Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް / ޕީއެންސީ

އަދުރޭގެ ވާހަކަތައް ކަރެކްޝަނުން ދޮގުކޮށްފި

ރައީސް ޔާމީން ހުންނެވި ޔުނިޓްގައި ފަރިއްކޮޅަށް މެނޫއެއް އޮވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2020 | ހޮނިހިރު 07:24
ރައީސް ޔާމީން އާއި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު

ރައީސް ޔާމީން އާއި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާގުޅޭގޮތުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދައްކަވާ ވާހަކަތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގުކޮށްފި އެވެ.

އަދުރޭ ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީނާ ދޭތެރޭ ކަރެކްޝަނުން އަމަލު ކުރަނީ ވަރަށް ނިކަމެތި ކޮށްކަމަށާއި، ރައީސް ޔާމީނުގެ ފަރިއްކޮޅަށް ދެއްވަނީ ވެސް އެކައްޗެއް ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ހިކި އަނަރޫފަވެފައި ކަމަށް، ހުކުރު ދުވަހުގެ ރޭ ހއ. ބާރުށުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި އަދުރޭ ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

"ވިދާޅުވި ފެންވެރުމުގެ ކަންތައް ވަރަށް އުދަނގުލޭ. ވަރަށް ދަތިގޮތަކަށޭ ހުރީ. ތުނބުޅި ބޭލޭނެ ގޮތެއް ނެތޭ. ކާން ގެންނަ އެއްޗެހީގެ ރޮލެއް ނުފިލުވައޭ. 45 ދުވަސް ވެގެންދިޔައިރު ކާން ދެނީ އެކައްޗެކޭ. ނިދާކަށް ފަސޭހައެއް ނޫނޭ. ގަސްދުގައި އަޑުގަދަކުރަނީއޭ. އެހާ ހިސާބަށް ވާހަކަ ދިޔައީމަ އަޅުގަނޑަކަށް އެވާހަކަ އަޑުއަހާކަށް ކެތެއް ނުވި. ހަމަ ހަގީގަތަށް މިދަންނަވަނީ އަޅުގަނޑަށް ރޮވުނު. މޫނު މައްޗަށް ބަލާލީމާ މުޅި މޫނުމަތީގައި ހުރީ ބިސް ނަގާފައި. ކީއްވެގެންތޯ އޮޅުންފިލުވާލިއިރު ތުނބުޅި ބާލަންޖެހެނީ ޖަލު މީހުން ތުނބުޅި ބާލާ ރޭޒަރުން. ތުނބުޅި ބާލާފަ އުނގުޅާލާނެ އާފްޓާ ޝޭވް ކޮޅެއް ނުލިބޭ. ޖަލަށް ވެއްދުން އޮތީ މަނާކޮށްފައި. ފެން ވަރައިގެން ނުކުމެ ގައިގައި ހާކާލާނެ ލޯޝަން ކޮޅެއް އެތަނަކުން ނުލިބޭ. ނަމާދަށް ނުވަތަ ހުކުރަށް ވަޑައިގަންނަވަން ވެގެން ބޭނުންކުރާނެ އަތަރުކޮޅެއް ނޫނީ ސެންޓުކޮޅެއް ނުލިބޭ. މިހާ ހިތްދަތި ހާލުގައި ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވަނީ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ އެވާހަކަތަކަށް ދޮގު ކުރައްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ" ހޮނިހިރު ދުވަހު ވިދާޅުވީ، ރައީސް ޔާމީނަށް ޖަލުން ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން ފަރިއްކުޅުވުމަށް މެނޫއެއް އެމަނިކުފާނު ހުންނެވި ޔުނިޓުގައި އޮންނާނެ ކަމަށާއި ކާތަކެތި ފޯރުކޮށްދެނީވެސް ރައީސް ޔާމީން ވިދާޅުވާ ތަކެތި ކަމަށެވެ. އަދި ކަޝްރަތު ކުރުމަށްޓަކައި ޔުނިޓްގައި ވެސް އެވަސީލަތްތައް ގާއިމުކުރެވި، އަދި ޓްރެޑްމިލް (ދުވާ މެޝިން) ހުންނާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން ރީތިވުމަށް ބޭނުންވާ ތަކެއްޗާއި، ތުނބުޅި ބޭލުމަށްޓަކައި ބޭނުންވާ ތަކެެއްޗަކީ، އެމަނިކުފާނުގެ އާއިލާއިން ފޯރުކޮށްދޭންޖެހޭ ތަކެތިކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ރައީސް ޔާމީންގެ އާއިލާއިން އެމަނިކުފާނަށް ބޭނުންވާ ތަކެތި، ފޮރުކޮށްދެއްވަމުންވެސް ގެންދަވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ، ރައީސް ޔާމީނަށް ޖަލުން ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދްމަތެއް ފޯރުކޮށްދެމުންދާ ކަމަށާއި، އަދި ހާއްސަކޮށް، ކުރީގެ ރައީސުންނަށް ލިބިލައްވާ ހާއްސަ ހިދްމަތްތައް ވެސް އެއްވެސް އުނިކަމެއްނެތި ރައީސް ޔާމީނަށް ލިބިލައްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރެކްޝަނުން ތަންފީޒް ކުރަމުންދަނީ ގާސިމަށް ކުރި ހުކުމުގެ އެއްބައި: ޖޭޕީ

ކަރެކްޝަނުން ތަންފީޒް ކުރަމުންދަނީ ގާސިމަށް ކުރި ހުކުމުގެ އެއްބައި: ޖޭޕީ

26 އޯގަސްޓު 2017
ކްރިމިނަލް ކޯޓުގެ ޙުކުމަށް ފަހު ކަރެކްޝަނުން ގާސިމްއާ ހަވާލުވެއްޖެ

ކްރިމިނަލް ކޯޓުގެ ޙުކުމަށް ފަހު ކަރެކްޝަނުން ގާސިމްއާ ހަވާލުވެއްޖެ

25 އޯގަސްޓު 2017
ސިފައިންތަކެއް ބަންދުކުރި ކަމަށް ބުނާ ޚަބަރު އެމްއެންޑީއެފް އިން ދޮގުކޮށްފި

ސިފައިންތަކެއް ބަންދުކުރި ކަމަށް ބުނާ ޚަބަރު އެމްއެންޑީއެފް އިން ދޮގުކޮށްފި

02 އޯގަސްޓު 2017
ޖޭޕީއަށް ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސިނާނު ދޮގުކުރައްވައިފި

ޖޭޕީއަށް ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސިނާނު ދޮގުކުރައްވައިފި

01 ޖުލައި 2017
ކުރީގެ މެމްބަރު ނާޒިމް ހޯދައިދިނުމަށް ކަރެކްޝަނުން ފުލުހުންގެ އިދާރާގައި އެދެފި

ކުރީގެ މެމްބަރު ނާޒިމް ހޯދައިދިނުމަށް ކަރެކްޝަނުން ފުލުހުންގެ އިދާރާގައި އެދެފި

20 ޖޫން 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު