Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯޕެކް ފަންޑު

އޯޕެކު ފަންޑުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން އެއްބަސްވެއްޖެ

16 ޖެނުއަރީ 2020 | ބުރާސްފަތި 08:01

5 ރަށެއްގެ ބަނދަރު ހެދުމާއި މަރާމާތު ކުރުން އަދި 8 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ވަނީ ހަމަޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޖެނުއަރީ 2020 | ބުރާސްފަތި 08:01
އޯޕެކް ފަންޑާއެކު ސަރުކާރުން ލޯން އެގްރިމެންޓްގައި ސޮއިކުރުން

އޯޕެކް ފަންޑާއެކު ސަރުކާރުން ލޯން އެގްރިމެންޓްގައި ސޮއިކުރުން

އޯޕެކް ފަންޑާއެކު ދިވެހި ސަރުކާރުން 50 މިލިއަން ޑޮލަރުގެ ލޯން އެގްރިމެންޓްގައި ސޮއިކޮށްފި އެވެ.

އެކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި އޯޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޑރ އަބްދުލް ހާމިދު އަލް-ޚަލީފާއެވެ. މި ލޯން އެގްރިމެންޓްގެ ދަށުން 5 ރަށެއްގެ ބަނދަރު ހެދުމާއި, މަރާމާތު ކުރުމާއެކު، 8 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

މިއެގްރިމެންޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އޯޕެކް ފަންޑަކީ ރާއްޖޭގެ ފެނާއި ނަރުދަމާ އަދި ދަތުރުފަތުރުގެ ނިޒާމާއި ގުޅުންހުރި މަޝްރޫޢުތަކަށް އެންމެ ބޮޑަށް ފަންޑުކުރާ އެއް ތަންކަމަށެވެ. އަދި ރާއްޖޭގެ ފެނާއި ނަރުދަމާ އަށް އެންމެ ބޮޑަށް ފަންޑުކުރަނީވެސް އޯޕެކް ފަންޑުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މިހާރު މި ސޮއިކުރެވިގެންދިޔަ އެގްރިމެންޓްގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ ފައިދާ 20،000 ށް ވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ސޮއިކުރެވުނު އެއްބަސްވުމަކީ 4.6 އިންސައްތައިގެ އިންޓަރެސްޓް ރޭޓާއެކު ފަސް އަހަރުގެ ގްރޭސް ޕީރިއަޑާއެކު ވިހި އަހަރު ދުވަހުން ދައްކާ ޚާލާސްކުރާ ގޮތަށް ވެވުނު އެއްބަސްވުމެކެވެ.

މިނިސްޓަރ ވިދާޅުވީ އޯޕެކް ފަންޑުގެ އެހީގައި މިދިޔަ އަހަރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ބިނާކުރުމާއި، ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. މީގެއިތުރުން މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޕަސިންޖަރ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތަށްވެސް އޯޕެކް ފަންޑުން ވަނީ ފައިސާދީފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އޯޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ ރާއްޖެއާއެކު އޯޕެކުން މަސައްކަތް ކުރާތާ 42 އަހަރުވެއްޖެ ކަމަށެވެ. އަދި އޯޕެކް ފަންޑުގެ އެހީގައި ތަފާތު އެކި ދާއިރާތަކުގެ މަޝްރޫޢުތައް ރާއްޖޭގައި ކުރިޔަށް ގެންގޮސްފައިވާކަމަށް ޑރ. އަބްދުލް ޙާމިދު ވިދާޅުވިއެވެ. އެގޮތުން އޯޕެކް ފަންޑުގެ އެހީގައި މިހާތަނަށް އާއިރު ރާއްޖޭގައި 23 މަޝްރޫޢެއް ހިންގާފައިވާކަމަށް ޑރ ޢަބްދުލް ޙާމިދު ވިދާޅުވި އެވެ.

މިސޮއިކުރެވުނު އެއްބަސްވުމުގައިވާ މަޝްރޫޢުތަކަކީ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތަކެކެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ އޯޕެކާއެކު މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މަޝްވަރާ ކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ވެއްޖެކަމަށެވެ. އަދި މިމަޝްރޫޢުތަކުގެ މަސައްކަތް ވީއެންމެ އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް