Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލަ

ރޭޕްގެ ތުހުމަތު ކުރެވޭ މުނިކާފަ: ވީޑިއޯގެ މައްސަލައިގައި ހައްޔަރު ނުކުރެވުނީ ހެކި ނުލިބިގެން!

18 ޖެނުއަރީ 2020 | ހޮނިހިރު 12:00

މުނިކާފައާ ގުޅޭ ވީޑިއޯގެ މައްސަލަ ފުލުހުންނަ ހުށައެޅުނީ 2018 ވަނަ އަހަރުގެ ތެރޭގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ޖެނުއަރީ 2020 | ހޮނިހިރު 12:00
ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާދިން ކަމަށްބުނާ އެކުއްޖާގެ މުނިކާފަ

ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާދިން ކަމަށްބުނާ އެކުއްޖާގެ މުނިކާފަ

އުމުރުން ދެ އަހަރުގެ މުނިކާފަ ދަރިފުޅު ރޭޕް ކުރި ކަމުގެ ތުހުމަތުކުރެވޭ 81 އަހަރުގެ ފިރިހެން މީހާ، އެހެން ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރާ ވީޑިއޯއާ ގުޅިގެން ހައްޔަރު ކޮށްފައި ނުވަނީ އެކަށީގެންވާ ވަރަށް ފުލުހުންނަށް ހެކި ނުލިބިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީއާއި ފުލުހުން ގުޅިގެން، އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފުލުހުން ވަނީ އެ ވީޑިއޯގެ މައްސަލަ 2018 ވަނަ އަހަރު އެމުއައްސަސާއަށް ހުށައެޅިފައިވާ ކަން ޔަގީންކޮށްދީފައެވެ. އެކަށީގެންވާ ހެއްކެއް ނެތްކަމަށް ނިންމީ، އޭނާ ވާހަކަ ދައްކާ އަޑުއިވުނަސް އެ ވީޑިއޯއިން އޭނާ ނުފެންނާތީކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ފުލުހުން އިތުރަށް ބުނީ، މިހާރު އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ މައްސަލައާއި ގުޅިގެން ހިންގޭ ތަހުގީގުގެ ތެރެއިން އެވީޑިއޯ އިތުރަށް ބަލާ ދިރާސާ ކުރާނެ ކަމަށް ބުނެފައެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން، މަގުމަތީގައި ކުޅެން އުޅުނު ކުޑަ އަންހެން ކުއްޖެއް ކައިރީ، ޖިންސީ އަމަލެއް ހިންގުމަށް ފިރިހެނަކު އެދޭ އަޑު އިވެއެވެ. އަޑު އިވުނު ނަމަވެސް ވީޑިއޯއިން އެ އަމަލު ހިންގަން އެދޭ މީހާ ނުފެނެއެވެ.

އެކުއްޖާގެ މުނިކާފަގެ އިތުރުން، ކާފައަކީ ވެސް މީގެކުރިން، ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތާއި ގުޅިގެން، ތަހުގީގު ފުރިހަމަކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވާފައިވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެމައްސަލަވެސް، ކުރިއަށް ނުގޮސް، ރަށު ތެރޭގައި އެ ދެ މީހުންވެސް އުޅެމުންގޮސް، އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ އަނިޔާދިން މައްސަލާގައި އާންމު ރައްޔިތުންނާއި ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ވަނީ ފުލުހުންނަށާއި ޖެންޑަރ މިނިސްޓްރީއަށް އަމާޒު ވެފަ އެވެ.

މީގެއިިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާއާއި ޖިންސީ އަނިޔާ ކުރަމުންދާ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަމަށްބުނެ، ބައެއް ރައްޔިތުންގެ ގެންދަނީ ޝިދާތާ ޝަރީފް ޖެންޑަރ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުން ނެވެ.

ފުލުހުން ބުނީ ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާދިން މައްސަލާގައި އެކުއްޖާގެ މުނިކާފައާއި ކާފަ މައްޗަށް ތުހުމަތުކުރެވޭތީ އެ ދެމީހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތުވެސް 15 ދުވަހަށް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.

މީގެއިތުރުން، އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށް ތަހުގީގު ކުރަމުންދަނީ އިހުމާލުވި ކަމަށް ކުރެވޭ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުން ބުނީ، އެކުއްޖާގެ ބައްޕަ ފިލަން މަސައްކަތް ކުރިކަމަށް ވާހަކަ ދެކުވުނަސް، އޭނާ ފިލަން މަސައްކަތްކޮށްފައި ނުވާކަމަށާއި އަދި ފުލުހުންގެ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް