Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިމީ

''މިމީ'' އަށް، ކްރިތީ 15 ކިލޯ ބަރުކުރަނީ

މިމީގެ 40 ޕަސެންޓް ވަނީ ނިމިފައި

އަލީ ސަމާޚް
އަލީ ސަމާޚް | 15 ޖެނުއަރީ 2020 | ބުދަ 03:47
ކްރިތީ ސެނޯން

ކްރިތީ ސެނޯން

ހައުސްފުލް 4 އަކާއި ޕާނިޕަތްއަށްފަހު ކްރިތީ ސެނޯން މިހާރު ތައްޔާރުވަމުން އަންނަނީ ލަކްސްމީ އުތޭކަރްގެ ''މިމީ'' އަށެވެ. މި ފިލްމުގައި ކްރިތީ، އޭނާގެ ރޯލަށް ތައްޔާރުވުމަށް ހަށިގަނޑުގެ ބަރުދަނުން 15 ކިލޯ ބަރު ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

އިންޑިއާގެ މުނުފޫހިފިލުވުމުގެ ހަބަރު ގެނެސްދޭ ނޫހަކާއި ވާހަކަދައްކަމުން ކްރިތީ ބުނީ، ކުއްލިއަކަށް ބަރުދަން ބަރު ކުރުންވެގެން ވާނީ ގޮންޖެހުމަކަށް ކަމަށެވެ. އެކަމަކު އޭނާހުރި ހަށިގަނޑަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ތައްޔާރުވެގެން ކަމަށް ކްރިތީ ބުންޏެވެ.

ފިލްމުގައި އޭނާ ކުޅޭ ރޯލަކީ މުހިއްމު ރޯލަކަށްވާއިރު ކްރިތީ ބޭނުންވަނީ އޭނާގެ ހުރިހާ ކަމެއް ފިލްމަށް ހުސްކުރާށެވެ.

''މިމީގެ'' 40 ޕަސެންޓް ޝޫޓިން ނިމިފައިވާކަމަށް ކްރިތީ ވަނީ ދާދި ފަހުން ބުނެފައެވެ. ފިލްމާއި ބެހޭގޮތުން އިންޑިއާގެ މީޑިއާގައި ވާހަކަދައްކަމުން ކްރިތީ ބުނީ، ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ މަންޒަރުތައް ޝޫޓްކޮށް ނިމިފައިވާކަމަށެވެ.

ބާކީހުރި މަންޒަރުތައް މި ހިނގާ އަހަރުގެ ފެބްރުއަރީ މަހު ފަށަން ހަމަޖެހިފައިވާއިރު ފިލްމުގެ ޝޫޓިންތައް އެންމެފަހުން ކުރިޔަށް ގެންގޮސްފައިވަނީ ރާޖަސްތާންގެ މަންދްވާގައެވެ.

މި ފިލްމާއި ގުޅޭގޮތުން ކްރިތީ ބުނެފައިވަނީ މި ފިލްމުގައި ދައްކުވައިދެނީ އެކްޓަރ އަކަށްވާން ބޭނުންވާ މަންދަވާގެ ޒުވާން ނެށުންތެރިއަކު ދެމަފިރިއެއްގެ ސަރޮގޭޓަކަށްވާ މަންޒަރު ކަމަށެވެ. އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ފެނިގެންދާނެ ކަމަށް ކްރިތީ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2018

ކްރިތީ ސަނޯން ޗުއްޓީއަށް ރާއްޖެ

18 ޑިސެމްބަރު 2018
ކްރިތީ ސަނޯން ޗުއްޓީއަށް ރާއްޖެ
22 އޮކްޓޯބަރު 2018

ޕަންގާ ކުޅެން ކަންގަނާ 10 ކިލޯ ބަރު ކުރަނީ

22 އޮކްޓޯބަރު 2018
ޕަންގާ ކުޅެން ކަންގަނާ 10 ކިލޯ ބަރު ކުރަނީ
23 ޖުލައި 2018

ވަޒީފާ އަދާކުރަން 32 ކިލޯމީޓަރަށް ހިނގި މުވައްޒަފަކަށް، ވެރިމީހާގެ ކާރު!!!

23 ޖުލައި 2018
ވަޒީފާ އަދާކުރަން 32 ކިލޯމީޓަރަށް ހިނގި މުވައްޒަފަކަށް، ވެރިމީހާގެ ކާރު!!!
04 ޖުލައި 2018

ލުކާ ޗުއްޕީ އަށް ކަރްތިކް އާއި ކްރިތީ

04 ޖުލައި 2018
ލުކާ ޗުއްޕީ އަށް ކަރްތިކް އާއި ކްރިތީ
04 ޖުލައި 2018

ކްރިތީ ފޯލް ޑާންސް ދަސްކުރަނީ މިހެންވެ!

04 ޖުލައި 2018
ކްރިތީ ފޯލް ޑާންސް ދަސްކުރަނީ މިހެންވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު