Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރު "ސްލޯވ" ވުމުގެ ޒިންމާ ޖޭޕީން އުފުލަން ޖެހޭ!

ސަރުކާރު ސްލޯވަނީ ޖޭޕީގެ ސްލޮޓުތަކުގައި ތިބި ވަޒީރުންގެ ދޯހަޅިކަމުން!

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2020 | ބުދަ 14:32
ޖުމްހޫރީ ޕާޓީއަށް ވަތް ކުރީ ސަރުކާރުގެ ބައެއް އިސް ފަރާތްތައް

ޖުމްހޫރީ ޕާޓީއަށް ވަތް ކުރީ ސަރުކާރުގެ ބައެއް އިސް ފަރާތްތައް

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވެރިކަމަށް އައީ ކޯލިޝަނަކާއެކު ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވެގެންނެވެ. ނަމަވެސް ވައުދުތައް ފުއްދުމުގައި ކޯލިޝަނުން އެއްބާރުލުން ނުލިބޭ ވާހަކައަކީ މިއަދު އާ ވާހަކައަކަށް ނުވެއެވެ. ކޯލިޝަން ތެރޭގައި ތިބެގެން މަގާމާއި ވެރިކަމާއި އަދި އެކަކު އަނެކަކުގެ ބޮލަށް ކަންކަން "ބިންދާލުމުގެ" ކަންކަން އޮތީ އިންތިހާގައެވެ.

ކޯލިޝަންގެ ތެރެއިން އެންމެ ކޯޅުން ބޮޑީ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއާއި، ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީއެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ދޭތެރެ ދޭތެރެއިން، ދެ ޕާޓީގެ މެދުގައި ބަދަލުކޮށްލާ ހަމަލާތަކުގެ ވާހަކައެވެ. ކެބިނެޓާއި އެހެނިހެން މަގާމުތަކުގައި ކޯލިޝަންގެ އެކިއެކި ބޭފުޅުން ތިބޭ އިރު، މަސައްކަތް "ސްލޯވް" އެތައް ތަނެއް އެބަހުއްޓެވެ.

ދާދިފަހުން ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީގެ ރައީސް އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިވަނީ ކޯޅުމުގެ އައު ސަފުހާއެއް ފަށާފައެވެ. ގާސިމް ދެއްކެވި ވާހަކައަށް ކޮންމެވެސް ވަރަކަށް އަލި އަޅުވާލާނަމެވެ. ގާސިމް އެއްކަލަ ކުނޫޒްގެ ޕޯޑިއަމްގައި އަޑަށް ބާރުލައްވާ ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ޚިދުމަތްކޮށް ނުދެވިގެން އުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައި ވުމުގެ ސަބަބުންކަމަށެވެ.

"އުފާކުރަން އަދުގެ ރައީސުލްޖުމްހޫރިއްޔާ އިޚްލާސްތެރިކަމާއެކު މަޑުމައިތިރިކަމާއެކީގައި ޕާޓީގެ ތެރޭގައި ބޮޑެތި ހަމަނުޖެހުން ހިނގާއިރު ވެސް އެމަނިކުފާނު ސާބިތުކަމާއެކީގައި ކެތްތެރިކަމާއެކީގައި ކުރިޔަށް ގެންދަވާތީ. އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ޚިދުމަތްކޮށް ނުދެވިގެން މިއުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައި ވުމުގެ ސަބަބުން .އޭގެ ސަބަބުން ކަން އަޅުގަނޑަށް ކަށަވަރު."ގާސިމް ވިދާޅުވިއެވެ.

ޕާޓީގެ ތެރޭގައި ބޮޑެތި ހަމަނުޖެހުން ހިނގާއިރު ވެސް ރައީސުލްޖުމްހޫރިއްޔާ އިޚްލާސްތެރިކަމާއެކު މަޑުމައިތިރިކަމާއެކީގައި، ސާބިތުކަމާއެކީގައި ކެތްތެރިކަމާއެކީގައި ކުރިޔަށް ގެންދަވާތީ އެކަމާ އުފާކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ބަސް ބުނުއްވުމުގެ ކުރިން ވިސްނާ ނުލައްވާ ކަމީ އަބަދުވެސް ފެންނަން އޮތް ހަގީގަތެކެވެ.

"މޮޔަފުޅުވެގެން" ގާސިމް ވާހަކަ ދައްކަވާއިރު، އެމަނިކުފާނުގެ ޕާޓީގެ ސްލޮޓްގައި ތިއްބެވި ވަޒީރުންގެ މަސައްކަތް "ސްލޯވ" ވާހަކަ ވެސް ދައްކާލަން ޖެހެއެވެ. ސަރުކާރުގެ ބޮޑެތި ވައުދުތަކުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑު އުއްމީދެއް ކޮށްގެން ތިބީ އިންޓަރނެޓް އަގުހެޔޮކުރުމުގެ ވާހަކައެވެ. ނަމަވެސް އިބިލީސް ކައިވެންޏަށް މިކަންވެ ގާސިމްގެ ޕާޓީގެ ސްލޮޓްގައި ކޮމިއުނިކޭޝަން މިނިސްޓަރުކަމުގައި ހުންނެވި މަލީހު ޖަލާމް ބޮޑުތަނުން ފެއިލްވެއްޖެކަމަށް އެތައް ބަޔަކު ދަނީ ހަރު އަޑުން ގޮވަމުންނެވެ.

އިންޓަރނެޓްގެ އަގުހެޔޮ ކުރުމުގެ އުއްމީދުގައި އެތައް ބަޔަކު ތިބެނިކޮށް، މިކަން "ސްލޯވ" ވެ އަހަރުތަކަށް ދެމިގެން ގޮސް މަސައްކަތް ހަމަ "ސްލޯވ" ވެއްޖެއެވެ. އެވާހަކަ ބާއްވާށެވެ. ދެން ހުންނެވީ ޓުއަރިޒަމް މިނިސްޓަރެވެ. ރިސޯޓް މުވައްޒަފުންނަށްވީ ވަޢުދަށް ވެސް ވީ މިހެންނެވެ. ރިސޯޓް މުވައްޒަފުން ކުރަމުން ދިޔަ އުއްމީދުތައް ވެސް އެ މިނިސްޓްރީގެ "ސްލޯވ" ކަމާއެކު މާޒީވެ ހިނގައްޖެއެވެ. މިވާހަކަތައް މާ ތަފުސީލު ނުކުރި ނަމަވެސް، ރައްޔިތުންނަށް މިކަމުގެ ހަގީގަތް މާރަނގަޅަށް ވެސް ފެންނަން އެބައޮތެވެ.

ދެން އޮތީ ޓްރާންސްޕޯޓެވެ. މުސަޅާއި ކަހަނބުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެއީ މުސަޅު ކަމަށް ބަޔަކު ދެކުނު މިނިސްޓްރީ ތެރޭގައި ހިނގަނީ ބޮޑެތި ގަޑުބަޑުތަކެވެ. މިނިސްޓްރީއަށް ކަހަނބުގެ ލަގަބު ލިބި އެތާ ތެރޭގައި ވާނުވާއެއް ބަޔަކަށް ނޭގުނެވެ. އެއް ޑިޕާޓްމަންޓްގެ މުވައްޒަފުން ނަގާ އެހެންތަނަކަށް ލާ 11 މީހުން ވަޒީފާއިން ވަކިކުރަން ނިންމީއެވެ. މަސައްކަތް އެންމެ ހަލުވި ކުރަންޖެހޭ މިނިސްޓްރީގެ މަސައްކަތް ކަހަނބު ސްޕީޑަށް ވެއްޓިއްޖެއެވެ. މިއީ ވެސް ގާސިމްގެ އަނބިކަނބަލުން މިނިސްޓަރު ކަމުގައި ހުންނެވި ވުޒާރާއެވެ.

ދައްކާނެ އެތައް ވާހަކައެއް އެބައޮތެވެ. ސަރުކާރު ތެރޭގައި ގޯސް ހަދަން ވެސް އެ ޕާޓީތެރެއިން މަސައްކަތް ކުރާ ވާހަކައަކީ ވެސް މިއަދު ބާ ވާހަކައެވެ. މި ދަންނަވަނީ މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރު ވެރިކަމަށް އަންނަން ކުރި މަސައްކަތަށް އެންމެ ބޮޑު ހުރަހަކަށްވި ފެން އޮތްތަނަކަށް ދާން ފޫގަޅައިގެން ތިބި މަސްތަކެއް ނަގާ ގާސިމްގެ ފެންގަނޑަށް ލީ ވާހަކައެވެ.

ސަރުކާރު ކޯލިޝަންގައި އޮވެ، އެ ޕާޓީގެ ބައްދަލުވުންތަކުގައި ސަރުކާރަށް ފާޑުވިދާޅުވެ، މި ސަރުކާގެ ގޯސްވާހަކަ ދައްކަމުންދާ މީހުންގެ ވާހަކައަށް އެއްކަލަ ސޭޓް އިންނަނީ ކޯލްގެޓް އިޝްތިހާރެއްހެން 32 ދަތް ސޭލްއަޅުއްވައިގެންނެވެ. ސަރުކާރަށް ގޮންޖެހުންތައް ދިމާވާނަމަ އެ ޕާޓީ ތެރެއިން ނުކުރާކަށް ކަމެއް ނެތެވެ.

އަދިވެސް އެމަނިކުފާ ދައްކަވަނީ އެމްޑީޕީ ގޯސް ވާހަކައެވެ. ނަމަވެސް އެމަނިކުފާނުގެ ހަނދާން ބަލިނަމަ މިއީ އެމްޑީޕީގެ ސަރުކާރެއްކަން އަދި އެއްފަހަރު ހާމަކޮށްދިނުމަކީ ގޯސްކަމެއްކަމަށް ނުދެކެވެ. ނުކެނޑޭނެ ގުޅުމެއް ކަނޑާލަށް ދެއްކެވެން އޮތް ކޮންމެ ވާހަކައެއް އެމަނިކުފާނު ދައްކަވަމުން ގެންދަވާއިރު، ބުއްދި ގަބޫލުކުރާ ވާހަކައެއް ދައްކާ ތިމާ އަރިހުގައި ވިހަލާ ހަރުފަތަކެއް އުޅޭ ކަމަށް ގަބޫލުކުރެނީ ކޮންދުވަހަކުން ކަމާމެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ގާސިމެވެ. ސަރުކާރު "ސްލޯވް" ވެއްޖެ ނަމަ އެކަމުގެ ޒިންމާ މަނިކުފާނުގެ ޕާޓީން ސަރުކާރުގައި ތިބި ފަރާތްތަކާއި މަނިކުފާނު އުފުލަން ޖެހޭނެއެވެ. ހޮޅި ވާހަކަ ނުދައްކާ ދެންވެސް ސަރުކާރާއެކީ މަސައްކަތްކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ދެކި ހަރުދަނާ ވާން ވެއްޖެއެވެ. ސިޔާސީ ވެރިއެއް ކަމަށް ގަބޫލުކުރާ ނަމަ، ސިޔާސީ ގޮތުން މަނިކުފާނު ތަޞައްރަފު ފުދެން ވެއްޖެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
ސަރުކާރު މަރަށް ތެޅެނީތަ؟

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު