Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ރަށްވެހިކަމުގެ ގާނޫނު

ރަށްވެހިކަމުގެ ގާނޫނު ތަންފީޒުކުރުން މަޑުޖައްސާލަން އިންޑިއާގެ ސުޕްރީމް ކޯޓުން ދެކޮޅުހަދައިފި

22 ޖެނުއަރީ 2020 | ބުދަ 13:12

ސުޕްރީމް ކޯޓުން ވަނީ ސަރުކާރަށް ޖަވާބުދާރީވުމަށް ހަތަރު ހަފުތާގެ މުހުލަތެއް ދީފަ

އަމަން ހަލީމް
އަމަން ހަލީމް | 22 ޖެނުއަރީ 2020 | ބުދަ 13:12
ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން

ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލުތައް ތަންފީޒުކުރުން މަޑުޖައްސާލަން، އެ ގައުމުގެ ސުޕްރީމް ކޯޓުން ދެކޮޅުހަދައިފި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން "ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް" ތަންފީޒުކުރުން މަޑުޖައްސާލަން ދެކޮޅު ހަދާފައިވަނީ، ސަރުކާރަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް ކަމަށް ބުނެއެވެ. އެގޮތުން އެ ގާނޫނޫ ދެކޮޅަށް ހުށައަޅާފައިވާ 143 މައްސަލައަށް ސަރުކާރުގެ ފަރާތުން ޖަވާބުދާރީ ވުމަށް، ހަތަރު ހަފުތާގެ މުހުލަތެއް ސުޕްރީމް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ބަލާފައިވަނީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ފަނޑިޔާރުންގެ ތެރޭގައި ޗީފް ޖަސްޓިސް ޝަރަދް އަރްވިންދް ބޮބްޑޭ ހިމެނިވަޑައިގަންނަވައެވެ. އަދި މި ގާނޫނާ ދެކޮޅަށް ހުށައަޅާފައިވާ ޕެޓިޝަންތަކުގެ މައްސަލަ، އިތުރު ފަނޑިޔާރުން ހިމެނޭ ބެންޗަކަށް ހުށައަޅުއްވާނެ ކަމުގެ އިޝާރާތެއް ޗީފް ޖަސްޓިސް ވަނީ ދެއްވާފައެވެ.

ރަށްވެހިކަމުގެ ގާނޫނު ތަންފީޒުކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސުޕްރީމް ކޯޓުން ދެކޮޅުހެދުމާއި ގުޅިގެން، މި ގާނޫނާ ދެކޮޅަށް އަޑު އުފުލަމުން އަންނަ ގިނަ ފަރާތްތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދިންނަމަ، މުޒާހަރާތައް ހުއްޓުމަކަށް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެ އެ ފަރާތްތަކުން ވަނީ ހިޔާލު ފާޅުކޮށްފައެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް މިދިޔަ މަހުގެ ތެރޭގައި ގެނައި ބަދަލުތަކާއި ގުޅިގެން އެ ގައުމުގެ ގިނަ ރައްޔިތުންތަކެއް އަންނަނީ މަގުތަކަށް ނިކުމެ ނުރުހުންފާޅުކޮށް، މުޒާހަރާކުރަމުންނެވެ. އެ ފަރާތްތަކުން އަންނަނީ މިއީ މުސްލިމުންނާ ދެކޮޅަށް ވުޖޫދުކޮށްފައިވާ ގާނޫނެއް ކަމަށް ބުނެ، އެ ގާނޫނު އުވާލަން ސަރުކާރަށް ގޮވާލަމުންނެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި، މިއަދާ ހަމައަށް 30 މީހަކު ވަނީ މަރުވެފައެވެ. އަދި މުޒާހަރާތައް ރޫޅާލުމަށް މަސައްކަތްކުރާ ފުލުހުން، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާކަމަށް މުޒާހަރާތަކުގެ ބައިވެރިން އަންނަނީ ބުނަމުންނެވެ.

އިންޑިއާގެ ސަރުކާރުން ވަނީ މުޒާހަރާގެ ބައިވެރިންގެ ޑިމާންޑުތަކަށް އިޖާބަދިނުމަށް ދެކޮޅު ހަދާފައެވެ. މިހާރު ސަރުކާރުން އެންމެ ބާރު ސްޕީޑެއްގައި ކުރަމުން އަންނަ މަސައްކަތަކީ، އިންޑިއާގެ ހުރިހާ ރައްޔިތުންގެ ބޯހިމެނުމުގެ ހަރަކާތެއް ފެށުމަށް ނިންމާފައެވެ. ނެޝަނަލް ރަޖިސްޓަރ އޮފް ސިޓިޒަންސް (އެންއާރްސީ) އަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ރަށްވެހިކަމުގެ ގާނޫނުގައިވާ ކަންކަން ތަންފީޒުކުރަން ސަރުކާރުން އަޅާ ފުރަތަމަ ފިޔަވަޅެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު، އަވަށްޓެރި ޕާކިސްތާން، އަފްގާނިސްތާން އަދި ބަނގްލަދޭޝްއިން އިންޑިއާއަށް އެކި ސަބަބުތަކާހުރެ ހިޖުރަކޮށްފައިވާ މީހުންނަށް ވަނީ ރަށްވެހިކަން ދޭން ނިންމާފައެވެ. ނަމަވެސް، އިންޑިއާގެ ރަށްވެހިކަން ލިބޭ މީހުންގެ ލިސްޓުގައި މުސްލިމުންނެއް ނުހިމެނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
28 އެޕްރީލު 2017

ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި

28 އެޕްރީލު 2017
ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
01 އެޕްރީލު 2017

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް