Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2019

ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!

13 ނޮވެމްބަރު 2018 | އަންގާރަ 09:30

ހެނދުނުގެ ނާސްތާ އަށް 50 މިލިއަން

| 13 ނޮވެމްބަރު 2018 | އަންގާރަ 09:30
އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުން: އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ހަރަދުގައި ޑިގްރީ އަށް ކިޔެވޭނެ

އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުން: އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ހަރަދުގައި ޑިގްރީ އަށް ކިޔެވޭނެ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ގޮތަށް، ރާއްޖޭގައި ތިބެގެން ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވުމުގެ ފުރުސަތު ހަމަޖައްސެއްސުމުގެ އިތުރުން، މުޅިން އާ ސިޔާސަތެއްގެ ގޮތުގައި ދަރިވަރުންނަށް ހިލޭ ނާސްތާ ދިނުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުން، ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔުވައިދިނުމުގެ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 50 މިލިއަން ރުފިޔާއެވެ. އަދި ހެނދުނުގެ ނާސްތާ އަށް ވެސް ކަނޑައަޅާފައި ވަނީ 50 މިލިއަން ރުފިޔާއެވެ.

ސަރުކާރުގެ ހަރަދުގައި ނާސްތާ ދިނުމަށް ބަޖެޓްކޮށްފައި ވިޔަސް، އެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުން ހާމައެއް ނުކުރެއެވެ.

ދިވެހިރާއްޖޭގައި ތިބެގެން ދިވެހިންނަށް ފުރަތަމަ ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލަ ދެއްވާނެ ކަމަށް، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ވައުދުވެވަޑައިގެންފައެވެ.

"ފުރަތަމަ ޑިގްރީއާ ހަމައަށް ދިވެހިރާއްޖެއިން ކިޔެވުމަށް ހިނގާ ޚަރަދު ދައުލަތުން ހަމަޖައްސައިދިނުން ކޮންމެ ދިވެއްސަކަށް ވެސް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީ ހާސިލްކުރާ ފަރާތްތަކަށް ކިޔެވުމަށް ހިނގާ ޚަރަދު (ޓިއުޝަން ފީގެ ޚަރަދު) ދައުލަތުން ހަމަޖެއްސުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ،" ބަޖެޓް ފޮތުގައިވެއެވެ.

ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމަށް 2019 ވަނަ އަހަރަށް 50 މިލިއަން ރުފިޔާ ކަނޑައަޅާފައި ވިޔަސް، އެ އަދަދު 2020 އަދި 2021 ގައި 175 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން އަހަރަކު 60 އެމްބީބީއެސް ޑޮކްޓަރުން އަދި 25 ސްޕެޝަލިސްޓް ޑޮކްޓަރުން ބިނާކުރެވޭނެ ވަރަށް ސްކޮލަރޝިޕްތައް އަންނަ އހަރު ހުޅުވާލުމަށް ނިންމާފައިވާއިރު، އެކަމަށް ބަޖެޓްގައި 24.7 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ޖީސީއީ އޭލެވެލްގެ 1 ވަނަ ލިބޭ ހުރިހާ ދަރިވަރުންނަށް ހިޔާރުކުރާ ތަނަކުން ކިޔެވުމުގެ ފުރުސަތު ދިނުމަށްޓަކައި، ޕްރެޒިޑެންޓް ސްކޮލަރޝިޕް ސްކީމަށް 40 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ކޮންމެ ދަރިވަރަކަށް ކިޔެވުމުގެ ޚަރަދާއި ސްޓައިޕެންޑް ލިބޭނެއެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ދައުލީމީ ދާއިރާއަށް ޖުމުލަ 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 2.9 ބިލިއަން ރުފިޔާއަކީ އެ ދާއިރާގެ ރިކަރެންޓް ހަރަދެވެ.

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2017

ޢުމްރާގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ އިމާމެއް ހައްޖު ކޯޕަރޭޝަނުން ހޯދަނީ

08 ނޮވެމްބަރު 2017
ޢުމްރާގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ އިމާމެއް ހައްޖު ކޯޕަރޭޝަނުން ހޯދަނީ
23 އޮކްޓޯބަރު 2017

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކޮށްދިނުމުގެ ފުރުސަތު އެމްޕީއެލް އިން ހުޅުވާލައިފި

23 އޮކްޓޯބަރު 2017
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކޮށްދިނުމުގެ ފުރުސަތު އެމްޕީއެލް އިން ހުޅުވާލައިފި
05 އޮކްޓޯބަރު 2017

ޓުއަރިސްޓް ޕޮލިސްއަށް ހިލޭ ގުޅޭ ނަމްބަރު 1478 ޢިފްތިތާޙް ކޮށްފި

05 އޮކްޓޯބަރު 2017
ޓުއަރިސްޓް ޕޮލިސްއަށް ހިލޭ ގުޅޭ ނަމްބަރު 1478 ޢިފްތިތާޙް ކޮށްފި
22 އޯގަސްޓު 2017

ރަސްރަނި ބަގީޗާ އަށް ވަނުން ދިވެހިންނަށް ހިލޭ، ބިދޭސީން އަތުން ފީއެއް ނަގަނީ!

22 އޯގަސްޓު 2017
ރަސްރަނި ބަގީޗާ އަށް ވަނުން ދިވެހިންނަށް ހިލޭ، ބިދޭސީން އަތުން ފީއެއް ނަގަނީ!
14 އޯގަސްޓު 2017

މުޅި އަހަރު ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތެއް އުރީދޫއިން ހުޅުވާލައިފި

14 އޯގަސްޓު 2017
މުޅި އަހަރު ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތެއް އުރީދޫއިން ހުޅުވާލައިފި
30 މެއި 2017

ރިޕޯޓް ދިނުމާއި ހަމައަށް ކިޔަވައިދިނުމަށް އެންގުމުން ޓީޗަރުންގެ ކަންބޮޑުވުން

30 މެއި 2017
ރިޕޯޓް ދިނުމާއި ހަމައަށް ކިޔަވައިދިނުމަށް އެންގުމުން ޓީޗަރުންގެ ކަންބޮޑުވުން
27 މެއި 2017

ސޯޝަލް މީޑިޔާ އެޕްތައް ހިލޭ ބޭނުން ކުރެވޭނެ ގޮތަށް ރޯދަ ޕްރޮމޯޝަން ފަށައިފި

27 މެއި 2017
ސޯޝަލް މީޑިޔާ އެޕްތައް ހިލޭ ބޭނުން ކުރެވޭނެ ގޮތަށް ރޯދަ ޕްރޮމޯޝަން ފަށައިފި
27 މާރިޗު 2017

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

27 މާރިޗު 2017
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ  ޕްރޮގްރާމެއް ފަށައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް