Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބު ރައީސް

ކުޑަކުދިންނަށް ފުރިހަމައަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުކަމަކީ ފަރުދީ ޒިންމާއެއް: ނައިބު ރައީސް

25 ޖެނުއަރީ 2020 | ހޮނިހިރު 04:32

ޅެންވެރީންގެ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ފާހަގަކުރައްވާން ސަރުކާރުން ފައްޓަވާފައިވަނީ 1989ގައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 25 ޖެނުއަރީ 2020 | ހޮނިހިރު 04:32
31 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މ. އަތޮޅު ދިއްގަރުގައި ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން

31 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މ. އަތޮޅު ދިއްގަރުގައި ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން

ކުޑަކުދީންނަކީ ޤައުމުގެ ކުރިމަގުކަމަށާއި އެ ކުދީންނަށް އެންމެ ފުރިހަމައަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ފަރުދީ ޒިންމާއެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

31 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މ. އަތޮޅު ދިއްގަރުގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޤައުމަށް ފައިދާހުރި ޖީލަކާއި ރަނގަޅު ދަރީންތަކެއް ބިނާކޮށް ތަރުބިއްޔަތު ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށެވެ. ޅެން ބައިތަކަށް އިޝާރާތްކުރައްވާ ޅެންވެރީން ދެއްވާފައިވާ މުހިންމު ފިލާވަޅުތަކުން ޢިބުރަތް ލިބިގަނެ، ޅެންތައް މެދުވެރިކޮށް ޝާއިރުން ކުރައްވާފައިވާ އިލްތިމާސްތަކަށް އިޖާބަދިނުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

ޅެންވެރީން ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވާ، ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޅެންވެރިކަމަކީ ޤައުމުގެ އަދަބިއްޔާތުގެ މުއްސަނދިކަން ރަމްޒުކޮށްދޭ ފަންނެއް އަދި ހެއްކެއްކަމަށެވެ. އަދި، ޅެންވެރީންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، ދިވެހި ބަހުގެ އެކެޑަމީ އަދި ކަމާއިބެހޭ އެހެން އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރާން ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދުމަތް ކުރައްވަމުންގެންދަވާ ނިޝާން ޢިއްޒުންދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވާ، އެމަނިކުފާނަށް ޚާއްޞަ ހަނދާނީފިލައެއް އަރުވާފައެވެ.

އެބޭފުޅާގެ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، އެމަނިކުފާނު ކުރައްވާފައިވާ ބައެއް މަސައްކަތްޕުޅުތަކަކީ ދިވެހީން ފިލާވަޅު ލިބިގަންނާން ޖެހޭ، އަދި ވަކީން ޚާއްޞަކޮށް ދަރިވަރުންނަށް މުހިންމު، ދަރިވަރުން އިސްކަންދޭންޖެހޭ، އެ ފިލާވަޅުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިފިނަމަ އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް އެހީތެރިވެދޭނެ އަގުހުރި އެއްޗެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެއިތުރުން، ޅެންވެރީންގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމާއިމެދު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ދިވެހިރާއްޖޭގެ ޅެންވެރީންގެ ގުލްޒާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް ޚިދުމަތްތެރި ޅެންވެރީންނާއި، ޝާއިރުންނާއި، އަދީބުންނާއި، އުސްތާޛުންގެ ނަންތައް ފާހަގަކުރައްވާ، އެ ބޭފުޅުން ދޫކުރައްވާފައިވާ ހަދިޔާތަކުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންގެ ޒިކުރާ އައު ކުރާން ޖެހޭކަމަށް ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ "ޢިއްޒަގެ ޅެންފޮތް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ "މަލަސް" ގެ 103 ވަނަ ޢަދަދު ރަސްމީކޮށް ނެރެދެއްވައިފައެވެ. ޅެންވެރީންގެ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ފާހަގަކުރައްވާން ސަރުކާރުން ފައްޓަވާފައިވަނީ 1989 ވަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2017

އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

24 ޖޫން 2017
އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
31 މެއި 2017

ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ

31 މެއި 2017
ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ
30 އެޕްރީލު 2017

ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި

30 އެޕްރީލު 2017
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި
30 އެޕްރީލު 2017

ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން

30 އެޕްރީލު 2017
ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން
02 އެޕްރީލު 2017

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
29 މާރިޗު 2017

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް