Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދީބާޖާ މައްސަލަ

ދީބާޖާ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ 348 މިލިއަން ރުފިޔާ ދީބާޖާއަށް ދެއްކުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2020 | ބުދަ 08:11
ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ކޯޓަށް ވަޑައިގަންނަވާ އެ ކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދު (ވ) އާއި އެ އަޑުހުމަށް ވަތް ބައެއް މީހުން ކޯޓު ބޭރުގައި

ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ކޯޓަށް ވަޑައިގަންނަވާ އެ ކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދު (ވ) އާއި އެ އަޑުހުމަށް ވަތް ބައެއް މީހުން ކޯޓު ބޭރުގައި

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ދެއްކުން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައާ ގުޅިގެން، ހުކުމް ތަންފީޒު ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުދަ ދުވަހު ބޭއްވުމަށް ތާވަލް ކޮށްފައިވާ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ދީބާޖާގެ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ ބުދަ ދުވަހުގެ 11:40 އަށެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ސިވިލް ކޯޓުން ހާމައެއް ނުކުރެ އެވެ.

Advertisement - newsAdvertisement

ދީބާޖާ މައްސަލާގައި މިހާރު ކުރިއަށް ދަނީ ދީބާޖާއަށް ދައުލަތުން ދައްކަންޖެހޭ ފައިސާއާމެދު ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމުމުގެ މަރުހަލާއެވެ. ރައީސް އޮފީހުގައި އޮންނަ ސްޓްލްމަންޓް ކޮމެޓީން ދަނީ ދީބާޖާއާ މަޝްވަރާ ކުރަމުންނެވެ. އެގޮތުން އެއްބަސްވުންތަކަކަށް އެއްބަސް ވެފައިވާކަން މީގެކުރިން ވަނީ މީޑިއާތަކުގައި ރިޕޯޓްކޮށްފަ އެވެ.

ދީބާޖާއަށް ދައުލަތުން ދައްކަންޖެހޭ ފައިސާގެ މައްސަލާގައި ހުކުމް ތަންފީޒު ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. އެ އަޑުއެހުމުގައި ވަނީ ދައުލަތުން ދީބާޖާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 58 މިލިއަން ރުފިޔާ ތިން ދުވަހުގެ ތެރޭގައި ދޭން ދައުލަތުގެ އެޓާރނީ ޖެނެރަލްގެ އޮފީހަށް ފުރުސަތު ދީފަ އެވެ.

އެއްބަސްވުމަކާއި ޚިލާފުވުމުގެ ސަބަބުން ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވަނީ މި އަހަރުގެ އެޕްރީލް މަހު ސުޕްރީމް ކޯޓުން ނެވެ.

ސުޕްރީމް ކޯޓުގެ އެހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އަދި އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންވެސް ބަލާފައި ވެއެވެ.

ސަރުކާރާއި ދީބާޖާއާ ދެމެދު ކުރެވުނު މަޝްވަރާތަކުުން މިހާރު ވަނީ 348 މިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބައި ކަމަށްވާ 174 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވުމަށް އާދެވިފަ އެވެ. އަދި ރައީސް އޮފީހާއި ދައުލަތުގެ އެޓާރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވެސް ވަނީ 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައްކަން ޖެހުމަށްވަުރެ، 174 މިލިއަން ރުފިޔާ ދީބާޖާއަށް ދައްކުމަށް ވެވުނު އެއްބަސްވުމަކީ ދައުލަތަށް އުފުލަށްޖެހުނު ބޮޑުބުރަ ކުޑަވެވެގެން ދިޔަ ކަމެއް ކަމަށެވެ.

ނަމަވެސް އެ 174 މިލިއަން ރުފިޔާ ސަރުކަރުން ދީބާޖާއަށް ދެއްކިކަން އަދި ޔަގީނެއް ނުވެއެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނީ ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ރައީސް ނަޝީދުގެ ވެރިކަމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ބާޠިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ، ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ޚިދުމަތް ދިނުމަށް އުފެއްދި ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު