Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސްޓީއޯ-އައިޖީއެމްއެޗް

ޕްރީނޭޓަލް ސްކްރީނިންގ ހެދުމަށް ބޭނުންވާ ވަސީލަތްތައް އެސްޓީއޯއިން އަޖީއެމްއެޗަށް ފޯރުކޮށްދީފި

ސްކްރީނިންގ ޚިދުމަތާއި ގުޅޭ ވޯކްޝޮޕް ޖެނުއަރީ 15 ވަނަ ދުވަހު ވަނީ ފަށާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖެނުއަރީ 2020 | ބުދަ 08:47
ސްކްރީނިންގ ޚިދުމަތާއި ގުޅޭ ވޯކްޝޮޕް އައިޖީއެމްއެޗްގައި ފެށުން

ސްކްރީނިންގ ޚިދުމަތާއި ގުޅޭ ވޯކްޝޮޕް އައިޖީއެމްއެޗްގައި ފެށުން

ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިންގ ހެދުމަށް ބޭނުންވާ ވަސީލަތްތައް އެސްޓީއޯއިން އަޖީއެމްއެޗަށް ފޯރުކޮށްދީފިއެވެ.

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މުޅިން އަލަށް ފަށާ މި ޚިދުމަތަށް ބޭނުންވާ ވަސީލަތްތައް އެސްޓީއޯއިން ފޯރުކޮށްދީފައިވާއިރު، ސްކްރީނިންގ ޚިދުމަތާއި ގުޅޭ ވޯކްޝޮޕް ޖެނުއަރީ 15 ވަނަ ދުވަހު އައިޖީއެމްއެޗްގައި ވަނީ ފަށާފައެވެ. އެގޮތުން މި ވޯކްޝޮޕް 2 ދުވަހުގެ މުއްދަތަށް އައިޖީއެމްއެޗްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ވޯކްޝޮޕް ފެށުމަށް ބުދަ ދުވަހު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، މި ޚިދުމަތް ރާއްޖޭގައި ފެށިގެން ދިއުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށާއި، މިއީ ވަރަށް މުހިއްމު ޚިދުމަތެއް ކަމަށެވެ. އެގޮތުން މަންމަގެ ބަނޑުގައި ތުއްތު ދަރިފުޅު އޮންނަ އިރުގައާއި، ވިހެއުމަށްފަހު ދިމާވެދާނެ މައްސަލަތައް ސްކްރީން ކުރެވިގެން ދިއުމަކީ އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަން އަމްރު ވަނީ ފާހަގަކުރައްވާފައެވެ.

އަމްރު އިތުރަށް ވިދާޅުވީ، އެސްޓީއޯއަކީ ހަމައެކަނި ވިޔަފާރި ކުންފުންޏެއް ނޫން ކަމަށާއި، އެއީ ޤައުމީ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ދާއިރާއެއް ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ޕްރީނޭޓަލް ސްކްރީނިންއަކީ މައިމީހާގެ ބަޑުގައި ދަރިފުޅު އޮންނައިރު އެ ކުއްޖާ ބައެއް ބަލިތަކަށް ސްކްރީން ކުރެވި ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދެވިގެންދާ ޚިދުމަތެކެވެ. އަދި ނިއުބޯން ސްކްރީނިންގެ ޚިދުމަތްތަކީ ވިހެއުމަށްފަހު ކުދިން އުފެދުމުގައި ހުރެދާނެ ބައެއް ބަލިތަކަށް ސްކްރީން ކުރުމުގެ ގޮތުން ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދެވިގެންދާ ޚިދުމަތެކެވެ.

ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިންގެ ސަބަބުން ތުއްތު އުމުރުތަކުގައި ކުދިން މަރުވާ ސަބަބުތައް ދެނެގަނެ، އެ ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމާއި، އެކުދިންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިކަން ލިއްބައިދޭއިރު، މިކަމަކީ އުނިސެފް އަދި ޑަބްލިއު އެއްޗްއޯ އިންވެސް އޭގެ މުހިންމުކަން ފާހަގަކޮށްފައިވާ ކަމެކެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު