Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ޝަކުވާ

އަދުރޭ ވިދާޅުވި ގޮތާ ޚިލާފަށް ޔާމީނުގެ ޝަކުވާއަކީ ބޭރުން ބޭސްފަރުވާ ކުރެވޭނެ ގޮތެއް!

28 ޖެނުއަރީ 2020 | އަންގާރަ 12:55

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ހިކި އަނަރޫފަ ވެފައި ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ޖެނުއަރީ 2020 | އަންގާރަ 12:55
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުގެ ޝަރީއަތަށްފަހު ޖަލަށް ގެންދަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުގެ ޝަރީއަތަށްފަހު ޖަލަށް ގެންދަވަނީ

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިގޮތާ ޚިލާފަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ޝަކުވާއަކަށްވީ، އެމަނިކުފާނުގެ ހިތުގެ ބައްޔަށާއި ،އުނަގަނޑުގެ ބައްޔަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއް ރާއްޖޭގައި ނެތުމުން ރާއްޖެއިން ބޭރުން އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިޢުނާފު ކުރައްވާފައެވެ. ހައިކޯޓުގައި އިސްތިޢުނާފު ކުރި އެމައްސަލައާ ގުޅިގެން، އަންގާރަ ދުވަހު ހައިކޯޓުން މިވަނީ އެމައްސަލައިގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނުގެ މައްސަލަ އަންގާރަ ދުވަހަށް ހައިކޯޓުގައި ތާވަލު ކުރުމާއެކު، ގިނަ ބަޔަކު ބޭނުންވީ ރައީސް ޔާމީން ދެކިލުމަށެވެ. އެއީ ކޮންމެހެން އަދުރޭމެން ރައީސް ޔާމީން ދެކެން ބޭނުންވާގޮތަކަށް ނޫނެވެ. ގިނަ ބަޔަކު ރައީސް ޔާމީން ދެކެން ބޭނުންވީ، މީގެ ދެތިން ދުވަސްކުރިން އަދުރޭ ރައީސް ޔާމިނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އެހެންކަމުން ނޫސްވެރިންނާއި، ވީޑިއޯ ގްރާފަރުންނާއި، ފޮޓޯގްރާފަރުން ރައީސް ޔާމީނުގެ މަންޒަރެއް އަތުވޭތޯ ބެލި އެވެ. އެގޮތުން ބައެއް މީސްމީހުންގެ ކެމެރާތަކަށް ރައީސް ޔާމީން އަރާފައިވާއިރު، މީގެ 60 ވަރަކަށް ދުވަސްކުރިން ރައީސް ޔާމީން ފެނުނު ގޮތާއި މާބޮޑު ތަފާތެއް ފެންނަ ފެނުމުން ފާހަގައެއް ނުކުރެވުނެވެ.

ނަމަވެސް މީގެ ދެތިން ދުވަސްކުރިން ރައީސް ޔާމީނުގެ އެންމެ އަރިސް އެއްބޭފުޅާ ކަމަށްވާ ޢަބްދުއްރަހީމް ވަނީ ރައީސް ޔާމީނާ ބައްދަލު ކުރުމުގެ ފުރުޞަތު ދެ ފަހަރެއްގެ މަތިން ލިބުނުއިރު، އެންމެފަހުން ބައްދަލުވި ދުވަހު، ރައީސް ޔާމީން "ހިކިއަނަރޫފަ" ވެފައިވާތަން ފެނި، އަދި ރައީސް ޔާމީން ހުންނެވި ހިތްދަތި ޙާލުކޮޅު ފެނިފައި އޭނާއަށް ރޮވުނު ކަމަށް ވިދާޅުވެފައެވެ.

ޢަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ދޭތެރޭ ކަރެކްޝަނުން ޢަމަލު ކުރަނީ ވަރަށް ނިކަމެތި ކޮށްކަމަށާއި، ރައީސް ޔާމީނުގެ ފަރިއްކޮޅަށް ދެއްވަނީ ވެސް އެކައްޗެއް ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ހިކި އަނަރޫފަވެފައި ކަމަށް، މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހއ. ބާރަށުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޢަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ޢަބްދުއްރަހީމް އެވިދާޅުވީ ރައްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކާމެދު ދައުލަތުގެ އިދާރާއަކުން ޢަމަލު ކުރަމުންދާ ގޮތުގެ ވާހަކަތަކެއް ކަމަށްވާތީ، އެކަމުގެ ޙަޤީޤަތް ބަލަން ހުރިހާ އެންމެންވެސް ބޭނުންވާނެތާއެވެ.

އެގޮތުން ޖަލު ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ އޮންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ގުޅައިގެން ބެލިއިރު، ރައީސް ޔާމީން ހުންނެވީ، އެމަނިކުފާނުގެ ވެރިކަމުގައި ހެއްދެވި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައެވެ. އެ ޔުނިޓަށް އެންމެ ފުރަތަމަ ލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އިއްތިފާޤުން ވިޔަސް، މިއަދު އެ ޔުނިޓުގައި ރައީސް ޔާމީން ހުންނެވިއިރު، ރައީސް ނަޝީދު އެހުންނެވީ ދައުލަތުގެ އެއްބާރުގެ ވެރިއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައެވެ. ދެން އެޔުނިޓަށް ލާފައިވަނީ ކުރީގެ ރައީސް އަދި ރައީސް ޔާމީނުގެ ބޭބޭފުޅު މައުމޫން ޢަބްދުލް ޤައްޔޫމެވެ. މިއަދު ރައީސް މައުމޫން އެހުންނެވީ އެމަނިކުފާނު އުފެއްދެވި ސިޔާސީ ޕާޓީ ޕީޕީއެމް، އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް ޔާމީން، ޖަހައިގަނެގެން ގެންދިއުމުން އާ ސިޔާސީ ޕާޓީއެއް އުފައްދަވައިގެންނެވެ. އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޙަރަކާތް މިނިވަންކަމާއެކު ރައީސް މައުމޫން ހިންގަވަމުންދާއިރު، ސަރުކާރުން ވަނީ ރައީސް ޔާމީނުގެ މައްޗަށް ޖަލަށް ޙުކުމް ކުރުމުގެ ކުރިން، އެޔުނިޓް އިތުރަށް ފެންވަރު ރަނގަޅުކޮށްފައެވެ.

ކަރެކްޝަންސްއިން ބުނެފައިވަނީ، ރައީސް ޔާމީނަށް ޖަލުން ފޯރުކޮށްދޭން ޖެހޭ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށާއި، ރައީސް ޔާމީން ފަރިއްކުޅުވުމަށް މެނޫއެއް އެމަނިކުފާނު ހުންނެވި ޔުނިޓުގައި އޮންނާނެ ކަމަށާއި، ކާތަކެތި ފޯރުކޮށްދެނީވެސް ރައީސް ޔާމީން ވިދާޅުވާ ތަކެތި ކަމަށެވެ. އަދި ކަސްރަތު ކުރުމަށްޓަކައި ޔުނިޓުގައި ވެސް އެވަޞީލަތްތައް ޤާއިމުކުރެވި، އަދި ޓްރެޑްމިލް (ދުވާ މެޝިން) ހުންނާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން ރީތިވުމަށް ބޭނުންވާ ތަކެއްޗާއި، ތުނބުޅި ބޭލުމަށްޓަކައި ބޭނުންވާ ތަކެެއްޗަކީ، އެމަނިކުފާނުގެ ޢާއިލާއިން ފޯރުކޮށްދޭ ތަކެތި ކަމަށްވެސް ކަރެކްޝަންސްއިން ބުނެފައި ވެއެވެ.

ކަރެކްޝަންސްގެ އެވާހަކަތަކަށް ބާރު ލިބި، ޢަބްދުއްރަހީމްގެ ވާހަކަތައް ދިމާނުވާކަން މިއަދު މިވަނީ އެންމެނަން ހާމަވެފައެވެ. އެއީ އަންގާރަ ދުވަހު ހައިކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމަށް ރައީސް ޔާމީން ހާޒިރުކުރިއިރު، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ޙުކުމް ކުރި ދުވަހަށްވުރެ، ރައީސް ޔާމީން ފެނުނީ މާބޮޑަށް ވެސް "ނަލަ" ކޮށެވެ. އެއީ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ޙުކުމް އިއްވިދުވަހު ޝަރީޢަތަށް އެމަނިކުފާނު ވަޑައިގެންނެވީ "ބެގީ" ނުޖައްސަވަ އެވެ. ނަމަވެސް ހައިކޯޓަށް ވަޑައިގެންނެވިއިރު ވަޑައިގެންވީ، ކޯޓުފަޓުލޫނު ތުރުކުރައްވައިގެން ނޫންނަމަވެސް ރަސްމީކޮށްނެވެ. "ބެގީ" ޖައްސަވާފައިވާއިރު، މޫނުމަތިން ވެސް ޢަބްދުއްރަހީމް އެވިދާޅުވާފަދަ ކަންކަން ކުރިމަތިވެފައިވާކަމުގެ އިޙުސާސެއް ފާހަގައެއް ނުކުރެވެއެވެ.

ނަމަވެސް ރައީސް ޔާމީނުގެ ހަމައެކަނި ޝަކުވާއަކީ، އެމަނިކުފާނު ޖަލުގައި އޮންނަން ޖެހުމުގެ ސަބަބުން ނަފުސާނީ ގޮތުންނާއި، ޞިއްޙީ ގޮތުން ނޭދެވޭ އަސަރު ކުރަމުންދާތީ އެވެ. ރައީސް ޔާމީނުގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ހިތުގެ މައްސަލައެއް ނުވަތަ "އެނޮމަލީއެއް" ފެނިފައިވާ ކަމަށް ނެޝަނަލް ކާރޑިއެކް ސެންޓަރުގެ ޑޮކްޓަރަކު ވިދާޅުވެފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ދެނެގަންނަން ރާއްޖެއިން އިތުރަށް ހެދޭނެ ޓެސްޓުތައް ނެތްކަމަށް ޑޮކްޓަރާ ޙަވާލާ ދެއްވައި އެމަނިކުފާނު ވިދާޅުވި އެވެ. ދެން އިތުރު ޓެސްޓުތައް ހެދޭނީ ރާއްޖެއިން ބޭރުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް އުނަގަނޑުގެ ކަށިގަނޑެއްގެ މައްސަލައެއް ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ހަދަން ޖެހޭ ސާޖަރީއެއް ހަދަން ރާއްޖެއިން ބޭރަށް ވަޑައިގަންނަަވަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ޞިއްޙީ ކަންކަމާ ގުޅޭގޮތުން މިމައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުންނާ ސުވާލު ކުރައްވާފަ އެވެ. އަދި ޖަލުގައި ހުންނަ މީހަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ގެންގުޅޭ އުޞޫލު ހައިކޯޓަށް ހުށަހަޅައި ދެއްވުމަށް ވެސް ފަނޑިޔާރުން ދައުލަތުގެ ވަކީލުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ނަމަވެސް އަދުރޭ ރައީސް ޔާމީނާ ދެފަހަރެއްގެ މަތިން ބައްދަލުކުރެއްވިއިރު، ރައީސް ޔާމީނުގެ ޞިއްޙީ ޙާލަތުގެ ވާހަކައެއް ދައްކަވާފަ އެއްނުވެއެވެ. މުޅިންވެސް ދެއްކެވީ ޖަލުގައި ރައީސް ޔާމީނަށް އަނިޔާވެރިވަމުންދާ ވާހަކައާއި އެމަނިކުފާނު ޖަލުން ފެނުނީ ހަމަ "ޖަލު މީހެއް" ގެ ގޮތުގައި ކަމަށް ވިދާޅުވާ ވާހަކަތަކެވެ.

ޢަބްދުއްރަހީމަށް ރައީސް ޔާމީނާ ޖަލުން ބައްދަލުވިއިރު، ފެނުނީ ހަމަ "ޖަލު މީހެއް"ގެ ގޮތުގައި ކަމަށް ވިދާޅުވިޔަސް، ދިވެހިރައްޔިތުންނަށް މިއަދު މިވަނީ ރައީސް ޔާމީނުގެ އަޞްލު ޙާލަތު އެނގިފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް

03 އެޕްރީލު 2017
ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް
20 މާރިޗު 2017

ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން

20 މާރިޗު 2017
ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން
04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
23 ފެބުރުއަރީ 2017

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް