Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑީޖޭއޭ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ މައްސަލަތައް 6 މަހުގެތެރޭގައި ނިންމަންޖެހޭ ގޮތަށް ހަދައިފި

23 ޖެނުއަރީ 2020 | ބުރާސްފަތި 13:56

މައްސަލައެއް ކޯޓަށް ހުށަހެޅުމާއެކު 24 ގަޑިއިރުގެ ތެރޭގައި މި މައްސަލަޔަށް އިސްކަންދީގެން ކޯޓަށް ހުށަހެޅިފައިވާ އެހެނިހެން މައްސަލަތައް މެނޭޖްކޮށް، އަވަސްކަމާއި ހަލުވިކަމާއެކު އެ މައްސަލަ ނިންމޭނެގޮތަކ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ޖެނުއަރީ 2020 | ބުރާސްފަތި 13:56
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން

ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް "ބްލޮކް ޓްރައިލްސް" ނިޒާމެއްގެ ތެރެއިން އަވަހަށް ކުރިއަށް ގެންދިއުމަށް މައްސަލައެއް ހުށަހެޅުނު ތާރީޚުން ފެށިގެން ލަސްވެގެން 6 މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމުމަށް ޓަކައި މައްސަލައިގެ ޝަރީޢަތްތައް ޤަވާޢިދުން ކުރިއަށް ގެންދާގޮތަށް ނިންމާ ގޮތަށް ސަރކިއުލާއެއް ޑިޕަރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފިއެވެ.

ޑީޖޭއޭއިން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ ޢަދުލު އިންޞާފު ލިބުމުގެ ޙައްޤަކީ އެކަށީގެންވާ އަވަސް މިނެއްގައި ލިބިދޭންޖެހޭ ޙައްޤަކަށް ވެފައި، ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީގޯނާކުރުން ފަދަ ޙައްސާސް މައްސަލަތަކުގައި އިންޞާފު ލިބެންޖެހޭ ފަރާތްތަކަށް އެ ޙައްޤު ކަށަވަރުކުރުމަށް ޓަކައި އެ ވަގުތަކަށް އަޅަންޖެހޭ އެންމެ މުނާސަބު ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ އެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ އެންމެހައި ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި ކޯޓުތަކަށް ހުށަހެޅޭ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅުންހުރި މައްސަލަތައް، ކަނޑައެޅިފައިވާ ޤާނޫނީ އިޖުރާޢަތުގެ ތެރެއިން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހިންގާ ނިންމުމަށް ޓަކައި "ބްލޮކް ޓްރައިލްސް" ގެ ނިޒާމެއް ޝަރުޢީ ދާއިރާގައި ޤާއިމުކުރުމަށް 19 ޖަނަވަރީ 2020 ގައި ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މި އަހަރުގެ 6 ވަނަ ކޮމިޝަނުގެ ޖަލްސާގައި ނިންމާ، އެކަމާމެދު މަޝްވަރާކުރުމަށް ފަހު އެއްބަސްވެވުނުގޮތަށް، މިފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމެއް ނެތި ކުރިއަށް ގެންދެވޭނެގޮތަކަށް ޑިޕާރޓްމަންޓުން ކަންކަން ރޭވުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ބްލޮކް ޓްރައިޓްސް ގެ ނިޒާމުގެ ތެރެއިން މައްސަލަތައް ބަލައި ގޮތް ކަނޑައެޅުމަކީ، މައްސަލައެއް ކޯޓަށް ހުށަހެޅޭ ހިސާބުން ފެށިގެން، އެ މައްސަލައެއް ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކަނޑައެޅުމަށް ޓަކައި ޢަމަލުކުރަންޖެހޭ އިޖުރާޢަތުގައި ހިމެނޭ އެންމެ ކުރު މުއްދަތުގެ ތެރޭގައި މައްސަލަ ބަލާ، ދެ ޝަރީޢަތުގެ ދެމެދުގައި ދެވެން އޮތް އެންމެ ކުރު މުއްދަތުގެ ތެރޭގައި މައްސަލަ ތާވަލުކޮށް، މައްސަލަ ހިންގައި، ތުހުމަތުކުރެވުނު ފަރާތަށާއި އަނިޔާ ލިބުނު ފަރާތަށް ލިބިދޭންޖެހޭ އިންޞާފު އޭގެ އަވަސްކަމާއި ހަލުވިކަމާއެކު ފޯރުކޮށްދެވޭނެ ގޮތަކަށް ޝަރީޢަތްތައް ހިންގުންކަމުގައި ވީހިނދު، ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ ކުޑަކުދިންނަށް އަނިޔާ ކުރުމާގުޅުން ހުރި މައްސަލަތައް ހިންގުން އަވަސްކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކެއް ވަނީ އެކުލަވާލާފައެވެ.

އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލައެއް ކޯޓަށް ހުށަހެޅުމާއެކު 24 ގަޑިއިރުގެ ތެރޭގައި މި މައްސަލަޔަށް އިސްކަންދީގެން ކޯޓަށް ހުށަހެޅިފައިވާ އެހެނިހެން މައްސަލަތައް މެނޭޖްކޮށް، އަވަސްކަމާއި ހަލުވިކަމާއެކު އެ މައްސަލަ ނިންމޭނެގޮތަކަށް ހަމަޖައްސަންޖެހޭ އިދާރީ އެންމެހައި އިންތިޒާމުތައް، އެ މައްސަލައެއް ބެލުމަށް ޙަވާލުކުރެވޭ ފަނޑިޔާރުގެ މަޝްވަރާއާއެކު އެ ކޯޓެއްގެ ރަޖިސްޓްރަރ ނުވަތަ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފު ހަމަޖައްސަންވާނެ ކަމަށް މި ސަރކިއުލާގައި ބުނެފައިވެއެވެ.

އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އަވަސްކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި، މައްސަލަ ރައްދުވާ ފަރާތާއި މައްސަލައިގައި ދަޢުވާކުރާ ފަރާތަށް، ކަނޑައެޅިފައިވާ އިޖުރާއާތުގެ ތެރެއިން ޤާނޫނު ލާޒިމުކުރާ މުއްދަތުތައް ލިބިދީ، މައްސަލަ މެނޭޖުކޮށް، ޝަރީޢަތުގެ މަރުޙަލާ ފެށުނީއްސުރެ ނިމެންދެން ދެ ޝަރީޢަތުގެ ދެމެދުގައި 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ހޭދަނުވާނޭހެން މައްސަލަ ތާވަލުކޮށް އަދި މައްސަލައިގެ ތާވަލު މައްސަލައިގެ ޚަޞްމުންނާ ޙިއްޞާކޮށް، އެ މައްސަލައެއް ހުށަހެޅުނު ތާރީޚުން ފެށިގެން ލަސްވެގެން 6 މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމުމަށް ޓަކައި މައްސަލައިގެ ޝަރީޢަތްތައް ޤަވާޢިދުން ކުރިއަށް ގެންދަންވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މައްސަލައިގެ ކޮންމެ ޝަރީޢަތުގެ އަޑުއެހުމެއްގައި ކުރިއަށްދާނީ ކޮން ކަންކަމެއްކަން މައްސަލައިގެ ޚަޞްމުންނަށް އެނގޭނޭހެން އެކަމުގެ މަޢުލޫމާތު ކުރިއާލައި ޚަޞްމުންނާ ޙިއްޞާކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

ފަހުކަމެއްގައި ގޮތުގައި ބުނެފައިވަނީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކުގެ ފާއިތުވި މަހުގެ ތަފާސްހިސާބުގެ މަޢުލޫމާތު ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޑިޕާޓްމަންޓަށް ފޮނުވަންވާނެ ކަމަށެވެ. އަދި މިގޮތުން ފޮނުވާ ތަފާސްހިސާބުގައި، އެ މައްސަލައެއް ހުށަހެޅުނު ތާރީޚާއި، މައްސަލައިގެ އަޑުހުންތައް ތާވަލުކުރެވިފައިވާގޮތާއި، މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބާއި، އަދި މައްސަލަ ކުރިއަށް ދެންދިއުމުގައި ކުރިމަތިވާ ދަތިތަކެއް ހުރިނަމަ އެކަމުގެ މަޢުލޫމާތު ހިމަނަންވާނެ ކަމަށް ބުނެފައިވެއެވެ.

މި ސަރކިއުލާގައި ބުނެފައިވަނީ މިގޮތުގެމަތިން މިކަން އިންތިޒާމްކުރުމުގެ މަޤުޞަދަކީ، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތާމެދު އަވަސްކަމާއި ހަލުވިކަމާއެކު ނިހާއީ ޙުކުމެއް ކުރެވިގެންދިއުމާއެކު، މުޅި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިމާޔަތްކޮށް، އަނިޔާ ލިބުނު ފަރާތާއި މައްސަލައިގައި ހިމެނޭ ހެކިވެރިންގެ ޙައްޤުތައް ހިމާޔަތްކޮށްދީ، އަވަސްކަމާއެކު މައްސަލައަށް ޙައްލެއް ލިބިދިގެންދާނެ ކަމަށެވެ.

އަދި ލިބެން ހުރި ވަޞީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން ކަމުގައި ވީހިނދު، ކަމާގުޅުންހުރި އެންމެހައި އިދާރާތަކާއި، ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ބައިވެރިވުމާއި ޝާމިލުވުން އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދީ، މިފަދަ މައްސަލަތަކަށް އަވަސްކަމާއި ހަލުވިކަމާއެކު ނިހާއީ ޙުކުމެއް ލިބިގެންދާނެގޮތަކަށް ކޯޓުތަކުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ޑީޖޭއީން ވަނީ އަންގާފައެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް