Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ޗެމްޕިއަން މާޒިޔާ އަދި ޓީސީ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ

މި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2020 | ބުދަ 10:30
މާޒިޔާ އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ރަސްމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަށް ވަނީ ލަނޑު ޖެހުމަށް ދެ ފުރުސަތެއްލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. އޭގެ ފަހުން ޓީސީގެ އިޝާން އިބްރާހީމް (ސައްޓު) އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާ މާޒިޔާގެ ކީޕަރު ހުށިޔާރު ކަމާއިއެކު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީސީއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު، މެޗުގެ 56 ވަނަ މިނެޓުގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭރިޔާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއްނުވިއެވެ. މެޗުގެ 72 ވަނަ މިނެޓުގައި މާޒިޔާއިން ލަނޑު ޖެހުމާއި ގާތަށް ޖެހެލިއެވެ. އެގޮތުން ހަމްޕު އާއި ފޭދޫ އިއްބެ އަދި އައިސަމް ގާތް ގާތުގައި ފޮނުވާލި ހަމަލާތައް ޓީސީގެ ކީޕަރުވަނީ ހުށިޔާރުކަމާއިއެކު ދިފާއު ކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ މާޒިޔާގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއްއައީކަމަށާއި ކޮންމެ ކަމަކަށް ނިމުމެއް އަންނާނެ ކަމަށާއި ކުޅުންތެރިންގެ ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މެޗުން ތިން ޕޮއިންޓް ނުލިބުނީ ނަސީބުވެސް އެހީ ނުވުމުން ކަމަށް އޭނާ ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި އެކަން ނުވި ކަމަށެވެ. އަދިވެސް ޓީސީގެ ޓާރގެޓަކީ ލީގުގެ ދެވަނައިގައި އޮވެ ނިންމައިލުން ކަމަށްވެސް އޭނާ ބުންޏެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު