Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޝަބާނާ އެކްސިޑެންޓް

ޝަބާނާ އަޒްމީގެ ޙާލު މިހާރު ރަނގަޅު

މިހާރު ހޮޮސްޕިޓަލުގައި ބާއްވާފައި އޮތީ އިތުރު ފަރުވާއަށް ބަލަންޖެހޭ ކަންކަން ބެލުމަށް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 19 ޖެނުއަރީ 2020 | އާދީއްތަ 08:02
ޝަބާނާ އެކްސިޑެންޓްވީ ޞަރަހައްދު އަދި އެކްސިޑެންޓުވީ ކާރު

ޝަބާނާ އެކްސިޑެންޓްވީ ޞަރަހައްދު އަދި އެކްސިޑެންޓުވީ ކާރު

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝަބާނާ އަޒްމީގެ ޙާލު މިހާރު ރަނގަޅުކަމަށް އޭނާގެ ޑޮކްޓަރު ބުނެފިއެވެ.

ވެޓެރަން ޝަބާނާ އަޒްމީއަށް މިހާރު ފަރުވާ ދެމުންދާ މުމްބާއީގެ ކޮކިލާބެން އަމްބާނީ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، ޝަބާނާގެ ޙާލަތު ރަނގަޅުކަމަށާއި، މިހާރު ހޮޮސްޕިޓަލުގައި ބާއްވާފައި އޮތީ އިތުރު ފަރުވާއަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށް، އެ ހޮސްޕިޓަލުގެ އެކްޒެކެޓިވް ޑައިރެކްޓަރ ޑރ. ސަންތޯޝް ކުމާރު ޢާންމު ކުރައްވާފައިވާ ބަޔާނެއްގައި ވެއެވެ.

ޝަބާނާ އަޒްމީއާއި އޭނޭގެ ފިރިމީހާ އަދި މަޝްހޫރު ޅެންވެރިއެއް ކަމުގައިވާ މަޝްހޫރު ޖާވިދް އަޚްތަރާއި ދެމީހުން ދަތުރުކުރަމުން ދިޔަ ކާރު އެކްސިޑެންޓުވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މުމްބާއީ އާއި ޕޫނާ ގުޅޭ ހައިވޭގައި ދަތުރުކުރަމުން ދިޔައިރު، ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ. މި ޙާދިސާގައި ޝަބާނާގެ ބޮލަށާއި މައިބަދަ އަށް ގެއްލުންވިއެވެ. މިޙާދިސާގައި ޖާވިދަށް މާބޮޑު އަނިޔާއެއް ނުވެ ސަލާމަތްވިއެވެ.

މި ޙާދިސާއާއި ގުޅިގެން ޝަބާނާގެ ކާރު ދުއްވަން އިން މީހާ ކުށްވެރިކޮށް ކާރު ޖެހުނު ލޮރީގެ ޑްރައިވަރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މި އެކްސިންޑެންޓް ހިނގީ ޝަބާނާގެ ކާރު ޑްރައިވަރަށް ކާރު ކޮންޓްރޯލް ނުކުރެވިގޮސް ކުރިމަތިން ދުއްވާފައި ދިޔަ ބޮޑު ލޮރީއެއްގައި ޖެހިގެންނެވެ.

ޝަބާނާ އެކްސިޑެންޓުވެ ލިބުނު ގެއްލުމަށް ފަރުވާ ހޯދަމުންދާއިރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި ވަޒީރުންނާއި ސިޔާސީ ލީޑަރުން ދަނީ އޭނާއަށް އަވަސް ޝިފާއަށް އެދި ޓްވިޓަރ އަދި ފޯނުގެ ޒަރީއާއިން މެސެޖް ފޮނުވަމުންނެވެ. އަދި ބޮލީވުޑްގެ ގިނަ ޢަދަދެއްގެ ފިލްމީ ތަރިން ރެއާއި މިއަދުގެ ވަގުތުތަކުގައި ޝަބާނާ އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަކަށް ޒިޔާރަތްކުރަމުންް ދާކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެއެވެ. ޝަބާނާ ގެ ޙާލު އެޑްމިޓް ކުރި އިރު ވަރަށް ސީރިއަސް ނަމަވެސް މިހާރު ސްޓޭބަލް ވެފައިވާކަމަށް ޑޮކްޓަރުން ބުނި ނަމަވެސް. އޭނާގެ ފޭނުން އޭނާ ފެންނާނެ އިރެއްގެ އިންތިޒާރުގައި ހޮސްޕިޓަލް ކައިރީ މަޑުކޮށްލައިގެން ތިބި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

"ޖަބް ހެރީ މެޓް ސޭޖަލް" ފެށުން ރަނގަޅުކޮށްފި

06 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" ފެށުން ރަނގަޅުކޮށްފި
04 އޯގަސްޓު 2017

ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

04 އޯގަސްޓު 2017
ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ
10 ޖުލައި 2017

ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

10 ޖުލައި 2017
ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް
02 ޖުލައި 2017

ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން

02 ޖުލައި 2017
ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން
10 މެއި 2017

ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު

10 މެއި 2017
ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު