Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރިވަރުންގެ ހެނދުނު ނާސްތާ

ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ފޯރުކޮށްދޭތީ، ޝަރީފަށް އެކަންވީ ބޮޑު އިސްރާފަކަށް!

1 ފެބުރުއަރީ 2020 | ހޮނިހިރު 07:18

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވަނީ ހެނދުނުގެ ނާސްތާ ފޯރުކޮށްދެމުންދާތީ، ދަރިވަރުން ކިޔެވުމަށް ދޭ ސަމާލުކަން ވެސް އިތުރުވެފައިވާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ފެބުރުއަރީ 2020 | ހޮނިހިރު 07:18
ހެނދުނުގެ ނާސްތާގައި ދަރިވަރުން

ހެނދުނުގެ ނާސްތާގައި ދަރިވަރުން

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއަކީ ތަޢުއުލީމީ ނިޒާމުގެ ތެރެއިން މިސަރުކާރުން ކުރާ އެންމެ ބޮޑު އިސްރާފުކަމަށް އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް-ޕީއެންސީގެ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިން އައު ކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނުކުރާ ކަމަށާއި ނަމަވެސް އާ ކަމެއްގެ ގޮތުގައި މިސަރުކާރުން ފެށި، ހެނދުނުގެ ނާސްތާ ޕްރޮގުރާމް ކުރިއަށްދާ ކަމަށެވެ. އަދި ހެނދުނުގެ ނާސްތާ ޕްރޮގުރާމަކީ ތައުލީމީ ނިޒާމުގެ ތެރެއިން މިހާތަނަށް ކުރާ އެންމެބޮޑު އިސްރާފުކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ދަރިވަރުންނަށް ފޯރުކޮށްދޭ ކާނާއަކީ ޞިއްޙީ ގޮތުން އެންމެ ރަނގަޅު ކާނާއަށް ނުވާނަމަ އެކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.

ޝަރީފް މިހެން ވިދާޅުވިއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގަައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ހެނދުނު ސެޝަންގެ ދަރިވަރުން ސްކޫލަށް އަންނަނީ އެއްވެސް އެއްޗެއް ނުކައި ހުސްބަނޑާ ކަމަށްވާތީ، ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ކުޑަކަން ފާހަގަ ކުރެވޭ ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެމަނިކުފާނު ވަނީ ދަރިވަރުންނަށް ހެނދުނު ނާސްތާ ދިނުން މުހިއްމުކަމެއް ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް އެކަމާމެދު ވާހަކަފުޅު ދައްކަވާފައިއެވެ. އަދި ރައީސް ޞާލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރުގައި މިވަނީ ހެނދުނުގެ ނާސްތާ ޕްރޮގުރާމް ފަށާ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ޕްރޮގުރާމް ހިންގަން ނިންމާފައެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހެނދުނުގެ ނާސްތާ ޕްރޮގުރާމް ދަނީ ހިންގަމުންނެވެ.

މިއަހަރުގެ ދިރާސީ އާ އަހަރގެ ކިޔެވުން ފެށި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު އަލީ ވިދާޅުވެފައިވަނީ، ހެނދުނުގެ ނާސްތާ ޕްރޮގުރާމަކީ ކާމިޔާބު ޕްރޮގުރާމެއް ކަމަށާއި ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ފޯރުކޮށްދެމުންދާނީ އެކަމުގެ ފައިދާ ދަރިވަރުންގެ ކިޔެވުމަށް ދޭ ސަމާލުކަން ވެސް އިތުރުވެފައި، ކިޔެވުމަށް ދޭ ސަމާލުކަމާއި ޝައުޤުވެރިކަންވެސް ދަރިވަރުންގެ ކިބައިން ފެންނަމުންދާކަމަށެވެ.

ދަރިވަރުންނަށް ފޯރުކޮށްދޭ ހެނދުނުގެ ނާސްތާގައި ފޯރުކޮށްދޭ ކާނާއަކީ ވެސް ޞިއްޙީ ގޮތުން ރައްކާތެރި، އަދި ފައިދާހުރި ކާނާ ކަމަށްވާއިރު، އަދި އެކަމުގެ ސަބަބުން ދަރިވަރުން ކިޔެވުމަށްދޭ ސަމާލުކަން އިތުރުވަމުންދާކަން ސަރުކާރުން ފާހަގަ ކުރަމުންދާއިރު، މިކަމަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން ސަރުކާރުން ކުރާ އެންމެބޮޑު އިސްރާފުކަމަށް އިދިކޮޅު މެންބަރު އާދަމް ޝަރީފް ދެކެވަޑައިގަންނަވާ ސަބަބު އޭނާ ހާމަ ކުރައްވާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2018

ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!

13 ނޮވެމްބަރު 2018
ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
10 އޮކްޓޯބަރު 2018

އަތޮޅުގެ ސްކޫލުތަކުގެ އެންމެ މޮޅު ދަރިވަރުންނަށް ހދ އަތޮޅު ކައުންސިލުން ޓްރޮފީ ދެނީ

10 އޮކްޓޯބަރު 2018
އަތޮޅުގެ ސްކޫލުތަކުގެ އެންމެ މޮޅު ދަރިވަރުންނަށް ހދ އަތޮޅު ކައުންސިލުން ޓްރޮފީ ދެނީ
02 އޯގަސްޓު 2018

މިލަންދޫ ސްކޫލުން ދަރިވަރުންނަށް ހަވާލު ކުރި ޓެބްލެޓް މަހެއް ފަހުން އަތުލަން ފަށައިފި

02 އޯގަސްޓު 2018
މިލަންދޫ ސްކޫލުން ދަރިވަރުންނަށް ހަވާލު ކުރި ޓެބްލެޓް މަހެއް ފަހުން އަތުލަން ފަށައިފި
19 ޖޫން 2018

ދަރިވަރުންނަށް ޓެބްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

19 ޖޫން 2018
ދަރިވަރުންނަށް ޓެބްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފި
18 ޖޫން 2018

ދަރިވަރުންނަށް މިއަދު ޓެބްލެޓް ބަހަން ފަށާނެ

18 ޖޫން 2018
ދަރިވަރުންނަށް މިއަދު ޓެބްލެޓް ބަހަން ފަށާނެ
21 މެއި 2018

އީސަގެ އިންޒާރު ޝަރީފަށް: އިންތިހާބާ ކުޅެން ނޫޅޭ!

21 މެއި 2018
އީސަގެ އިންޒާރު ޝަރީފަށް: އިންތިހާބާ ކުޅެން ނޫޅޭ!
29 ނޮވެމްބަރު 2017

މަތީ ތައުލީމަށް 566 ދަރިވަރުންނަށް ލޯނު ދޫކޮށްފި

29 ނޮވެމްބަރު 2017
މަތީ ތައުލީމަށް 566 ދަރިވަރުންނަށް ލޯނު ދޫކޮށްފި
13 ނޮވެމްބަރު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާ ގުޅޭ ވެބްސައިޓެއް ތައާރަފްކޮށްފި

13 ނޮވެމްބަރު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާ ގުޅޭ  ވެބްސައިޓެއް ތައާރަފްކޮށްފި
28 މާރިޗު 2017

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް