Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމުނި ހޯމްކެއަރ

ކަލޯން ބުރޭންޑުގެ ޑަބްލިޔު.ޕީ.ސީ އިކޯ ޕެނަލް މުނި ހޯމްކެއަރ އިން ތައާރަފްކޮށްފި

24 ޖެނުއަރީ 2020 | ހުކުރު 05:17

މިއީ ތިމާވެއްޓާ ރައްޓެހި، ދިގުމުއްދަތަކަށް ބޭނުންކޮށްލެވޭނެ ޕްރޮޑަކްޓެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖެނުއަރީ 2020 | ހުކުރު 05:17
މުނި ހޯމްކެއަރ ގެ ފިހާރައެއް - މުނި ހޯމްކެއަރ އަކީ އަބަދުވެސް ޒަމާނީ ފަސޭހަ އުފެއްދުންތައް މާކެޓްކުރާ ވިޔަފާރިއެއް

މުނި ހޯމްކެއަރ ގެ ފިހާރައެއް - މުނި ހޯމްކެއަރ އަކީ އަބަދުވެސް ޒަމާނީ ފަސޭހަ އުފެއްދުންތައް މާކެޓްކުރާ ވިޔަފާރިއެއް

ސީލިންގކުރުމާއި ފާރު ފަދަ ތަންތަން ޒީނަތްތެރި ކުރުމަށް ތުރުކީ ވިލާތުގެ "ކަލޯން" ބުރޭންޑުގެ ޑަބްލިޔު ޕީ ސީ އިކޯ ޕެނަލް މުނި ހޯމްކެއަރ އިން ތައާރަފް ކޮށްފިއެވެ.

މުނި ހޯމްކެއާއިން ބުނީ، ތުރުކީ ވިލާތުގެ "ކަލޯން" ބުރޭންޑުގެ ޑަބްލިޔު ޕީ ސީ އިކޯ ޕެނަލް އަކީ ތިމާވެއްޓާ ރައްޓެހި، ދިގުމުއްދަތަކަށް ބޭނުންކޮށްލެވޭ އަދި ފެނުގެ އަސަރުނުކުރާ ބާވަތެއް ކަމަށެވެ. އޭގެއިތުރުން، މިއީ ޚަރަދުކުޑަ އަދި އަލިފާން ނުހިފާނެހެން ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެއް ކަމަށް މުނި ހޯމްކެއަރ އިން ބުނެއެވެ.

މުނި ހޯމްކެއާއިން ބުނީ، ކުރިއަރާފައިވާ ދުނިޔޭގެ އެތައް ގައުމެއްގައި، ގެއާއި ހޮޓާ، ކެފޭ، ޝޯރޫމް، ރިޒޯޓްސް ފަދަ ތަންތަން ޒީނަތްތެރި ކުރުމަށްވެސް މި ޕެނަލް ސިސްޓަމް ބޭނުންކުރާ ކަމަށެވެ. އެގޮތުން މިއީ އެންމެ ޒަމާނީ އަދި ފަސޭހަކަމާއި އެކު ރާވާލެވޭނެ ސިސްޓަމަކަށްވާތީ ކުޑަ ޚަރަދަކުން އަވަސްކަމާއެކު މަސައްކަތް ކޮށް ނިންމާލެވޭނެކަމަށް ވަނީ ބުނެފައެވެ.

ލަކުޑިއާއި ތިމާވެއްޓާއި ރައްޓެހި ޕްލާސްޓިކްގެ ބާވަތެއް އެއްކޮށްގެން އުފައްދާފައި ހުންނަ މި ޕެނަލްތަކުގެ އެކި ޑިޒައިންތައް މުނި ހޯމްކެއަރ އިން ލިބެން ހުންނާނެއެވެ. އަދި އާއްމުކޮށް ސީލިންގް އާއި ފާރު ފަދަ ތަންތަން ޒީނަތްތެރިކުރުމަށް ބޭނުންކުރާތަކެތި ފީވެ ހަލާކުވާ މައްސަލަ މި ޕެނަލްތަކަށް ދިމާނުވާނެތީ ފާހާނާ ފަދަ ތަންތާންގައިވެސް މި ޕެނަލް ބޭނުން ކޮށްލެވޭނެކަމަށް މުނި ހޯމްކެއަރ އިން ބުނެއެވެ.

މޫސުމާގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ޕީސީއިކޯ ޕެނަލް އަމީނީ މަގުގައި ހުންނަ މުނި ހޯމްކެއަރ ލިވިންގ ސެންޓަރ އިން ހެޔޮއަގުގައި ލިބެން ހުންނާނެއެވެ.

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2023

ގދ. ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަރައްޤީކޮށްފި

22 ސެޕްޓެމްބަރު 2023
ގދ. ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަރައްޤީކޮށްފި
29 އޯގަސްޓު 2022

އިކޯޓޫރިޒަމް ކުރިއަރުވަން އިސްކަމެއް ދެން: މިނިސްޓަރ މައުސޫމް

29 އޯގަސްޓު 2022
އިކޯޓޫރިޒަމް ކުރިއަރުވަން އިސްކަމެއް ދެން: މިނިސްޓަރ މައުސޫމް
26 އޯގަސްޓު 2019

ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިންގ ސޯލަރ ޕެނަލް ސިސްޓަމް ލަކްސް* ސައުތް އަރި އަށް

26 އޯގަސްޓު 2019
ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިންގ ސޯލަރ ޕެނަލް ސިސްޓަމް ލަކްސް* ސައުތް އަރި އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް