Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޫޘީން

ހޫޘީ ހަނގުރާމަވެރިން ދިން ޙަމަލާތަކެއްގައި ޔަމަނުގެ 80 ސިފަައިން މަރުވެއްޖެ

20 ޖެނުއަރީ 2020 | ހޯމަ 07:21

ހޫޘީން ޙަމަލާ ދިފައިވަނީ މެރުދެތެރޭ ސަންޢާގައި ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒެއްގެ މިސްކިތަކައް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 20 ޖެނުއަރީ 2020 | ހޯމަ 07:21
ޔަމަނުގެ އަސްކަރިއްޔާގެ ރުކުރުވާލެވިފައިވާ ފައުޖެއް

ޔަމަނުގެ އަސްކަރިއްޔާގެ ރުކުރުވާލެވިފައިވާ ފައުޖެއް

ހޫޘީ ހަނގުރާމަވެރި ޖަމާޢަތުން، ޔަމަނުގެ އަސްކަރިއްޔާއަށް ޢަމާޒުކޮށްދިން ޙަމަލާތަކެއްގައި އެޤައުމުގެ 80 އަށް ވުރެ ގިނަ ސިފައިން މަރުވެއްޖެއެވެ.

ޔަމަނުގެ އަސްކަރިއްޔާއާއި، ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އީރާނުން ވާގިވެރިވެދޭ ހޫޘީ ހަނގުރާމަވެރިން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާތަކެއް ދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެގޮތުން ހޮނިހިރު ދުވަހުގެ މަޣްރިބު ނަމާދު ވާގުތާއި ދިމާކޮށް ވެރިރަށް ސަންޢާއާއި 105 މޭލު ދުރުގައި އޮންނާ މާރިބު އަވަށުގައި ޤާއިމުކޮށްފައިވާ ޔަމަނުގެ އަސްކަރިއްޔާގެ މަރުކަޒެއްގެ މިސްކިތަކަށް ޢަމާޒުކޮށް ހޫޘީން ޙަމަލާ ދީފައިވާކަމަށް ޔަމަނު އަސްކަރިއްޔާއިން ބުނެއެވެ. މި ޙަމަލާގައި ސިފައިން 83 މީހުން މަރުވެ 148 މީހުން ޒަޚަމްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން ހޫޘީ ހަނގުރާމަވެރި ޖަމާޢަތުން އެޤައުމުގެ ސަރުކާރާއި ދެކޮޅަށް ދެމުންގެންދާ ޙަމަލާތަކުގައި ސިފައިންނާއި ފުލުހުންނަށް، ނުވަތަ ސަލާމަތީ ބާރުތަކަށް ޢަމާޒުކޮށް ދަނީ ޙަމަލާތައް ދެމުންނެވެ. މި ޙަމަލާތައް ދިނުމުގައި އެ ޖަމާޢަތައް އެހީތެރިވަމުންދަނީ އީރާނުން ކަމަށް ޔަމަނު ސަރުކާރުން ބުނެއެވެ. ހޫޘީންގެ ޙަމަލާތަކައް ބަލާއިރު ހޮނިހިރު ދުވަހުގެ މިޙަމަލާތަކަކީ ފަހަކަށް އައިސް ޔަމަނުގެ ސަލާމަތީ ބާރުތަކަށް ޢަމާޒުކޮށް ހޫޘީން ދިން މިފަދަ އެންމެ ނުރައްކާތެރު ގެއްލުން ބޮޑު ޙަމަލާކަމަށް ޔަމަނުގެ ސަންޢާ. އަލް-ޙަދަޘް ޓީވީން ރިޕޯޓު ކުރެއެވެ.

ޔަމަނުގެ ސަބާ ނިއުސް އޭޖެންސީން ޚަބަރުފަތުރާގޮތުގައި ހޫޘީން ސަލާމަތީ ބާރުތަކާއި ދެކޮޅަށް މިހާ ވަރުގަދަ ޙަމަލާތަކެއް ދޭން މިފެށީ، ޔަމަނުގެ އުތުރު ނިހްމް ޞަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ހޫޘީ ހަނގުރާމަވެރިންނާއި ދެކޮޅަށް ސަރުކާރުގެ އަސްކަރީ ފައުޖުތަކުން ވަރުގަދަ އޮޕަރޭޝަނެއް ހުކުރު ދުވަހުން ފެށުމާއި ގުޅިގެންނެވެ. ޔަމަނުސަރުކާރުގެ އަސްކަރީ ފައުޖުތަކުން ހޫޘީންނާއި ދެކޮޅަށް ޙަމަލާދެމުން ދަނީ ސައުދީޢަރައްބިޔާގެ އެހީތެރިކަމާއެކުގައެވެ. އެއްގަމާއި ވައިގެ މަގުން ހޫޘީންނާއި ދެކޮޅަށް އަސްކަރީ ޙަމަލާތައް ހުކުރ ދުވަހުން ފެށިގެން ދެމުންދާއިރު، ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މަރާލާ އެމީހުންގެ މައި ޖަގަހަތައް ނައްތާލެވިފައިވާކަމަށް ޔަމަނުގެ އަސްކަރިއްޔާއާއި ޙަވާލާދީ ސަބާ ނޫސް އޭޖެންސީން ބުނެއެވެ.

ހޫޘީން ރައްދުގައި ނުވަތަ ޖާނު ސަލާމަތްކުރުމަށް ކަމަށް ބުނެ ރައްދު ޙަމަލާތައް ދެމުންދާއިރު، ދެފަރާތުގެ ކުރިމަތިލުންތަކުގައި މަދަނީން މަރުވަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. އެެހެންނަމަވެސް ޔަމަނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޢާންމް ފަރުދުންނަށް ޢަމާޒުކޮށް ޙަމަލާއެއް ދީފައި ނުވާނެކަމަށެވެ. އަދި ހޫޘީންނާއި ދެކޮޅަށް ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނުގެ އަސަރު ޢާންމު ރައްޔިތުންނަށް ކުރަމުންދަނީ، އަސްކަރިއްޔާގެ ޙަމަލާތަކުން ރެކެން ހޫޘީން ޢާންމުން އައްޑަނަައެއްގެ ގޮތުގައި ބޭނުން ކުރަމުންދާތީއެވެ. އަދި އަސްކަރިއްޔާގެ ޙަމަލާތަކުން ދިފާޢުވުމަށް ގޮސް ޢާންމު ޞަރަޙައްދުތަކުގައި ޖަގަހަ ހަދައިގެން ޤާއިމުވެ ތިބޭތީ ކަމަށެވެ. އެހެންނަމަވެސް ހޫޘީންނާއި ދެކޮޅަށް ޙަމަލާދޭއިރު ޢާންމު ރައްޔިތުންގެ ސަލާމަތާާއި ރައްކާތެރިކަން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން ޔަމަނު އަސްކަރިއްޔާއިން ވަނީ ދީފައެވެ.

ޔަމަނުގެ އަސްކަރިއްޔާއާއި، ހޫޘީންގެ ކުރިމަތިލުންތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރިޔަށްދާއިރު، އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ ހޫޘީންގެ ފަރާތުންކަމަށް ޔަމަނުގެ ސަރުކާރުން ބުނެއެވެ. އެޤައުމުގެ ރައީސް އަބްދުއް ރައްބޫ މަންޞޫރު ހާދީ ވިދާޅުވެފައިވަނީ، ހޫޘީންނާއި ހެދި އެޤައުމުގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަމަށް ބުރޫ އަރަމުންދާކަމަށެވެ. އަދި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް އޮތް ބޮޑޫ ނުރައްކަލެއްގެ ގޮތުގައި ރައީސް ވަނީ ހޫޘީން ސިފަ ކުރައްވާފައެވެ.

ވަކިން ޚާއްޞަކޮށް ހޮނިހިރުދުވަހުގެ އިރުއޮއްސުނު ވަގުތާއި ދިމާކޮށް ސިފައިން އަސްކަރީ މަރުކަޒެއްގެ މިސްކިތައް ޢަމާޒުކޮށް ހޫޘީން ދިން ޙަމަލާ ރައީސް އަބްދުއް ރައްބޫ މަންޞޫރު ހާދީ ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މިއީ ޤައުމުގައި ޞުލްޙަ މަސަލަސްކަން ޤާއިމު ކުރުމުގެ ވިސްނުމެއް ނެތްކަން ދައްްކުވައިވޭ ވަރުގަދަ ޓޭރަސްރިސްޓު ޙަމަލާއެއްކަމަށެވެ. އަދި އީރާނުގެ އަވައިގަ ޖެހިގެން ކުރާހާވެސް ކަމަކީ މީހުން މެރުމާއި، ފަނާކުރަނިވި ގެއްލުންދިނުންކަމަށް ހާދީ ވިދާޅުވެފައިވެއެވެ.

ސަރުކާރާއި އަސްކަރިއްޔާއިން ހޫޘީންނަށް ޢަމާޒުކޮށް ބަހުގެ ޙަމަލާތައް ދެމުން ގެންދިޔަނަމަވެސް ހޮނިހިރު ދުވަހު މިސަކިތައް ޙަމަލާ ދިން ކަމެއް ހޫޘީން އެއްބަސްވެފައެއް ނުވެއެވެ. އަދި ޙަމަލާގެ ޒިންމާވެސް އުފުލާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް