Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު!

15 ޖެނުއަރީ 2020 | ބުދަ 04:48

ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖެނުއަރީ 2020 | ބުދަ 04:48
ބްލޮގަރ ޔާމީން ރަޝީދު

ބްލޮގަރ ޔާމީން ރަޝީދު

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ބުދަ ދުވަހު މެންދުރު 13:30 އަށް ތާވަލުކޮށްފައިވާއިރު، މި މައްސަލައިގައި އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި ވަނީ ދިފާއީ ހެކިން ހުށައެޅުމަށް ފުރުސަތު ދީފައެވެ. ނަމަވެސް ދިފާއީ ހެކިވެރިއެއްގެ ގޮތުން ހުށައަޅާފައިވާ ޒާހިދު ރަމީޒު ހާޒިރު ނުކުރެވުނީ އޭނާއަށް ގުޅޭނެ ގޮތެއް ނުވުމުން ކަމަށް އެދުވަހުގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޔާމީން ރަޝީދަށް މަރުގެ އިންޒާރުވެސް ދިން ކަމަށް ބުނާ ޒާހިދު ހާޒިރު ކުރުމަށް ކޯޓު އަމުރު ނެރުމަށް ޝަރީޢަތުން ނިންމާފައިވާއިރު، މިއަހަރުގެ ކުރީކޮޅު މަރު ކޮމިޝަނުންވެސް ވަނީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޒާހިދު ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން އޭރު ކޮމިޝަނުން ޒާހިދުއާއި ސުވާލުކޮށްފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓުތަކަކާއި ގުޅިގެންނެވެ.

އޭގެއިތުރުން، މި މައްސަލައިގައި ދައުވާލިބޭ ހައިޝަމްގެ ވަކީލު ވަނީ މައްސަލައިގެ ހެކި ވަޒަން ކުރުމާއި، ޝަރީއަތުން ބަލައިގަތް ހެކިބަސް ތަކުގައި އެކިކަހަލަ ފުށުއެރުން ހުރިކަން ފާހަގަ ކުރައްވައި އިތުރަށް ހެކިން ހާޒިރު ކުރުމަށް ބޭނުން ނުވާކަން ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގެ ހެކިން ހާޒިރު ކުރުމުގެ އަޑުއެހުންތައް ކުރިއަށްދާއިރު، މައްސަލައިގައި ދައުވާލިބޭ އަހުމަދު ޒިހާން އިސްމާއިލްގެ ފަރާތުން ވަނީ ބުދަ ދުވަހު އޮންނަ އަޑުއެހުމުގައި ހެކި ހުށައަޅާނެ ކަަމަށް ބުނެފައެވެ. އެގޮތުން މި މައްސަލައިގައި ދެ ފަރާތުން ފާހަގަ ކުރި ކަންކަމަށް ރިއާޔަތް ކުރައްވައި ގާޒީ އަލީ ރަޝީދް ހުސައިން ވިދާޅުވީ، ދިފާއީ ހެކިން ހުށައެޅުމަށް ބުދަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ފަހު 30 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

އެންމެ ހިނގާ

1

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

2

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

3

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް