Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޖެންޑާ 19 ރަށަށް

އައްޑޫގައި ފްލޯޓިންގް ސޯލަރ ސިސްޓަމެއް ގާއިމުކުރުމަށް މި މަހުގެ ތެރޭގައި އިއުލާނު ކުރެވޭނެ: ފެނަކަ

ލޭނުން 1 މެގަވޮޓުގެ ހަކަތަ ދިނުމުގެ މަސައްކަތް ވެސް ކުރެވޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 25 ޖެނުއަރީ 2020 | ހޮނިހިރު 08:03
ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

އައްޑޫގައި ފްލޯޓިންގް ސޯލަރ ސިސްޓަމެއް ގާއިމުކުރުމަށް މި މަހުގެ ތެރޭގައި ޓެންޑަރ އިން އިއުލާނުކުރެވޭނެކަމަށް ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ވަރކްޝޮޕްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެކަން ހާމަކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމުންނެވެ.

Advertisement - newsAdvertisement

މޭޔަރ ސޯދިގު ކުރެއްވި ސުވާލަކީ އައްޑޫގެ ކަރަންޓު އުފެއްދުމަށް މެކްސިމަމް ކެޕޭސިޓީ ކުރިއަށް އޮތް ތަނުގައި ބޮޑުވެގެންދާއިރު ޑީސަލްއިން އެ ހަކަތަ އުފެއްފުމަށް އަދިވެސް ޚިޔާރު ކުރައްވަނީ ކީއްވެގެންތޯއެވެ.

ސުވާލު ކުރައްވަމުން ސޯބެ އިތުރަށް ވިދާޅުވީ ރާއްޖެއިން ދަނީ ދުނިޔޭގެ ހަކަތައިގެ އިންގިލާބުގެ ތެރެއަށް ދިއުމުގެ ބަދަލުގައި އަދިވެސް ޑީސަލުން ކަރަންޓު އުފެއްދުމުގެ ނިޒާމެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ކެލިފޯނިއާ ފަދަ ދުނިޔޭގެ ބޮޑެތި ސިޓީ ތަކުގައި ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި އެއްކޮށް އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދަން ފަށާނެ ކަމަށެވެ. އަދި ދުނިޔޭގެ ތެޔޮ އުފައްދާ ބޮޑެތި ގައުމުތަކުގައި ވެސް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ބަދަލުކުރާ ކަމަށެވެ.

ސޯބެ ވަނީ މިގޮތަށް ކަންތައްތައް އޮތް އިރު ރާއްޖެއިން މިފަދަ އަމާޒެއް ކަނޑަނޭޅެނީ ކީއްވެގެންތޯ ސުވާލުއުފައްދަވާފައެވެ.

ސޯބެގެ ސުވާލަށް ޖަވާބުދެއްވަމުން ފެނަކައިގެ އެމްޑީ ވިދާޅުވީ އައްޑޫ ސިޓީގައި 10 މެގަވޮޓުގެ ފްލޯޓިންގް ސޯލާ ސިސްޓަމެއް ގާއިމުކުރުމަށް މި ހިނގާ ޖެނުއަރީ މަހު ޓެންޑަރ އިން އިއުލާނު ކުރެވިގެންދާނެ ކަމަށެވެ. އަދި ލޭނުން 1 މެގަވޮޓުގެ ހަކަތަ ދިނުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށެވެ. އަހުމަދު ސައީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އައްޑޫގައި ޖުމްލަ 11 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތަ ދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2017

ރާއްޖޭގެ ކޮންމެ ރަށެއްގައި ބެކަޕް ޖަރޭޓަރު ސިސްޓަމެއް ބަހައްޓާނަން: ޝަރީފް

27 ޖޫން 2017
ރާއްޖޭގެ ކޮންމެ ރަށެއްގައި ބެކަޕް ޖަރޭޓަރު ސިސްޓަމެއް ބަހައްޓާނަން: ޝަރީފް
27 ޖޫން 2017

އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފަށަނީ

27 ޖޫން 2017
އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފަށަނީ
23 ޖޫން 2017

އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި

23 ޖޫން 2017
އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި
22 ޖޫން 2017

އައްޑޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

22 ޖޫން 2017
އައްޑޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ
20 ޖޫން 2017

މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ޑޮޕްލާ ވެދަރ ރާޑަރ ސިސްޓަމެއް ތަޢާރުފުކޮށްފި

20 ޖޫން 2017
މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ޑޮޕްލާ ވެދަރ ރާޑަރ ސިސްޓަމެއް ތަޢާރުފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު