Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން/ އަބްދުއްރަހީމް

ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް ފެނުނީ ހަމަ "ޖަލު މީހެއްގެ" ގޮތުގައި: އަދުރޭ

25 ޖެނުއަރީ 2020 | ހޮނިހިރު 10:42

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ޖަލުގައި ހުންނަވާތާ 57 ދުވަސް ވެއްޖެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ޖެނުއަރީ 2020 | ހޮނިހިރު 10:42
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ހުންނަވަނިކޮށް ދެފަހަރެއްގެ މަތިން އެމަނިކުފާނާ ބައްދަލުވެއްޖެ ކަމަށާއި އެެންމެފަހުން ބައްދަލުވިއިރު، އެމަނިކުފާނު ފެނުނީ "ޖަލު މީހެއްގެ" ގޮތުގައި ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހުގެ ރޭ ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލައްވާފައިވަނީ ނުޙައްޤުން ކަމަށާއި، ރައީސް ޔާމީނާމެދު މިސަރުކާރުން އަދި ޖަލުން ވެސް ޢަމަލު ކުރަނީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ.

އަދުރޭ އެގޮތަށް ވިދާޅުވިއިރު، މިހާތަނަށް ދައުލަތުން ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތް ހިންގާފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގަ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް ރައީސް ޔާމީނުގެ މައްޗަށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވީ މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެހުކުމާއެކު ރައީސް ޔާމީނުގެ މައްޗަށް ވަނީ ފަސް މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ޢަމުރުކޮށްފަ އެވެ.

މަނީ ލޯންޑަރ ކުރުމުގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކުގައި ރައީސް ޔާމީނުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ، ރައީސް ޔާމީނުގެ މައްޗަށް އިތުރު ތުހުމަތުތަކެއްގެ ތަހުޤީޤު ފުލުހުން ހިންގަމުންދާ ކަމަށް ބުނެފަ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރައީސް ޔާމީނަށް ޖަލުގައި ޢަމަލު ކުރަމުން ގެންދަނީ ވަރަށް އަނިޔާވެރިކޮށްކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ އަދުރޭގެ އެވާހަކަތައް ދޮގު ކުރައްވާފަ އެވެ. އަދި ރައީސް ޔާމީނާމެދު ޢަމަލުކުރަނީ، ކުރީގެ ރައީސެއްވީމަ ޢަމަލު ކުރަންޖެހޭ ޚާއްޞަ އުޞޫލުތަކުގެ ތެރެއިން ކަމަށާއި އެމަނިކުފާނަށް ލިބިލައްވަންޖެހޭ އެއްވެސް ޚިދުމަތެއް، އަދި އެއްވެސް ކަމެއްގައި އިހުމާލުވެފައި ނުވާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް