމުން ގެންދިޔަ ޕާޓީތަކުން އިަހަކަށް ދުވަހަކާއި ހަމައަށްވެސް ގަބޫލުކުރަމުން އައި ހަޤީޤަތްތަކަކީ ޕާޓީގެ އެތެރޭގެ ޕްރައިމެރީ ބޭއްވުމަކީ ޕާޓީތައް ބައިބައިވާނެކަމެއްކަމެވެ. އެއީ ކުރަން ހެޔޮވާވަރުގެ ކަންކަން ނޫންކަމަށްވެސް އެ ބޭފުޅުން ދެކިވަޑައިގެންނެވި އެވެ. ބޭބޭފުޅުންގެ ޕާޓީތައް ހިންގަމުންވެސް ގެންދިޔައީ މި ބުނެވުނު ގޮތްތަކަށެވެ.

އެކަންކަން ބަދަލުވެ، ޕްރައިމެރީ ބޭއްވުމުގެ ޝައުގުވެރިކަން ބޮޑުކޮށްދީންވެސް އެމްޑީޕީންނެވެ. މިއަދުގެ ހަޤީޤަތަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ޕާޓީތަކުން ޕްރައިމަރީތައް ބާއްވާކަންމެވެ. ޕީޕީއެމަކަސް، ޖުމްހޫރީ ޕާޓީއަކަސް މިއަދު ޕްރައިމަރީ ބާއްވާނެ ވާހަކަތައް ދައްކަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާއިރު، ގިނަ ޕާޓީތައް އަދިވެސް އުޅެނީ ފިނިހަކަ ދުވެލީގަ އެވެ. އެކަމުގައި އެމްޑީޕީ އެތަށް ގުނައެއް ކުރީގައި އުޅޭއިރު، ކެމްޕޭނަށް މެނިފެސްޓޯ އާއި، ކައުންސިލްތަކުން ކުރިއަށްގެންދާނެ ޕްރޮޖެކްޓުތައްވެސް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ރައްޔިތުންގެ ގާތަށް ދޮރުން ދޮރަށް ހިނގާ މައުލޫމާތުތައްވެސް އެއްކޮށްފި އެވެ. އެންމެފަހުން ހުކުރު ދުވަހު ޕްރައިމަރީ ބާއްވައި، ޓިކެޓު ލިބުނު ފަރާތްތައްވެސް ވަނީ ކަނޑައަޅާފަ އެވެ.

ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ޕްރައިމަރީއަކީ މި ފަހުން އެމްޑީޕީން ބޭއްވި އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ޕްރައިމަރީ އެވެ. ޕްރައިމަރީ ބާއްވަމުންގެންދިޔަ ވަގުތު މުޅު މާލެ ތެރެޔަށް ބަލާލިނަމަވެސް ފެނުނީ އެ މަންޒަރު އެވެ. ވޯޓުލުމަށް އެތަށް ހާސް މެމްބަރުންނެއް ނިކުމެ، ބޮޑެތި ކިއޫތައް ހަދާލީ އެމްޑީޕީން އަންދާޒާކުރި މިންވަރަށްވުރެވެސް ބޮޑުކޮށެވެ. ވޯޓިން ސްޓޭޝަންތައް ފުރާލުމުން، އެތަކެއް ހާސް އައު ވޯޓު ކަރުދާހާއި، ވޯޓު ފޮށިތައް އެމްޑީޕީއަށް ބަހައްޓަންޖެހުނު އެވެ. އެރި ފޯރީގައި ހަމަނުޖެހުންތައްވެސް ހިނގި އެވެ.

ހިޔާލު ތަފާތުވުންތައް ފިނިކުރުމަށް ކުރަންޖެހުނު މަސައްކަތަކީވެސް ޕާޓީއަށް ފަސެހަ މަސައްކަތަކަށްވެފައެއް ނުވެ އެވެ. ވަކި ހިސާބަކުން ބައެއް ދާއިރާތަކުގެ ވޯޓު ބާތިލްކުރަންޖެހުނުނަމަވެސް، ހުކުރު ދުވަހުގެ ޕްރައިމަރީއާއިއެކު އެމްޑީޕީން އަނެއްކާވެސް ވަނީ ސިޔާސީ މައިދާނުގައި ސާފު މަންޒަރެއް ދައްކުވައިދީފަ އެވެ. ޕާޓީގެ މެމްބަރުންގެ ބަހަކީ ޕާޓީއަށް އެންމެ މުހިންމު ބަސްކަމުގައި ނިންމާ، ޕާޓީގެ ކަންކަން ރޭވުމުގައި ޕާޓީގެ މެމްބަރުންގެ ފުރިހަމަ ޝާމިލްވުމާއެކު، މިއަދުގައިވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީކަން ވަނީ ޕާޓީގެ ޕްރައިމަރީގެ ތެރެއިން ހާމަވެގެންގޮސްފަ އެވެ.

އެމްޑީޕީގެ ޕްރައިަމރީއާއެކު އިދިކޮޅުންވެސް މިއަދު ގަބޫލުކުރަންޖެހޭނެ އެއް ހަޤީޤަތަކީ ޕްރައިމަރީ ބޭއްވުމަކީ ޕާޓީ ބައިބައިވާކަމެއް ނޫން ކަމެވެ. އެއީ ޕާޓީ އިތުރަށް ފުރިހަމަވެ، ޕާޓީގެ ސިޔާސީ ފޯރި ގަދަކޮށްލާކަމެކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟

އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟

18 ފެބުރުއަރީ 2018
ޕީޕީއެމް ބޭނުންވަނީ ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓެއް ވާދަ ނުކުރުން؟!

ޕީޕީއެމް ބޭނުންވަނީ ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓެއް ވާދަ ނުކުރުން؟!

08 ޖެނުއަރީ 2018
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު