Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓޫރިޒަމް

ބީޗް ސްކައުޓުން ހޯދުމަށް މުއްދަތު އިތުރުކޮށްފި

މިމަހުގެ 23 ގެ 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2020 | ހޯމަ 21:37
ބީޗް ސްކައުޓުން ހޯދަނީ ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް

ބީޗް ސްކައުޓުން ހޯދަނީ ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް

ޓޫރިޒަމް މިނިސްޓްރީން 19 ބީޗް ސްކައުޓުންގެ މަޤާމަށް މުވައްޒަފުން ހޯދުމަށް މުއްދަތު އިތުރުކޮށްފި އެވެ.

އެމިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބީޗް ސްކައުޓުން ހޯދުމަށް މީގެކުރިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ވަޒީފާއަށް އެދި ހުށަހަޅާފައި ނުވާތީވެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި އިތުރުކުރީ ކަމުގައެވެ. އެގޮތުން މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ނުވަތަ ރަށު ކައުންސިލަށް ހުށަހެޅުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - businessAdvertisement

މިމަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފަތުރުވެރިންނަށް ސޭފްޓީ ބްރީފިންގއެއް ދޭންޖެހެއެވެ. މި ބްރީފިންގ ގައި އެދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާބެހޭ މަޢުލޫމާތާއި މޫދަށް އެރިއުޅުމުގައި ސަލާމަތީގޮތުން ހިފަހައްޓަންޖެހޭ މިންގަނޑު ހިފަހައްޓާތޯ ބަލަންޖެހެއެވެ. މީގެއިތުރުން މޫދަށް އެރިއުޅޭ މީހުން މޫދަށް އެރެން ކަނޑައެޅިފައި އޮންނަ ޞަރަޙައްދުގެ ތެރޭގައި އުޅޭތޯ ބެލުމާއި މޫދަށް އެރިއުޅުމުގައި ސޭފްޓީ މިންގަނޑު ހިފަހައްޓާތޯވެސް ބަލަންޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެކުރިން 19 ބީޗް ސްކައުޓުން ހޯދުމަށް އިޢުލާންކުރީ މިމަހުގެ 7 ވަނަ ދުވަހު އެވެ. މިދިޔަ ޑިސެމްބަރު މަހު ރާއްޖެ ޓީވީން ގެނެސްދޭ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ 19 ރަށެއްގައި ބީޗް ސްކައުޓްގެ ޚިދުމަތް ދޭން ފަށާނެކަމަށެވެ. އަދި ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ފަތުރުވެރިންނަށް ދިމާވާ އެކިއެކި ޙާދިސާތައް މަދު ކުރުމަށްވެސް ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ފަތުރުވެރިންނަށް ދިމާވާ ޙާދިސާތައް ތަކުރާރުވަމުންދާތީ، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް، އެފަދަ ޙާދިސާތައް މަދު ކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގުން ފައިބާ ކޭބަލް ގުޅައިދޭ މުއްދަތު ޖެނުއަރީ މަހުގެ 31 އަށް އިތުރުކޮށްފި

ދިރާގުން ފައިބާ ކޭބަލް ގުޅައިދޭ މުއްދަތު ޖެނުއަރީ މަހުގެ 31 އަށް އިތުރުކޮށްފި

29 ޑިސެމްބަރު 2017
"އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްފި

"އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްފި

25 ސެޕްޓެމްބަރު 2017
ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

31 ޖުލައި 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި

ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި

16 ޖޫން 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު